April 18, 2026
Advertisement
ޕީއެންއެފް ޖަލްސާގެ ތެރެއިން ރައީސް ޔާމީން
ޕީއެންއެފް ޖަލްސާގެ ތެރެއިން ރައީސް ޔާމީން / ތޭރަ އޮންލައިން

ޤާނޫނު އަސާސީއިން އެއް މާއްދާ އުނިކުރީ ޤާނޫނު އަސާސީއާއި ޖުޑީޝަރީއާ ކުޅުމުގެ ބާރުދޭން: ރައީސް ޔާމީން

Mariyam Ibrahim
މަރިޔަމް އިބްރާހިމް
Jul 7, 2025, 03:40 AM
މާލެ ސިޓީ

ޤާނޫނު އަސާސީއިން އެއް މާއްދާ އުނިކުރީ ޤާނޫނު އަސާސީއާއި ޖުޑީޝަރީއާއި ކުޅުމުގެ ބާރުދޭން ކަމުގައި ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ.

Advertisement

ޕީއެންއެފްގެ ފްރޮންޓް އޮފީހުގައި ބޭއްވި ޖަލްސާގައި އާދީއްތަ ދުވަހުގެރޭ ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ، 2008 އަހަރު އެކުލަވާލައިފައިވާ ޤާނޫނު އަސާސީ އިން މިހާރު އުނި ކޮށްފައި އޮތް މާއްދާއަކީ ޤާނޫނު އަސާސީއިން ބާރު ކަނޑުވާލަން މަސައްކަތް ކުރާ މީހަކީ އެންމެ ބޮޑަށް ކުއްވެރިވާ މީހާކަމުގައެވެ. އެހެން ނަމަވެސް މިހާރު އެ މާއްދާ ނެތް ކަމަށްވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

ރައީސް ޔާމީން ވިދާޅުވީ ޤާނޫނު އަސާސީން އެ މާއްދާ އުނިކުރުމުން ޤަބޫލު ކުރެވެނީ ޤާނޫނު އަސާސީއާއި ޖުޑީޝަރީއާއި ކުޅުމުގެ ޖާގަ ދީފައި ވާކަމެވެ.

ޤާނޫނު އަސާސީގެ ކަސްޑޯޑިއަން އަކީ ޖުޑީޝަރީ އިނގޭތޯ އެއީ ޤާނޫނު އަސާސީން ފައިސްލާކުރުން ނޫނީ ޤާނޫނު އަސާސީގެ މާނަ ތައާރަޒްވެގެން އުޅޭކަމެއްގެ މާނަ ދިނުން މިކަންކަން މިކުރަނީ ކޮންސްޓިޓިއުޝަނަލް ކޯޓަކުން ހައިކޯޓު ނޫނިއްޔާ ސްޕްރިމް ކޯޓުން ކުރާނީ، އެހެންވީމާ ޤާނޫނު އަސާސީގަ ހަޤީގަތުގަ ޤާނޫނު އަސާސީއަށް ބާރުދޭ ނޫނީ ޤާނޫނު އަސާސީ ބާރު ނެތިގެން ދާއިރު ޤާނޫނު އަސާސީ ދެމެހެއްޓުމުގެ އެންމެ ފަހުބަސް ބުނެ ފައިސަލާ ކުރަން އޮންނަތަނަކީ ދުސްތޫރީކޯޓުތައް ދެކޯޓު ހައިކޯޓާއި ސްޕްކިމްކޯޓު

ރައީސް ޔާމީން

ރައީސް ޔާމީން ވިދާޅުވީ ޤާނޫނު އަސާސީގެ ބަލަދުވެރިއަކީ ޖުޑީޝަރީ ކަމުގައި ވީއިރު ޤާނޫނު އަސާސީގެ ބާރު ނެތިގެން ދާއިރު ފަހުބަސް ބުނާ ފަރާތަކީ ދުސްތޫރީ ދެކޯޓު ކަމުގައެވެ. އެހެން ކަމުން މިކަންކަމަކީ ރައީސަކު ކުރައްވަން ޖެހޭ ކަމެއް ނޫން ކަމަށެވެ. އެއީ ކަނޑައެޅިގެން ޤާނޫނާއި ހިލާފުވުން ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ ކުރީގެ ޤާނޫން އަސާސީ އިން އެމާއްދާ އުނިކުރުމުގެ ހަޤީގީ މާނައަކީ ޤާނޫނު އަސާސާއާއި ކުޅުމުގެ ބާރު ދިނުން ކަމަށެވެ. އެހެން ނޫން ނަމަ އެމާއްދާއަކީ އޮންނަން ޖެހޭ މާއްދާއެއް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ މިއޮއްހާ ދުވަހު ރާއްޖެ ހިގީ ހަމަ އެމާއްދާޔާއި ވެސް އެކުގައި ކަމަށާއި، އެހެންކަމުން އެމާއްދާ ނަގައިގެން ނުވާނެ ކަމަށެވެ.

ރައީސް ޔާމީން ވިދާޅުވީ ޤާނޫނު އަސާސީގެ ބާރު ކަނޑުވާލަން މަސައްކަތް ކުރުމުގެ މާނައަކީ މުޅި ރާއްޖޭގެ ބާރު ކަނޑުވާލުން ކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved