

1 ޖުލައިން ފެށިގެން ޓުއަރިޒަމް ދާއިރާއިން ނަގާ ޓެކްސް %17ޕަސެންޓަށް ބަދަލުކުރުމާއި ގުޅިގެން އެ ޓެކްސްއަކީ ހަލާލު ނުވަތަ ހަރާމް ޓެކްސްއެއް ތޯ ޕީއެންއެފްގެ ސެކެރެޓަކީ ޖެނެރަލް މުހައްމަދު މަލީހު ޖަމާލް ރައީސް ޑރ.މުހައްމަދު މުއިއްޒުވާއި ސުވާލު ކުރައްވައިފިއެވެ.
އާދިއްތަ ދުވަހުގެރޭ ޕީއެންއެފް އޮފީހުގައި ކުރިޔަށް ގެންދިޔަ ޖަލްސާގައި ވާހަކަފުޅު ދައްކަމުން އެބޭފުޅާވިދާޅުވީ ޓުއަރިޒަމްގެ ދާއިރާއިން މިހާރު ނަގަމުންދާ %16 ޕަސެންޓް ޓެކްސް ޓީޖީއެސްޓީ، 01 ޖުލައި އިން ފެށިގެން %17 ޕަސެންޓަށް ބޮދުކުރާ އިރު މި ޓެކްސް އަކީ ހަރާމް ޓެކްސް އެއް ނުވަތަ ހަލާލް ޓެކްސްއެއްތޯ ނިންމަވަން ޖެހޭ ކަމަށެވެ.
ދިވެހިރާއްޖެއަށް އެންމެ ބޮޑު އާމްދަނީ އެއް ލިބެމުން ދަނީ ރާއްޖޭގެ އެކި ސަރަހައްދު ތަކުގައި ހިންގަމުންދާ ރިސޯޓު ތަކުން ކަމުގައި ވީއިރު މި ވިޔަފާރި އަކީ ހަލާލު އެއްޗެއް ތޯ ނުވަތަ ނޫންތޯ އެމަނިކުފާނު ނިންމަވަން ޖެހިލައްވާ ކަމުގައި މަލީހު ފާހަގަކުރައްވާފައި ވެއެވެ.
ރައީސް މުއިއްޒު ނިންމަވަން އެބަޖެހޭ 1 ޖުލައި އިން ފެށިގެން ޓުއަރިޒަމް ގެ ދާއިރާއިން މިހާރުނަގާ %16 ޓީޖީއެސްޓީ، ޓޫރިޒަމް ގުޑްސް އެންޑް ސާވިސް ޓެކްސް ބަދަލު ވެގެން އެސަނީ %17 ޕަސެންޓަށް މީ ހަލާލު ތޯ ހަރާމްތޯ ނިންމަވަން އެބަޖެހޭ...
މަލީހު ވިދާޅުވީ މީގެ އިތުރުން އެއާޕޯޓް ނިމިގެން ދާއިރު އެޔާޕޯޓުން ދައުލަތަށް ވަންނަ ފައިސާއަކީ ހަރާމް ފައިސާއެއްތޯ ނުވަތަ ހަލާލް ފައިސާ ތޯ ވެސް ރައީސް މުއިއްޒުގެ އެޑްވައިޒާ ނިންމަވަން ޖެހިލައްވާ ކަމުގައެވެ.
އެބޭފުޅާ ވިދާޅުވީ ހަލާލާއި ހަރާމުގެ ވާހަކަ ރަޢީސް މުއިއްޒު ދައްކަވާއިރު، އެމަނިކުފާނަކަށް އިކޮނޮމިކް ކޮންސެޕްޓް ތަކެއް އެގިވަޑައި ނުގަންނަވާ ކަމަށެވެ.
ހަލާލް ޓެސްއާއި ހަލާލު ޓުއަރިޒަމް ގެ ވާހަކަ ރައީސް މުއިއްޒު ވިދާޅުވާއިރު، ޓުއަރިޒަމަށް ރަށެއްދީފައި އެރަށަކަށް ފައިނޭންސް ކުރަނީ ހަލާލް ފައިނެސްގެ ދަށުން ތޯއާއި، ބޭންކް އިން މި ޕްރޮޖެކްޓަށް ނަގާފައިސާ ނަގަނީ އިންޓްރެސްޓަކާއި ނުލައި ތޯ އެބޭފުޅާވަނީ ސުވާލު އުފައްދާފައެވެ.
ރިސޯޓު ތަކަކީ އެތަނެއްގައި ސްޕާގެ ހިދުމަތުގެ އިތުރުން ރާފަތަ ތަކެތިވެސް ލިބޭނެ ތަނެއް ގޮތުގައި ޓުއަރިޒަމް ގާނޫނުގައި ވާއިރު ރައީސް މުއިއްޒުގެ މި ވާހަކަ ތަކަކީ ތާކުން ތާކު ނުޖެހޭ ވާހަކަތަކެއް ކަމުގައި މަލީހު ފާހަގަ ކުރައްވާފައި ވެއެވެ.