theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
ހަސީނާވަނީ މަގާމުން އިސްތިއުފާދީ ގައުމުވެސް ދޫކޮށް ގޮސްފައި / ސޯޝަލް މީޑިއާ
ދުނިޔެ
ބަންގްލާދޭޝްގެ ކުރީގެ ބޮޑުވަޒީރު ހަސީނާގެ ޣައިރު ހާޒިރުގައި ޖަލު ހުކުމެއް
Qudhrathullah Ameen
ގުދުރަތުﷲ އަމީން
03 ޖުލައި 2025
މާލެ ސިޓީ

ބަންގްލަދޭޝްގެ ކުރީގެ ރައީސް ޝައިހު ހަސީނާ ކޯޓުގެ ހުރުމަތް ކެނޑުމުގެ ކުށުގައި ހަ މަހަށް ޖަލަށް ލުމަށް އެ ޤައުމުގެ ބައިނަލްއަގްވާމީ ޖަރީމާތަކާބެހޭ ޓްރައިބިއުނަލް، އައިސީޓީން ހުކުމްކޮށްފި އެވެ.

ހުކުމް އިއްވި ކޯޓުގެ ބޭރުގައި ނޫސްވެރިންނާ ބައްދަލުކުރައްވައި ޗީފް ޕްރޮސިކިއުޓާ މުހައްމަދު ތާޖުލް އިސްލާމް ވިދާޅުވީ ހަސީނާ ވަޑައިގަތުމާ އެކު ނުވަތަ އަމާންދީ، ކޯޓާ ހަވާލުވާ ވަގުތުން މި ހުކުމް ތަންފީޒުކުރަން ފެށޭނެ ކަމަށެވެ.

އިސްލާމް ވިދާޅުވީ ކޯޓުގެ ހުރުމަތް ކެނޑުމުގެ މައްސަލައިގެ އަސްލަކީ ހަސީނާއާ ދެކޮޅަށް މައްސަލަތައް ހުށަހަޅައި އަދި ހެކިބަސް ދޭން ތިބި މީހުންނަށް އިންޒާރުދޭ ގޮތަށް ދައްކަވާފައިވާ ވާހަކަތައް ކަމަށެވެ.

ފަނޑިޔާރު ގޯލަމް މޮރްތޫޒާ މޮޒުމްދަރު އިސްކޮށް ހުންނަވައިގެން ތިން މެންބަރުންގެ ޓްރައިބިއުނަލުން ހަސީނާގެ ޣައިރު ހާޒިރުގައި ހުކުމް އިއްވީ މިދިޔަ ބުދަ ދުވަހެވެ.

ބަންގްލަދޭޝްގެ ވަގުތީ ސަރުކާރުން ވަނީ ހަސީނާ ހިމެނޭގޮތަށް އެ ޤައުމުގައި ޙައްޤުތަކާ ޚިލާފަށް އަމަލުކުރާ އިސްވެރިންނާއި ކޮރަޕްޝަން ހިންގާ އިސްވެރިން ޖަވާބުދާރީކުރުވާނެ ކަމަށް ބުނެފައެވެ. އެ ގޮތުން މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭަގައި އެ ޤައުމުގެ ދަރިވަރުން ކުރިއަށް ގެންދިޔަ މުޒާހަރާތަކުގައި މުޒާހަރާގެ ބައިވެރިންނާ ދެކޮޅަށް ދީފައިވާ ޙަމަލާތައް ބަލާނެ ކަމަށް ވެސް ސަރުކާރުން ވަނީ ބުނެފައެވެ.

ހަސީނާގެ ސިޔާސީ ޕާޓީ، އަވާމީ ލީގު މިހާރު މަނާކޮށްފައި ވާއިރު ދައުވާތަކުން ރެކެން ފިއްލަވައިގެން އުޅުއްވާ އެ ޕާޓީގެ ލީޑަރެއް ކަމަށްވާ ޝަކީލް އަކަންދާ ބުލްބުލް ވެސް ހަމަ މި މައްސަލައިގައި ދެ މަހަށް ޖަލަށް ލާން މިއަދު ހުކުމްކުރި އެވެ.

މިދިޔަ އަހަރުގެ ޖުލައި މަހުން ފެށިގެން އޮގަސްޓް މަހުގެ ނިޔަލަށް ހަސީނާ އޭނާގެ ވެރިކަން ދަމަހައްޓަން މުޒާހަރާގެ ބައިވެރިންނާ ދެކޮޅަށް ބާރުގެ ބޭނުންކުރުމުގެ ސަބަބުން 1،400 އެއްހާ މީހުން މަރުވެފައިވާ ކަމަށް އދ. އިން ލަފާކުރެ އެވެ.

ސަރުކާރާ ދެކޮޅަށް ދަރިވަރުން ފެށި މުޒާހަރާތައް ހޫނުވެ މިދިޔަ އަހަރުގެ އޯގަސްޓް މަހު ހަސީނާ އިސްތިއުފާ ދެއްވުމަށް ފަހު ވަޑައިގެން އުޅުއްވަނީ އިންޑިއާގަ އެވެ. އުމުރުން 76 އަހަރުގެ ހަސީނާ ބަންގްލަދޭޝް ދޫކޮށް ވަޑައިގެން ފަހުން އާންމުންގެ ތެރެއިން އަދި ނުފެނެ އެވެ. އިންޑިއާއިން ހަސީނާއަށް ހިމާޔަތް ދޭތީ އެކަމުގެ ހިތްހަމަނުޖެހުން ބަންގްލާދޭޝްގައި އޮތް އިރު މިހާރު ވަނީ ހަސީނާގެ ޑިޕްލޮމެޓިކް ޕާސްޕޯޓް ވެސް ކެންސަލްކޮށްފަ އެވެ. 

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved