theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
ޝެއިޚް ނިޝާން / އަވަސް
ހަބަރު
ޔަހޫދީންނަށް އެހީވެ ވާގިވެރިވުމުގައި އެންމެ ކުރީގައި އޮތީ އިންޑިއާ :ޝައިހް ނިޝާން
Sudha Latheef
ސުދާ ލަތީފް
25 ޖުލައި 2025
މާލެ ސިޓީ

ޔަހޫދީންނަށް އެހީވެ ވާގިވެރިވުމުގައި އެންމެ ކުރީގައި އޮތީ ނަރެންދްރަ މޯދީގެ ސަރުކާރު ކަމަށް ދީނީ އިލްމުވެރިޔާ ޝައިހް އާދަމް ނިޝާން ވިދާޅުވެއްޖެއެވެ.

މޯޑީއަށް ޢިއްޒަތާއި ޝަރަފުދީ ރާއްޖެ ގެނައި މައްސަލައިގާ އާދަމް ނިޝާން ބިން ޢަލީ އާދަމް، މައްކާގައި ހުންނަވައި ޗެނަލް 13 އަށް ދެއްވި ބަސްދީގަތުމުގައެވެ.

ޝައިހް ވިދާޅުވީ އިންޑިއާ ސަރުކާރުން ދަނީ އެތައް އެހީތެރިކަމެއް އަސްކަރީ ގޮތުން،ހަތިޔާރުގެ ގޮތުން އަދި ސިޔާސީ ގޮތުން ދެމުން ކަމަށެވެ.

މިފަދަ އަނިޔާވެރި، ޖައްބާރުން، ގާތިލުން، ޓެރަރިސްޓުން ގެނެސް އަޅުގަނޑުމެންގެ ގައުމުގެ އިއްޒަތާއި ޝަރަފުދީ އެމީހުން މަތިކޮށް އެމީހުންނަށް އޮތް ލޯތްބާ އޮތް ގުޅުން ހާމަކޮށް ހެދުމަކީ އަޅުގަނޑުމެންނަށް ހުއްދަ ކަމެއް ނޫން. އެއީ ކީރިތި ޤުރުއާނުގައި ނަސްލުން މާތް ﷲ ހަރާމް ކުރައްވާފައިވާ ކަމެއް

- ޝައިޚު ނިޝާން

ފަލަސްތީނުގައި އަޅުގަނޑުމެންގެ ލޮބުވެތި އަހުންނާއި އުހުތުންތައް އަނިޔާވެރިގޮތުގައި ޝާހީދުކޮށްލާ ގަތުލުކުރަމުން، ބަނޑުހައިހޫނުކަމުގައި މަރަމުން ދަނީ ޔަހޫދީންކަމަށް ބުނެ އެ ޔަހޫދީންނަށް އެހީވެ ވާގިވެރިވުމުގައި އެންމެ ކުރީ ސަފުގައި އޮތީ އިންޑިއާ ކަމަށް ޝައިހް ވަނީ ވިދާޅުވެފައެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved