ކ. މާފުށީގައި ގެނބިގެން މީހަކު މަރުވެއްޖެއެވެ.
ދިވެހި ފުލުހުންގެ ހިދުމަތުން މައުލޫމާތު ދީފައިވާ ގޮތުގައި މާފުށީ އެކްޓިވް ވޯޓާ ސްޕޯޓްސް އޭރިއާއާ ދިމާ ނެރުމަތީގައި މީހަކު ގެނބިގެން މިއަދު ހެނދުނު ރިޕޯޓުކޮށްފައިވާ ކަމަށެވެ.
އެމީހާ އެ ރަށު ހެލްތު ސެންޓަރަށް ގެންގޮސް ފަރުވާދެމުން ދަނިކޮށް އެ މީހާ ވަނީ މަރުވެފައެވެ.
މި ހަދިސާގައި މަރުވެފައިވަނީ ފަތުރުވެރިއެކެވެ.