March 28, 2026
Advertisement
ރައީސް ޔާމީން
ރައީސް ޔާމީން / ތޭރަ އޮންލައިން

ދިވެހިރާއްޖެ އޮތީ އިންވެސްޓްމަންޓަށް އެޓްރެކްޓުކުރެވޭ ހާލަތުގައި ނޫން: ރައީސް ޔާމީން

Mariyam Isaadha
މަރިޔަމް އިސާދާ
Jul 4, 2025, 04:34 AM
މާލެ ސިޓީ

ދިވެހިރާއްޖޭގެ އިގްތިސޯދީ ހާލަތު އޮތީ އިންވެސްޓަރުން ޞޭރުން ގެނެސް ރާއްޖެ އިންވެސްޓްމަންޓަށް ހުޅުވާލެވޭ ފަދަ ހާލަތެއްގައި ނޫން ކަމަށް ރައީސް އަބްދުﷲ ޔާމީމް ވިދާޅުވެއްޖެއެވެ.

Advertisement

ބުރާސްފަތި ދުވަހުގެ ރޭ ޕީއެންއެފުން ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ބޮޑެތި ކަރަދުކޮށްގެން ސިންގަޕޫރަށާ ދުބާއީ ފަދަ ތަންތަނަށް އިންވެސްޓަރުން ހޯދުމުގެ ނަމުގައި ބޮޑެތި ވަފުދުތައް ގޮވައިގެން ރައީސް ޑރ މުހައްމަދު މުއިއްޒު ފަތުރުފުޅު ކުރައްވަމުން ގެންދަވާއިރު އެ ކުރައްވަނީ ބޮޑު ބޭކާރު ޚަރަދެއް ކަމަށެވެ.

އެގޮތުން ރައީސް ޔާމީން ވަނީ ދުބާއީގައި ބޭއްވި އިންވެސްޓްމަންޓު ފޯރަމުން ވެސް އިންވެސްޓަރުން ނުލިބުމުން ފިލާވަޅު ނަގައިގެން ކުރިއަށް ފިޔަވަޅު އަޅަން އެނގެން ވާނެ ކަމަށެވެ. އެގޮތުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅުގައި ވެސް އެކި އިންވެސްޓަރުންނާ ބައްދަލުކުރެއްވި ކަމަށާ ނަމަވެސް ސިންގަޕޫރަކީ ޑިވެލޮޕަަމަންޓު އެސިސްޓެންޓު ދޭ ބައެއް ނޫން ކަމަށާ ޓެކްނިކަލް އެސިސްޓެންޓު ފަހަރުގައި ލިބިދާނެ ކަމަށެވެ. ރައީސް ޔާމީން އެކަން ސިފަކުރެއްވީ ބަސަރާއަށް ކަދުރު ވިއްކުން ފަދަ ކަމެއްގެ ގޮތުގައެވެ.

ރައީސް ޔާމީން ވަނި އިކޮނޮމިކު މިނިސްޓަރު މުހައްމަދު ސައީދުގެ މަސައްކަތްކުރައްވާ ގޮތަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. ރައީސް ޔާމީން އިތުރަށް ވިދާޅުވީ، ދިވެހިރާއްޖޭގެ ސިސްޓަމް އޮތީ އައިސީޔޫގައި ކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved