February 20, 2026
Advertisement
ރައީސް މުއިއްޒު ބާރަށު ދާއިރާގެ މެމްބަރު ޝުޖާއުއާ އެކު
ރައީސް މުއިއްޒު ބާރަށު ދާއިރާގެ މެމްބަރު ޝުޖާއުއާ އެކު / ސޯޝަލް މީޑިއާ

އެމްއެމްޕީއާރުސީގެ މައްސަލަ ބަލާނީތޯ ނުވަތަ ވަގަށް ގޮވަ ގޮވާ ތިބޭނީތޯ: ގައުމީ ކެންޑިޑޭޓު ޒަރިޔަންދު

Mariyam Isaadha
މަރިޔަމް އިސާދާ
Feb 20, 2026, 04:42 PM
މާލެ ސިޓީ

އެމްއެމްޕީއާރުސީގެ މައްސަލަ ނުބަލާ މި ސަރުކާރުން ވަގުތު ފާއިތު ކުރަމުންދާތީ މާލެ ސިޓީ ކައުންސިލްގެ މޭޔަރު ކަމަށް ވާދަކުރާ ގައުމީ ކެންޑިޑޭޓު އިސްމާއިލް ޒަރިޔަންދު ފާޑުވިދާޅުވެއްޖެއެވެ.

Advertisement

ނިމިދިޔަ ސަރުކާރުގައި އެމްއެމްޕީއާރުސީގެ މައްސަލަ ބަލަމުން ފުލުހުން ދިން ނޫސް ކޮންފަރެންސްގެ ވީޑިއޯއެއް ހިއްސާކުރައްވާ ޒަރިޔަންދު އެކްސްގައި ވަނީ ޕޯސްޓެއް ކުރައްވާފައެވެ.

ޒަރިޔަންދުގެ ޕޯސްޓުގައި ވިދާޅުވީ، އެމްއެމްޕީއާރުސީ މައްސަލަ ބެލުމަށް ރިޔާސީ ކޮމިޝަންގެ ޤާނޫނެއް ހަވާލުކޮށް 2018ގެ ސަރުކާރުން 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ މައްސަލަ ބެލުމަށް ޚަރަދުކުރި ކަމަށެވެ.  އަދި އޭނާ ހިއްސާކޮށްފައިވަނީ އޭރު ފުލުހުން ދިން ނިއުސް ކޮންފަރެންސްގެ ވީދިއޯއެއްކަން ހާމަކޮށް ޒަރިޔަންދު ވިދާޅުވެފައިވަނީ މި ސަރުކާރުގައިވެސް އެމްއެމްޕީއާރުސީ މައްސަލައިގައި ވަގަށް ގޮވަގޮވާ ތިބޭނީތޯ ނުވަތަ ވައްކަން ސާބިތުކުރާނީތޯ ކަމަށެވެ.

އެމްއެމްޕީއާރުސީ ޚިޔާނާތުގެ މައްސަލަ ނިންމުމުގެ ބާރު އެމްޑީޕީއަށްވެސް ލިބުނުކަން ވެސް ޒަރިޔަންދުގެ ޕޯސްޓު ނިންމަވާލައްވަމުން ފާހަގަކުރެއްވިއެވެ.

ޒަރިޔަންދު މިފަދައިން ވިދާޅުވެފައިވާއިރު، މި ސަރުކާރުންވެސް އެމްއެމްޕީއާރުސީ މައްސަލަ ބަލާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވި ނަމަވެސް، އަދިވެސް އެ މައްސަލައިގައި ކޯޓުގައިވެސް އެހެން ގޮތަކަށްވެސް މައްސަލަ ބަލަމުން ދަނީ ރައީސް އަބްދުﷲ ޔާމީންގެ އެކަނިއެވެ. އެވެސް އިޖުރާއަތްތަކާ ޚިލާފަށެވެ. އެހެނީ އެއް މައްސަލައެއްގައި އެކެއްގެ މައްޗަށް ތަފާތު ދައުވާތަކެއް ނުއުފުލޭނެކަން ސާފުކޮށް އެނގެން އޮތުމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved