April 17, 2026
Advertisement
ސުޕާރީ ފުޅިތަކެއް ފިހާރައެއްގެ ކައުންޓަރުގައި
ސުޕާރީ ފުޅިތަކެއް ފިހާރައެއްގެ ކައުންޓަރުގައި

50 މައިކްރޯނަށްވުރެ ތުނި ޕްލާސްޓިކް ކޮތަޅާއި ޕްލާސްޓިކް ފުޅީގައި ސުޕާރީ އެތެރެކުރުން މަނާކޮށްފި

Mariyam Isaadha
މަރިޔަމް އިސާދާ
Jan 2, 2024, 11:00 PM
މާލެ ސިޓީ

50 މައިކްރޯންއަށްވުރެ ތުނި ޕްލާސްޓިކް ކޮތަޅާއި ޕްލާސްޓިކް ޕެކެޓް ފިޔަވައި އެހެނިހެން ޕްލާސްޓިކުގައި ބަންދުކޮށްފައި ހުންނަ ސްޕާރީ ރާއްޖެއަށް އެތެރެކުރުމާއި އުފެއްދުން މަނާކޮށްފިއެވެ.

Advertisement

މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް އެންވަޔަރަންމެންޓް އެންޑް އެނާޖީއިން ނެރުނު ބަޔާނެއްގައި ބުނެގައިވަނީ ތިމާވެއްޓަށް ގެއްލުންދޭ ސިންގަލް-ޔޫސް ޕްލާސްޓިކް މަދުކުރުމަށް ކަނޑައަޅާފައިވާ ސިޔާސަތުގެ ދަށުން ޕްލާސްޓިކް ފުޅީގައި ސުޕާރީ އާއި ބާޒާރުކުރަން ބޭނުންކުރާ 50 މައިކްރޯންއަށްވުރެ ތުނި ޕްލާސްޓިކު ކޮތަޅު 1 ޖަނަވަރީ 2024 އިން ފެށިގެން ރާއްޖެ އެތެރެކޮށް ވިއްކުން މަނާވާނެ ކަމަށެވެ.

ނަމަވެސް، އެ ދެ ބާތް ރާއްޖޭގެ ބާޒާރަށް ނެރުން މަނާވާނީ މި އަހަރުގެ ޖޫން މަހުން ފެށިގެންކަމަށް ބަޔާނުގައިވެއެވެ.

އޭގެ އިތުރުން އެއް ލީޓަރާއި އެއް ލީޓަރަށް ވުރެ ކުދި، ޕްލާސްޓިކް ފުޅީގައި ބަންދުކޮށްފައި ހުންނަ ފެން، އެތެރެކުރުމާއި އުފެއްދުން މި އަހަރުގެ އޮގަސްޓް މަހު މަނާކުރަން ނިންމާފައިވާއިރު، އެ ތަކެތި ބާޒާރަށް ނެރުން މަނާކުރަން ނިންމާފައިވަނީ މި އަހަރުގެ ނޮވެމްބަރު މަހަށްފަހުއެވެ. އަދި ޕްލާސްޓިކްގައި ބަންދުކޮށްފައި ހުންނަ ސުޕާރީ އެތެރެކުރުމާއި އުފެއްދުން މި އަހަރުގެ ޖޫން މަހުގެ އެއްވަނަ ދުވަހުން ފެށިގެން މަނާކުރަން ވަނީ ނިންމައިފައެވެ.

ކުނި މެނޭޖްކުރުމުގެ ޤާނޫނުގެ 30 ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާފައިވާ ސިންގަލް-ޔޫސް ޕްލާސްޓިކްގެ ބާވަތްތަކުގެ ލިސްޓްގައި ހިމެނޭ ކަމެއް ކަމުގައި ބަޔާނުގައި ބުނެފައިވެއެވެ. މިނިސްޓްރީން ބުނާގޮތުން މި ލިސްޓްގައި ހިމެނޭ ސިންގަލް-ޔޫސް ޕްލާސްޓިކްގެ ބާވަތްތައް އެކި މަރުޙަލާތަކަކަށް ބަހާލައިގެން ދިވެހިރާއްޖެއަށް އެތެރެކުރުމާއި، ދިވެހިރާއްޖޭގައި އުފެއްދުމާއި އަދި ބާޒަރަށް ނެރުން މަނާކުރުމުގެ މަސައްކަތް މިނިސްޓްރީން މިހާރު ވަނީ ތަންފީޒުކުރަން ފަށާފައެވެ.

މި ލިސްޓުގައި 14 ބާވަތެއްގެ ސިންގަލް-ޔޫސް ޕްލާސްޓިކް ވަނީ ހިމަނުއްވާފައެވެ. އޭޣެތެރެއިން 11 ބާވަތެއް މިހާރުވެސް ވަނީ ދިވެހިރާއްޖެއަށް އެތެރެކުރުމާއި، ދިވެހިރާއްޖޭގައި އުފެއްދުމާއި އަދި ބާޒާރަށް ނެރުން މަނާކޮށްފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved