March 29, 2026
Advertisement
ޒަރިޔަންދު
ޒަރިޔަންދު / ތޭރަ އޮންލައިން

ސިޔާސީ ބޭނުމަށް ދޮގު ހަދަން ބޭނުމެއް ނޫން: ޒަރިޔަންދު

Mariyam Isaadha
މަރިޔަމް އިސާދާ
Dec 26, 2025, 02:24 AM
މާލެ ސިޓީ

ސިޔާސީ ބޭނުމަށް ދޮގު ހަދަން ބޭނުން ނޫން ކަމަށް މާލެ ސިޓީ ކައުންސިލް އިންތިހާބުގައި މޭޔަރު ކަމަށް ކުރިމަތިލާ ގައުމީ ކެންޑިޑޭޓު އިސްމާއިލް ޒަރިޔަންދު ވިދާޅުވެއްޖެއެވެ.

Advertisement



ޗެނަލް 13ގެ ނިއުސް ޓޯކު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ޒަރިޔަންދު ވަނީ ރައީސް އަބްދުﷲ ޔާމީން އާ އެމްއެމްޕީއާރުސީގެ ޚިޔާނާތާ ގުޅުވާ ޒަރިޔަންދު ކުރިން ދެއްކެވި ވާހަކަތައް ސާފުކޮށްދީފައެވެ.



އެގޮތުން ޒަރިޔަން ވިދާޅުވީ، ދައްކަވާފައި ހުރި ވާހަކަތައް އިދިކޮޅު ފަރާތްތަކުން ޓްވިސްޓުކުރަމުން ގެންދާތީ އަމާޒުކުރި ސުވާލަށް ޖަވާބު ދެއްވަމުން ޒަރިޔަންދު ވިދާޅުވީ، އޭނާ އޭރުވެސް މިހާރުވެސް ކަންކަމުގައި ވާހަކަ ދައްކަވަނީ ވަރަށް ބަލާފައި ކަމަށާ އޭރު ރައީސް ޔާމީންގެ ވާހަކަ ދެއްކެވިއިރު "ތުހުމަތު" މި ބަސް ބޭނުންކޮށްފައިވާނެ ކަމަށެވެ. އަދި އޭގެ ފަހުން ހަމަ އެކަމާ ގުޅިގެން އިތުރު ޓްވީޓެއްވެސް ކޮށްފައިވާނެ ކަމަށާ އެ ޓްވީޓުގައި އެމްއެމްޕީއާރުސީ މައްސަލައިގައާ އަދި ގައުމުގައި އޭރު ކަން ހިނގަމުން ދިޔަ ގޮތުން ރައްޔިތުން، ރައީސް ޔާމީންއަކީ ރަގަޅު ބޭފުޅެކޭ ވަރަށް އަވަހަށް ބުނާނެ ކަމަށް ފެންނަ ކަމަށްވެސް ބުނެފައިވާނެ ކަން ޒަރިޔަންދު ފާހަގަކުރެއްވިއެވެ.



އެހެންކަމުން އެންމެ ޓްވީޓެއްގައި އޮތް ވާހަކައެއްގައި ހިފާ ނުދަމާ ހުރިހާ ޓްވީޓެއްވެސް ބެލުމަށް ޒަރިޔަން ވަނީ ގޮވާލައްވާފައެވެ. ޒަރިޔަންދު ވިދާޅުވީ އެއްވެސް ކަމެއް ހާސިލްކުރުމަށް އަދި ސިޠާސީ ބޭނުމަށްވެސް ދޮގު ހަދައިގެން ކުރިއަށްދާން ބޭނުން ނޫން ކަމަށާ އޭނާއަށް ތާއީދު ކުރާ ބަޔަކު ނަމަވޯޓު ދެއްވުމަށް އެދޭ ކަމަށެވެ.



ޒަރިޔަންދު ވަނީ އޭރުގެ ސަރުކާރުގެ އިސް ބައެއް ބޭފުޅުންނާއި، އޭރުގެ ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންގެ މައްޗަށް ވެސް ތުހުމަތު އޮތް ނަމަވެސް އޭރުގައި ވެސް އަދި މިހާރު ވެސް ހަމައެކަނި އަމާޒުކުރައްވަނީ ޔާމީނަށް އެކަނިކަން ވެސް ފާހަގަކުރައްވާފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved