theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
ހުސެއިން ރަޝީދު / ސޯޝަލް މީޑިއާ
ހަބަރު
މޯދީއާ ދެކޮޅަށް ވާހަކަ ދައްކާ އިލްމުވެރިންގެ އަނގަ ބަންދު ކުރަން ޖެހޭ ކަމަށް ޝެއިޚު ހުސެއިން ރަޝީދު ބުނެފި
26 ޖުލައި 2025
މާލެ ސިޓީ

މުސްލިމުން މަރަމުން މިސްކިތްތައް ތަޅަމުން، އަދި މުސްލިމުން މަރަން ވާގިވެރިވަމުންދާ އިންޑިއާގެ ހިންދުވެތާ ބޮޑު ވަޒީރު ނަރެންދްރަ މޯދާ އާ ދެކޮޅަށް ވާހަކަ ދައްކާ ދީނީ އިލްމުވެރިންގެ އަނގަ ބަންދުކުރަން ޖެހޭ ކަމަށް އެމްޑީޕީގެ ފުރަތަމަ ސަރުކާރުގައި އިސްލާމިކު މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރުކަން ކުރި ހުސެއިން ރަޝީދު ބުނެފިއެވެ.

އައްޑޫއަށް ނިސްބަތްވާ ދީނީ އިލްމުވެރިއެއް ކަމަށް ބުނާ ހުސެއިން ރަޝީދު މިފަދައިން ބުނެފައިވަނީ މޯޑީއަށް ޢިއްޒަތާއި ޝަރަފުދީ ރާއްޖެ ގެނައުމުން އެކަމާ ނުރުހުން ފާޅުކުރައްވާ ދީނީ އިލްމުވެރިޔާ ޝައިޚު އާދަމް ނިޝާން ދެއްވި ބަސްދީގަތުމަށް ރައްދު ދެއްވާ އެކްސްގައި ކުރި ޕޯސްޓެއްގައެވެ.

ހުސެއިން ރަޝީދުއަކީ އަދާލަތު ޕާޓިގެ މެމްބަރެއް ނަމަވެސް އެމްޑީޕީއިން ދީނީ ކަންކަމުގައި ގެންގުޅޭ ބީރައްޓެހި ގޮތާ މެދު ފާޑުވިދާޅުވެފައިނުވެއެވެ. ނަމަވެސް މިއަދު ރައީސް ޑރ މުހައްމަދު މުއިއްޒު އިންޑިއާގެ ބޮޑު ވަޒީރު މިިވަން ދުވަހުގެ މުނާސަބާ ޝަރަފްވެރިކުރަން ގެނައުމުން ޝައިޚު ނިޝާން އެކަމާ ދެކޮޅަށް ޝުއޫރު ފާޅުކުރުމުން ރުޅި ގަދަވެ ހުސެއިން ރަޝީދު ބުނެފައިވަނީ މުސްލިމުން ކާފަރު ކުރަމުން ބަޔަކު ދިއުން މައްސަލަ އަކަށް ނުވާ ކަމަށާ ނަމަވެސް އަވައްޓެރި ގައުމަކާ އެކު ގުޅުން ބަދަހި ކުރުމުގެ ސިއްރު ނޭނގި ތިބެ ވާހަކަ ދައްކާ މީހުންގެ އަނގަ ބަންދުކުރަން ޖެހޭ ކަމަށެވެ.

ޝައިޚު ނިޝާންއަށް ރައްދުދީ ހުސެއިން ރަޝީދު ކުރި ޕޯސްޓު

ހުސެއިން ރަޝީދު މިފަދައިން ބުނެފައިވާއިރު، އެމްޑީޕީ ސަރުކާރުން ރާއްޖޭގެ އެކި ހިސާބުތަކުގައި ބުދު ބަހައްޓާ ގައުމުގައި ދީނާ ބީރައްޓެހި އެތައް ކަމެއް ކުރިއިރު އިސްލާމިކު މިނިސްޓްރީގައި ހުރެގެން ހުސެއިން ރަޝީދުއަށް އެކަންކަމާ ދެކޮޅަށް ބަހެއް ބުނެލަން ނުކެރުނުކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
Zakiyya, vee kihineh?