

ކަންކަމުގައި ރައްޔިތުންނަށް ލުއި ފަސޭހަ ގޮތް ހޯދައިދިނުމަކީ އޭރެއްގައި އޮންނަ ސަރުކާރެއްގެ ޒިންމާއެއް މަސްއޫލިއްޔަތެއްވެސް މެއެވެ. އެގޮތުން ފަހަކަށް އައިސް އެންމެ ބޮޑު ޝަކުވާއަކަށްވެފައި އޮތް، ބޭންކް އޮފް މޯލްޑިވްސް ޑެބިޓު ކާޑޫތަކުން ނެގޭ ޑޮލަރުގެ އަދަދު މަދުކަމުގެ ޝަކުވާއަށް ހައްލެއް ގެނެސްދިނުމަކީ މި ސަރުކާރުގެ ވައުދެކެވެ. މިއަދު ސަރުކާރުން ވަނީ އެ ވައުދު ފުއްދިކަމަށް އިއުލާންކޮށްފައެވެ.
އެގޮތުން ބީއެމްއެލްގެ ޑެބިޓު ކާޑުތަކުގެ ލިމިޓު 500 ޑޮލަރަށް އިތުރުކޮށްފިކަމަށް ސަރުކާރުން ހާމަކޮށްފައިވެއެވެ. ނަމަވެސް އެއާއެކު ދެން ގެނައި ބަދަލުތައް ވެސް އަޑު އައްސަވާށެވެ. ބޭރުގެ އޭޓީއެމްތަކުން ފައިސާ ނެގުމުން 10 ޑޮލަރުގެ ފީއެއް ބީއެމްއެލް ނަގަން ނިންމާފައިވެއެވެ. ބޭރުގެ ސައިޓުތަކުން ވިޔަފާރި ކުރާނަމަަ 30 ޕަސެންޓް ފީއެއް ބީއެމްއެލްއަށް ދައްކަން ޖެހެއެވެ. ނުވީތާކަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ރުފިޔާ ޑެބިޓު ކާޑުތައް ބޭނުންކޮށްގެން ރާއްޖެއިން ބޭރުގެ އޭޓީއެމްތަކުން ނެގޭ ޑޮލަރުގެ ލިމިޓު ކުޑަކޮށްފައިވެއެވެ.
ބޭރުގެ އޭޓީއެމްތަކުން ނެގޭ މިންވަރު ލިމިޓޫކުރުމުން ބޭރުގައި ދިރިއުޅެމުންދާ ރައްޔިތުންނަށް މި ޖއްސީ ބޮޑު ތަކުލީފެކެވެ. އެހެނީ އެތަންތަނުގައި ދިރިއުޅޭ ދިވހެި ރައްޔިތުން މިހާރު ޑޮލަރު ލިބުން ދަތިވެފައިވާތީ އެމީހުންގެ ބޭނުންތަކަށް ފައިސާ ނަގަނީ އެ ގައުމުަކުގެ ބޭންކުތަކުން ކާޑު ބޭނުންކޮށްގެންނެވެ. އެހެން ކަމުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ރުފިޔާ ޑެބިޓު ކާޑުތައް ބޭނުންކޮށްގެން ރާއްޖެއިން ބޭރުގެ އޭޓީއެމްތަކުން ނެގޭ ޑޮލަރުގެ ލިމިޓު ކުޑަކޮށް ރާއްޖެއިން ބޭރުގައި އުޅޭ ދިވެހި އާއިލާތަކުގެ ކަރަށް ސަރުކާރުން ބާރަށް ފިއްތާލައިފިއެވެ.
ދެން އޮތީ ބޭރުގެ އޭޓީއެމްތަކުން ފައިސާ ނެގުމުން 10 ޑޮލަރުގެ ފީއެއް ބީއެމްއެލް ނަގަން ނިންމުމެވެ. ގިނަ ފަހަރު އެކި ބޭނުންތަކަށް މިފަހުން ބޭރު ދަތުރުކުރާ ފަރާތްތަކުން ޑޮލަރު ލިބުމުގައި ދަތިވެ އަގު އިންތިހާއަށް ބޮޑުވުން ބީއެމްއެލްގެ ކާޑުން ގައުމުތަކުގައި ވިޔަފާރިކޮށް އޭޓީއެމްތަކުން ފައިސާ ނަގައެވެ. އެއީ ޑޮލަރު ނުލިބޭތީއެވެ. އެކަމަށްވެސް މި ސަރުކާރުން ވަނީ ރައްޔިތުންނަށް ތަކުލީފަކާ ޖައްސާފައެވެ.
ބީއެމްއެލް އިން މިއަދު ބުނީ، މާދަމާއިން ފެށިގެން ބޭރުގެ އޭޓީއެމްތަކުން މަހަކަށް ނެގޭނީ 125 ޑޮލަރު ކަމަށާއި އަދި ، ނަގުދު ފައިސާ ނަގަން ކުރާ ޓްރާންސެކްޝަންތަކަށް 10 ޑޮލަރުގެ އޭޓީއެމް ޗާޖެއް ނަގަން ވެސް ބީއެމްއެލް އިން ވަނީ ނިންމާފަ އެވެ.
މީގެ ކުރިން އޭޓީއެމް ޗާޖުގެ ނަމުގައި މިފަދަ ބޮޑު އަދަދެއް ބޭންކަކުން ނުނަގައެވެ. އަނެއްކާވެސް ރައްޔިތު މީހާއަށް ތަކުލީފެކެވެ.
އެންމެ ފަހު ކަމަކަށް ބަލާއިރު ބައެއް މީހުން ވިޔަފާރިކުރަން މުދާ ގެންނަން ބީއެމްއެލް ޑެބިޓު ކާޑުތަކުން ފައިސާ ދެއްކުން ހުއްޓުވަން ކަމަށް ބުނެ، ދިވެހިންގެ ތެރޭގައި ވިޔަފާރިކުރަން މަގުބޫލު ބައެއް ސައިޓުތަކަށް ފައިސާ ދައްކާ ކޮންމެ ފަހަރަކު 30 ޕަސެންޓުގެ ފީއެއް ނަގަން ބީއެމްއެލްއިން ވަނީ ނިންމާފައެވެ.
މިއީ ރައީސް މުއިއްޒު ރައްޔިތުންނަށް ބޭރުގެ އެކި ޕްލެޓުފޯމުތަކުން ވިޔަފާރި ހޯދުމަށް ދޮރު ހުޅުވާލަދެއްވާފައި އެ ދޮރު އެ ރައްޔިތުންގެ މޫނުމައްޗަށް ބަންލާފައި ޖެހުން ފަދަ ކަމެކެވެ. އެހެނީ މިހާރު ރާއްޖެއިން ބޭރުން އެކި ސައިޓުތައް މެދުވެރިކޮށް އަގުހެޔޮ މުދާ ލިބޭއިރު އެ ޕްލެޓޫ ފޯމުތަކުން ވިޔަފާރިކުރާ މީހުން ގިނަވެފައިވަނިކޮށް ސަރުކާރު ބޭންކުން، މިފަދަ ކަމެއް ކުރުމަކީ ހަގީގަތުގައިވެސް ރައްޔިތުން މޫނު މައްޗަށް ތަފާއްޔެއް ޖެހުން ކަހަލަ ކަމެކެވެ.
ބީއެމްއެލްގެ ކާޑުގެ ލިމިޓު ބޮޑުކުރި ކަމަށް ބުނެ ރައްޔިތުންނަށް އޮޅުވާލާ ރައްޔިތުން ބޭންކަށް އިތުރު ފައިސާ ނުވަތަ ފީ ދައްކަން މަޖުބޫރުކޮށް ނުވީތާކަށް ރާއްޖެއިން ބޭރުގައި ދިރިއުޅޭ ރައްޔިތުންނަށް މީގެ ކުރިން ހުރި ލުއި ފަސޭހަތައް މި ބޮޑު ލިމިޓާއެކު ގެނައި ބަދަލުން ތަކުލީފަށް ބަދަލުވުމަކީ ހަގީގަތުގައި ރައީސް މުއިއްޒުގެ ސަރުކާރުން ރައްޔިތުންނަށް ފެން ދީފައި ކަތިލުމެވެ. މިހެން ކާޑުތަކުގެ ލިމިޓު ބޮޑު ކުރުމަށްވުރެ ނުކުރުން މާރަގަޅުތާއެވެ. އެހެނީ މިކަމުން ރައްޔިތުންގެ މޫނަށް ވެރިވި އުޖާލާކަން އިސާހިތަކު މާޔޫސްކަމުގެ ކަޅު ސާލަކަށް ބަދަލުވެގެން ދިއުމުންނެވެ.