theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
އިސްމާއިލް ޒަރިޔަންދު / ތޭރަ އޮންލައިން
ހަބަރު
ޚިޔާނާތް ނުބަލާ ތިބެ ރައީސް ޔާމީންއާ ޖާމިނު ނުކުރެވޭނެ: ޒަރިޔަންދު
24 ޑިސެމްބަރު 2025
މާލެ ސިޓީ

އެމްއެމްޕީއާރުސީގެ ބޮޑު ކޮރަޕްޝަންގެ މައްސަލަ ފުރިހަމައަށް ތަހުގީގުކުރުމުގެ ބާރު ކުރީގެ ސަރުކާރުން ނުކޮށް ތިބެމެ، އެ މައްސަލަ ރައީސް އަބްދުﷲ ޔާމީނުއާ އެކަނި ޖާމިނު ނުކުރެވޭނެ ކަމަށް މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވާ ގައުމީ ކެންޑިޑޭޓު އިސްމާއީލް ޒަރިޔަންދު ވިދާޅުވެއްޖެއެވެ.

ޒަރިޔަންދު މިފަދައިން ވިދާޅުވީ ޗެނަލް13ގެ ނިއުސް ޓޯކު ޕްރޮގްރާމުގައި އޭނާއަށް ކުރިމަތި ކުރުވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

އެގޮތުން އެމްއެމްޕީއާރުސީގެ ހިޔާނާތް ހިނގި ދުވަސްވަރު ރައީސް ޔާމީނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވުމަށް ފަހު އެމަނިކުފާނު ދެއްި ދައުވަތު ގަބޫލުކުރައްވާ މާލޭގެ މޭޔަރު ކަމަށް ނުކުންނަވަން ނިންމެވުމާ އެކު ޒަރިޔަންދު ކުރިން ދައްކަވާފައި ހުރި ވާހަކަތައް އިދިކޮޅު ފަރާތްތަކުން ޓްވިސްޓުކުރަމުން ގެންދާތީ އަމާޒުކުރި ސުވާލަށް ޖަވާބު ދެއްވަމުން ޒަރިޔަންދު ވިދާޅުވީ، އޭނާ އޭރުވެސް މިހާރުވެސް ކަންކަމުގައި ވާހަކަ ދައްކަވަނީ ވަރަށް ބަލާފައި ކަމަށާ އޭރު ރައީސް ޔާމީންގެ ވާހަކަ ދެއްކެވިއިރު "ތުހުމަތު" މި ބަސް ބޭނުންކޮށްފައިވާނެ ކަމަށެވެ. އަދި އޭގެ ފަހުން ހަމަ އެކަމާ ގުޅިގެން އިތުރު ޓްވީޓެއްވެސް ކޮށްފައިވާނެ ކަމަށާ އެ ޓްވީޓުގައި އެމްއެމްޕީއާރުސީ މައްސަލައިގައާ އަދި ގައުމުގައި އޭރު ކަން ހިނގަމުން ދިޔަ ގޮތުން ރައްޔިތުން، ރައީސް ޔާމީންއަކީ ރަގަޅު ބޭފުޅެކޭ ވަރަށް އަވަހަށް ބުނާނެ ކަމަށް ފެންނަ ކަމަށްވެސް ބުނެފައިވާނެ ކަން ޒަރިޔަންދު ފާހަގަކުރެއްވިއެވެ.

އެހެންކަމުން އެންމެ ޓްވީޓެއްގައި އޮތް ވާހަކައެއްގައި ހިފާ ނުދަމާ ހުރިހާ ޓްވީޓެއްވެސް ބެލުމަށް ޒަރިޔަން ވަނީ ގޮވާލައްވާފައެވެ.

2018ވަނަ އަހަރު އޭރު އޮތް ގިނަ ޕާޓީ ހިމެނޭ ކޯލިޝަން ސަރުކާރެއް އައީ އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ ވާހަކައަށް ހާއްސަކުރެވިގެންކަން ﷲާހަގަކުރައްވާ ޒަރިޔަންދު ވަނީ މައްސަލަ ބެލުމަށް ރިޔާސީ ކޮމިޝަނެއް ވެސް އެކުލަވާލިކަން ވެސް ހަނދާނަށް ގެންނަވާފައެވެ. އަދި ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ އިހްތިޔާރު އޮންނަ ރިޔާސީ ކޮމިޝަނަކަށް މައްސަލަ ތަހުގީގު ކުރުމުގެ އިހްތިޔާރު ދިނުމަށް ފަހު ވެސް މައްސަލަ ނުބެލި ކަމަށް ޒަރިޔަންދު ވިދާޅުވިއެވެ.

އޭރު އޭސީސީގެ ރިޕޯޓުންނާއި ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވެސް އެމްއެމްޕީއާރުސީ ކޮރަޕްޝަންގައި ބައިވެރިވިކަމުގެ ތުހުމަތު ގިނަ ބަޔަކަށް އޮތް އިރު އެއިން ކަމެއް ނުބަލާ ހަމައެކަނި ރައީސް ޔާމީންގެ މައްސަލަ ބެލުމަކީ އެއީ ގަބޫލުކުރާނެ ކަމެއް ނޫން ކަމަށެވެ. އެގޮތުން ޒަރިޔަންދު ވަނީ އޭރުގެ ސަރުކާރުގެ އިސް ބައެއް ބޭފުޅުންނާއި، އޭރުގެ ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންގެ މައްޗަށް ވެސް ތުހުމަތު އޮތް ނަމަވެސް އޭރުގައި ވެސް އަދި މިހާރު ވެސް ހަމައެކަނި އަމާޒުކުރައްވަނީ ޔާމީނަށް އެކަނިކަން ވެސް ފާހަގަކުރައްވާﷲފައެވެ.

ޒަރިޔަންދު ވިދާޅުވީ ކުރިން ބުނެފައި ހުރި ވާހަކަތަކެއް ކެންސަލުކޮށް މަކަރާ ހީލަތުން އެއްވެސް ކަމެއް ހާސިލްކުރަން ބޭނުންނުވާ ކަމަށާ އޭނާއަށް ތާއީދުކުރާ ބަޔަކު ނަމަ ވޯޓު ދެއްވުން އެދޭ ކަމަށެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved