theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
ޝެއިޚް ނިޝާންގެ ޕޯސްޓު / ތޭރަގްރެފިކްސް
ހަބަރު
މޯދީއަށް ޝަރަފްދޭން މިސްކިތްތައް ހުހަށް ބެހެއްޓުމުން ޝައިހު ނިޝާންގެ ނުރުހުން ސަރުކާރަށް
Sudha Latheef
ސުދާ ލަތީފް
25 ޖުލައި 2025
މާލެ ސިޓީ

އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ ދިވެހިރާއްޖެއަށް އަދުގެ ސަރުކާރުން ގެނައުމުން މޯދީއަށް ޝަރަފުދިނުމުގެ ގޮތުން ހިންގި ރަސްމިއްޔާތަށް އިސްކަންދީ، އަސްރު ނަމާދަށް މިސްކިތްތައް ހުހަށް ބަހައްޓާފައިވާތީ ދީނީ އިލްމުވެރިޔާ ޝައިހު އަލީ ނިޝާން ދިވެހި ސަރުކާރަށް ނުރުހުން ފާޅުކުރައްވައިފިއެވެ.

ޝައިހު ނިޝާންގެ މިފަދަ ބަސްފުޅުތައް އާންމުކޮށްފައިވަނީއިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވެރި ރަށް މާލޭގައި އުޅުއްވާތީ ރަށުގެ ބޮޑު ސަރަހައްދެއް ފުލުހުން ބަންދުކޮށް، އިސްލާމީ މަރުކަޒަށް ނަމާދަށް އެރުން ވެސް މަނާކޮށްފައިވާތީ އެކަމާ ހިތާމަ ފާޅުކުރައްވާ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.

ޝައިހު ސޯޝަލް މީޑިއާގައި ހިއްސާކުރި ޕޯސްޓުގައި ވިދާޅުވީ މުސްލިމުންނަށް ޖެއްސުމާއި ގޯނާކުރުމުގެ ދިގު ތާރީހެއް އޮތް އަދި މިސްކިތްތައް ތަޅާ ސުންނާފަތި ކުރުމުގެ މުގުލުގަައި ހުރި ޓެރަރިސްޓެއް ކަމަށް ސިފަކުރައްވާފައިވާ މޯދީއަށް އިއްޒަތާއި ޝަރަފު ދިނުމަށް މިސްކިތްތަކަށް މީހުން ނާރާ ގޮތައް ރަސްމިއްޔާތުގެ ވަގުތުތައް ބަހާލުމަކީ ޝައްކެއް ވެސް އޮތް ކަމެއް ނޫން ކަމަށެވެ.

ޝައިހު ނިޝާން ވަނީ މޯދީއަށް އިޝާރާތް ކުރައްވަ "މުސްލިމުންގެ ގާތިލު"ގެ ގޮތުގައި ސިފަކުރައްވާފައެވެ.

ޝައިހު ނިޝާންގެ މިފާޑުވިދާޅުވުމަކީ، ދީނީ ކަންކަމުގައި ސަރުކާރުން ސަމާލުކަންދޭ މިންވަރާ މެދު ގިނަ ބަޔަކު ވިސްނާލަން ޖެހުނު ކަމެއް ކަމަށް ފާހަގަކުރެވެއެވެ.

މޯދީގެ ޝަރަފްގައި ކުރިއަށް ގެންދާ ޙަފްލާތަކަށް ތަން ދިނުމަށް މާލޭޣެ ގްރީން ޒޯނު ހިމެނޭހެން މަގުތަކެއް ބަންދުކޮށް ވެހިކަލްތައް ވެސް ޕާކުރުން މަނާކުރުމާ ގުޅިގެން އިސްލާމީ މަރުކަޒު ފަދަ މިސްކިތްތަކަށް އާންމުންނަށް ނަމާދަށް އެރުމުގައި ދަތިތައް ވަނީ ކުރިމަތިވެފައެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved