theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
ސަރުކާރު ހިންގާ ޕާޓީ، ޕީއެންސީ އަށް ނިސްބަތްވާ އައްޑޫ ފޭދޫ އުތުރު ދާއިރާގެ މަޖިލިސް މެންބަރު އިސްމާއީލް ނިޒާރު / ރައްޔިތުންގެ މަޖިލިސް
ހަބަރު
ހަންކެޑެ ހަލާލް ޓުއަރިޒަމަށް ހާއްސަކުރަން ޕީއެންސީ މެންބަރު ނިޒާރު ވެސް ދެކޮޅު
Qudhrathullah Ameen
ގުދުރަތުﷲ އަމީން
01 ޖުލައި 2025
މާލެ ސިޓީ

އިންޓްގްރޭޓެޑް ޓޫރިޒަމް ކޮންސެޕްޓަށް ތަރައްގީކުރި އައްޑޫ ސިޓީ ހަންކެޑެގައި ހަލާލް ޓޫރިޒަމަށް ތަރައްގީކުރަން ފޭދޫ އުތުރު ދާއިރާގެ ޕީއެންސީ މެންބަރު އިސްމާޢިލް ނިޒާރު ދެކޮޅު ކަން ހާމަކުރައްވައިފިއެވެ.

ހަންހެޑެ މައްސަލާގައި ނުރުހުން ފާޅުކޮށް މެންބަރު ނިޒާރު ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވިދާޅުވީ "ހަލާލު ޓޫރިޒަމް ކޮންސެޕްޓަށް ހަންކެޑެ ތަރައްގީ ކުރަން ތާއީދު ނުކުރާ" ކަމަށާއި "އެކަމާ ކަންބޮޑުވުން ފާޅުކޮށްފައިވާ" ކަމަށެވެ.

ނިޒާރުގެ އިތުރުން ހިތަދޫ މެދު ދާއިރާގެ ޕީއެންސީގެ މެންބަރު އަހްމަދު އަޒާން ނުރުހުން ވެސް ސަރުކާރަށް ވަނީ އަމާޒުވެފަ އެވެ.

އަޒާން ވިދާޅުވެފައި ވަނީ ކުރީސަރުކާރުގެ ނިންމެވުމާއި އެއްގޮތަށް ހަންކެޑެގެ މަޝްރޫ ކުރިއަށް ގެންދަން މި ސަރުކާރުން ނިންމާފައި ވީއިރު ކުއްލިޔަކަށް އެ މަޝްރޫއު އުވާލާ އެެހެން މުޅި ކޮންސެޕްޓް ބަދަލުކޮށްފައިވާކަމަށް އަޒާން ވިދާޅުވި އެވެ.

ސަރުކާރުގެ މި ނިންމުމާ ގުޅިގެން ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވެސް ވަނީ ނުރުހުން ފާޅުކުރައްވާފައެވެ. އެގޮތުން މިއީ، އައްޑޫގެ ތަރައްގީއަށް ސަރުކާރުން އަޅާ ބޮޑު ހުރަހެއް ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.

ހަލާލު ޓޫރިޒަމަކީ މުސްލިމު ފަތުރުވެރިންގެ ބޭނުންތަކަށް ޚާއްސަކޮށް ހުރިހާ ފަތުރުވެރިންނަށް ވެސް އެކަށީގެންވާ ގޮތަކަށް ފަރުމާކުރެވިފައިވާ ހިދުމަތްތަކެކެވެ.

ހަންކެޑެ ތަރައްގީކުރަން 2005 ވަނަ އަހަރުން ފެށިގެން އެކިއެކި ސަރުކާރުތަކުގައި މަސައްކަތްކޮށްފައި ވެއެވެ. އެކަމަކު މިހާތަނަށް އެ މަޝްރޫއު އޮތީ ކުރިއަށް ނުގޮހެވެ.

މި ސަރުކާރުން ވެސް 15 އޭޕްރީލް 2024ގައި ބަޑިބޭހުގެ ކުޅިވަރުތަކާ އެކު އެ މަޝްރޫއު އަލުން އިފްތިތާހުކުރަން ރަސްމިއްޔާތެއް ބޭއްވި އެވެ. ނަމަވެސް އެ ރަސްމިއްޔާތު ބޭއްވި ފަހުން އަހަރެއްހާ ދުވަސް ފާއިތުވެގެންދާއިރު، ހަންކެޑެ ސަރަހައްދުގައި ހުރި ބައެއް ރުއްގަސް ނެގުން ފިޔަވާ އިތުރު މަސައްކަތެއް ކޮށްފައެއް ނުވެ އެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved