theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
ރައީސް މުއިއްޒު، ރާއްޖޭގެ ޓޫރިޒަމް ކެމްޕެއިން ފަށާ ފުޓުބޯޅަ މެޗު ބައްލަވާލައްވާއިރު އަރިހުގައި ޓޫރިޒަމް މިނިސްޓަރު ތޯރިގާއި ސްޕޯޓްސް މިނިސްޓަރު ރާފިއު އަދި އެމްއެމްޕީއާރުސީގެ އެމްޑީ ޝިއުރީ.- / ރައީސް އޮފިސް
ހަބަރު
މުއިއްޒު ސަރުކާރަށް ދެ އަހަރު ވަނީ، ދަރަނި ބޮޑުވެ އެމްއެމްޕީއާރުސީ ބަނގުރޫޓުވުމާއި ގާތަށް!
Qudhrathullah Ameen
ގުދުރަތުﷲ އަމީން
06 ޖުލައި 2025
މާލެ ސިޓީ

ރާއްޖޭގެ ފަތުރުވެރިކަން ބައިނަލްއަގްވާމީ ދުނިޔެއަށް އިޝްތިހާރުކުރާ، ސަރުކާރުގެ ކުންފުނި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) ބަނގުރޫޓުވުގެ ބިރު އެބައޮތްކަމަށް ރައްޔިތުންގެ މަޖިލީހުގެ ސަރުކާރު ކުންފުނިތަކާ ބެހޭ ކޮމިޓީން ބުނެފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމިޓީއިން އެމްއައިޓީޑީސީ އާއި އެމްއެމްޕީއާރުސީގެ މާލީ ހާލަތު ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓުން ދިން އިންޒާރަކީ، ކަންކަން ރަނގަޅުނުކޮށްފި ނަމަ ދެން ގާތީ ބަނގުރޫޓުވުން ކަމެވެ.

އެމްއެމްޕީއާރުސީގެ މާލީ ހާލަތު މިދިޔަ ހަ އަހަރުގެ ތެރޭގައި ގޯހުންގޯހަށް ގޮސްފައިވާއިރު، އާމްދަނީއިން ދެކޮޅު ނުޖެހޭތީ އެ ކުންފުނީގެ ޕްރޮގްރާމްތައް ހިންގުމަށާއި ލޯނު އަނބުރާ ދައްކަން ވެސް އެދެން ޖެހެނީ ފިނޭންސް މިނިސްޓްރީގަ އެވެ.

ޖުމުލަ 25 މަޝްރޫއު އާއި ޕްރޮގްރާމް ކުރިއަށްގެންދަން އެމްއެމްޕީއާރުސީއިން ބަޖެޓުކޮށްފައިވާއިރު، އެމްއެމްޕީއާރުސީއިން ބުނާ ގޮތުގައި އެ ޕްރޮގްރާމްތައް ކުރިއަށްގެންދަން ދަތިވަނީ ބަޖެޓުކޮށްފައި އޮންނައިރު ވެސް މަހުން މަހަށް ފައިސާ ދޫކުރާ މިންވަރު ދަށްވާތީ އެވެ.

އެމްއެމްޕީއާރްސީގެ ގެއްލުމުގެ ހިސާބު އަދަދުތަކަށް ބަލާއިރު 2021 ވަނަ އަހަރު 142 މިލިއަން ރުފިޔާގެ ގެއްލުންވިއިރު 2022 ވަނަ އަހަރު އެ އަދަދު ހުރީ 42 މިލިއަން ރިފިޔާގައި އެވެ. އަދި އެ ކުންފުންޏަށް 2023 ވަނަަ އަހަރު 18 މިލިއަން ރުފިޔާގެ ގެއްލުން ވިއިރު މިދިޔަ އަހަރުވަނީ 28 މިލިއަން ރުފިޔާގެ ގެއްލުން ވެފައި އެވެ. މިއާއެކު އެ ކުންފުނީގެ ޖުމްލަ ގެއްލުން 213 މިލިއަން ރުފިޔާ އަށް އަރައެވެ.

މީގެ އިތުރުން އެމްޕީއެލްއަށް ދައްކަން ޖެހޭ 85 މިލިއަން ރުފިޔާގެ ލޯނު ވެސް 2022ގެ ތިން ވަނަ ކުއާޓަރުން ފެށިގެން އެމްއެމްޕީއާރުސީއިން ނުދައްކަ އެވެ. އެ ލޯނުގެ އިންޓްރެސްޓަކީ 4.6 ޕަސެންޓެވެ. އަދި އަނބުރާ ދައްކަން ދިނީ 15 އަހަރެވެ.

ނަމަވެސް އެ ލޯނުން އަދި މިހާތަނަށް 78.6 މިލިއަން ރުފިޔާ އޮތީ ނުދައްކަ އެވެ.

އެމްއެމްޕީއާރުސީ މިހާރު އޮތް މާލީ ހާލަތަށް ދިޔައީ ކުރީ ސަރުކާރުގެ ފަހު އަހަރު ކުރިމަތިވި މާލީ ގެއްލުމުގެ ސަބަބުން ކަމަށް އެ ކުންފުނިން ބުނެ އެވެ.

ރައީސް މުއިއްޒު ސަރުކާރުން ކުންފުނިތަކުން ހިންގުމުގެ އިސްކޮށް ތިއްބެވި ބޭފުޅުންގެ ނާގާބިލު ކަމުގެ ނަތީޖާ އަކީ ސަރުކާރު ގިނަ ކުންފުނިތައް ގެއްލުމުގައި ހިންގުމެވެ. އަދި އެކަމުގެ ބުރަ ދައުލަތުގެ ބަޖެޓަށް އަދި ދިވެހި ރައްޔިތުންނަށް އަންނަނީ ކުރަމުން ނެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved