March 10, 2026
Advertisement
ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު އަޒާން މަރުޒޫގު
ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު އަޒާން މަރުޒޫގު / -

ހަންކެޑެ ކަންތަކުގައި އަޒާންގެ ނުރުހުން ސަރުކާރަށް އަމާޒުވެއްޖެ

Mariyam Ibrahim
މަރިޔަމް އިބްރާހިމް
Jun 30, 2025, 10:02 PM
މާލެ ސިޓީ

ގިނަ ދުވަސްތަކެއް ވަންދެން ދިގުލައިގެން ގޮސްފައިވާ ސ. ހަންކެޑެ ހަލާލު ޓޫރިޒަމްގެ ރަށަކަށް ހަދަން ސަރުކާރުން ނިންމި ނިންމުމާއެކު، ހިތަދޫ މެދު ދާއިރާގެ މެންބަރު އަހްމަދު އަޒާން ނުރުހުން ސަރުކާރަށް އަމާޒުވެއްޖެ އެވެ.

Advertisement

ހަންހެޑެ މައްސަލާގައި ނުރުހުން ފާޅުކޮށް އަޒާން މިއަދު ވަނީ އެކްސްގައި ޕޯސްޓެއް ކުރައްވާފައެވެ. އެ ޕޯސްޓްގައި އޭނާ ވިދާޅުވެފައި ވަނީ ކުރީސަރުކާރުގެ ނިންމެވުމާއި އެއްގޮތަށް ހަންކެޑެގެ މަޝްރޫ ކުރިއަށް ގެންދަން މި ސަރުކާރުން ނިންމާފައި ވީއިރު ކުއްލިޔަކަށް އެ މަޝްރޫއު އުވާލާ އެެހެން މުޅި ކޮންސެޕްޓް ބަދަލުކޮށްފައިވާކަމަށް އަޒާން ވިދާޅުވިއެވެ.

އެ ޕޯސްޓްގައި އަޒާން ހާމަކޮށްފައިވާ ގޮތުގައި އެ ޕްރޮޖެކްޓަށް ބެންކް އޮފް ޗައިނާއިން 120 މިލިވަންގެ ލޯނެއްނަގާ ތަރައްގީ ކުރަން ނިންމާފައިވާކަމަށެވެ ނަމަވެސް މިސަރުކާރު ވެރިކަމާއި ހަވާލުވި އިރު ލޯނުގެ އެއްބަސްބުމުގައި ސޮއި ނުކޮށް އޮތްނަމަވެސް ހުރިހާ ކަމެއްވެސް އޮތީނިމިފައިކަމަށެވެ. ނަމަވެސް މިހާރު އެލޯނު ޗައިނާއިން ހަމަނުޖެހުނީ ދިވެހި ސަރުކާރުން ޗައިނާގެ ބޭންކުން ނަގާފައިވާ ލޯނުތައް ދެއްކުން މަޑުޖެއްސުމާއި ގުޅިގެން ކަމުގައިވެއް އަޒާނުގެ ޕޯސްޓުގައި ހާމަކޮށްފައިވެއެވެ.

އަޒާން ވިދާޅުވެފައިވާގޮތުގައި ހަންކެޑެ ޕްރޮޖެކްޓާއި ގުޅިގެން ކުރީސަރުކާރުން ވަނީ ޕްރޮޖެކްޓަރުންނަށް އެތްވާސް ފައިސާވެސް ދައްކާފައި ކަމަށެވެ.

ވީއިރު ދެެއިރު ދެދަޅައަށް އާނަމެއް ކިޔާފައި މަޝްރޫއެއް އިއުލާން ކުރިއަކަސް އައްޑުއަށް އިންވެސްޓް ކުރާނެ ބައެއް ހޯދުމަކީ ފަސޭހަކަމެއް ނޫންކަމުގައި އަޒާން ހާމަކޮށްފައިވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved