theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
ސަރުކާރަށް 19 މަސްވީއިރުވެސް ކުރީސަރުކާރު ނޫންއެއްޗެއްނުކިޔޭ، މިހާތަނަށް ވައްކަން ކުރުންނޫންކަމެއް ނުކުރޭ! / ތޭރަގްރެފިކްސް
ރިޕޯޓު
ސަރުކާރަށް 19 މަސްވީއިރުވެސް ކުރީސަރުކާރު ނޫންއެއްޗެއްނުކިޔޭ، މިހާތަނަށް ވައްކަން ކުރުންނޫންކަމެއް ނުކުރޭ!
Mariyam Isaadha
މަރިޔަމް އިސާދާ
07 ޖުލައި 2025
މާލެ ސިޓީ

ނިމި ދިޔަ ފަސް އަހަރުގައި ގައުމުގެ ވެރިންގެ ކިބައިން ފެނިގެން ދިޔައީ ވަރަށްވެސް ޒިންމާދާރުކަން ކުޑަ އަމަލުތަކެކެވެ.

އެގޮތުން އިލެކްޝަން ކޮމިޝަންގައި ހުރި މީހަކު ހުޅުވާލަދިން ކުޑަދޮރަކުން ވަދެ އިންޑިއާގެ އެހީތެރިކަމާ އެކު 2018 ގައި ވަގަށް ނެގި ވެރިކަމާ އެކު މުޅި ގައުމު ހިތަކަށް ލިބުމުން ރައްޔިތުންގެ ކަންކަމަށް އިހުމާލުވެ ތިމަތިމާމެންގެ އަންބޮނޑި ބޮޑުކުރުމުގައި މެކުހަށް ޖެހިއެވެ. ބިޔަ ބޮޑު ބަޖެޓުތައް ހުސްކޮށް ދެން ފެށީ ކުރީ ސަރުކާރުން ކަންކަން ކޮށްފައި ހުރި ގޮތން ރައްޔިތުންނަށް ޚިދުމަތްކޮށްދިނުމުގައި އުނދަގޫ ވަނީ ކަމަށް ބުނެ ބަހަނާ ދައްކަންށެވެ.

އެކަންކަމާ ގުޅިގެން އޭރުގެ އިދިކޮޅުގައި ތިބެ ޕީއެންސީގެ ވެރިން ގެންދިޔައީ ނުހަނު ބޮޑަށް އެކަންކަން ކުށްވެރިކުރަމުންނެވެ. އަދި ކުރީ ސަރުކާރާ ކަންކަން ޖާމިނުނުކޮށް ވެރިކަން ކުރަން ނޭނގޭ ނަމަ އިސްތިއުފާދީފައި ރައިސް އިބްރާހިމު ގެއަސް ވަޑައިގެންނެވުމަށްވެސް އެތައް ފަހަރަކު ގޮވާލިއެވެ.

2023 ގެ ރިޔާސީ އިންތިހާބުގެ ތެރޭގައި ވެސް ޕީއެންސީއިން އެންމެ ބޮޑަށް ދެއްކި އެއް ވާހަަކއަކީ އެމްޑީޕީއަށް ގައުމު ހިންގަން ނޭނގުމުގެ ނަތީޖާއަކީ ގައުމުގައި ދަރަނި އިންތިހާއަށް ބޮޑު ރައްޔިތުންނަށް އެކަމުގެ ސަބަބުން ކުރާ ނޭނދެވޭ އަސރެވެ. އެގޮތުން އިންވެސްޓަރުންގެ އިތުބާރު ރާއްޖެއަށް ގެއްލި ތަރައްގީގެ މަޝްރޫއުތައް ގައުމުގައި ހުއްޓިފައިވާކަން ވެް ފާހަގަކުރިއެވެ. އަދި އެކަންކަމުން ގައުމު ސަލާމަތްކޮށް އަރަނީގައި ގައުމު ހިންގޭނީ ޕިއެންސީއަށް ވެރިކަން ލިބިގެން ކަމަށް އޭރު ދައުވާ ކުރިއެވެ.

ލިބިފައިވާ ނިކަން ކުލަ ގަދަ ފެހި ސިގްނަލްތަކާއެކު ރައްޔިތުންނަށް އުފާވެރިކަން ގެެނސްދޭނެކަމުގެ ވައުދާ ގައުމުގެ މިނިވަންކަން ހިމާޔަތްކޮށް އަލުވެތިކަމުން ސަލާމަތްކުރުމުގެ ވައުދުތައް ފަދަ ވައުދުތަކުން ރައްޔިތުންނަށް ގެނުވި އުއްމީދާއެކު ވެރިކަން ފުރޮޅާލީ ރައްޔިތުންގެ ބާރުންނެވެ.

ދެން ކަންވީ ކިހިނަކުންތޯއެވެ؟ އާދޭހެވެ. ދުރަތަމަ ކޮޅު ހީވީ ހަމަ އެހެން ފަދަ ކަމެއް ހެންނެވެ. ތިމަންނަމެން ކުޑަޔަސް ބުލީއެއް ނުކުރެވޭނެއޭ ތިމަންނަ މެންނަށް ގައުމު ހިންގޭނެއޭ ކިޔާ ރައްޔިތުންނަށް ދެއްކީ ދަޅަތަކެކެވެ.

ވެރިކަމުގެ ހުރިހާ ބާރެއްހެން މުށުތެރެއަށް ލެވުމުން ދެން ފެންނަން ފެށީ ވެރިންގެ އަސްލު ސިފައެވެ. އަބްދުﷲ ޝާހިދުއަށް ފާޑުކީ މީހުން ހަމަ އެ އުސޫލުން ރައްޔިތުންގެ ފައިސާގައި ދުނިޔެ ވަށާ ބުރުޖަހަން ފެށިއެވެ. ޗައިނާއާ ތުރުކީއާ ދުބާއީއާ ސިންގަޕޫރާ މިހެން ގޮސް ކިޔާފައި ނުކިޔާނެ ތަނެއް ނެތެވެ. ނަމަވެސް އެނބުރި އައީ ހުސް އަތާއެވެ.

ދައުލަތުގެ ބަޖެޓު މިހެން ތަޅާ ބުރުއްސުމަށްފަހު ދެން އަނެއްކާވެސް މި އަޑު އިވެނީ އެ ރޯޅި ކުރީ ސަރުކާރަށް ބާލަން ފެށި އަޑެވެ. ގައުމުގެ ދަރަނި އިންތިހާކަމަށް ބުނެ އެކި ކަންކޮޅުތަކުގެ ހުރި ތަރައްގީގެ މަޝްރޫއުތައް ހުއްޓާލީ، ސިޔާސީ މުވައްޒަފުންނަށް މުސާރަ ނުދެވިދާނެތީއެވެ. އެކަން ކަނޑާލީ ކުރީ ސަރުކާރު ބޮލަށެވެ. އެގޮތުން ބުނަމުން ދިޔައީ މާބޮޑެތި އަގުގައި އެވޯޑުކޮށްފައި ހުރީ ކަމަށެވެ.

ރާއްޖެއަށް ތަރައްގީގެ މަޝްރޫއުތަކުގެ އިންގިލާބެއް ގެންނާނެ ކަމަށްބުނެ މެޑަލް ޖަހަމުން އައިސް 19 މަސްވީއިރު އަމިއްލަ ސަރުކާރުގެ ވެރިންނަށް ކުރެވުނީ ވައްކަން އެކަންޏެވެ. ރިބަންކޮޅެއް ކަނޑަންނާ ކަނޑަނީ ކުރި ސަރުކާރުގެ މަޝްރޫއެއްގައެވެ. ނުވީތާކަށް ކުރީ ސަރުކާރުން އަދި އަމާ ބުނީތީ ފަރަށްދާ އުސޫލުން ނަމަވެސް ފަށާފައިހުރި ޕްރޮޖެކްޓުތައް ހުއްޓިފައެވެ. ގައުމުގައި ތަރައްގީގެ މަޝްރޫއެއް ކުރިއަށްދާ ހިސާބެއް ނެތެވެ.

ސަރުކާރަށް 19 މަސްވެގެން ދިޔައިރު ދައުލަތުގެ ކުންފުނިތައް މެދުވެރިކޮށް ރައީސް މުއިއްޒުގެ ސަރުކާރުން ބޮޑެތި އަދަދުން ވައްކަންތައް ކޮށްފައިވާކަމަށް އަޑުތައް ފެތުރިފައިވެއެވެ. ރައީސް މުއިއްޒުގެ ބަިއވެރިވުން އެކަމުގައި ނެތްކަން ހާމަކުރުމަށް ބައެއް ވެރިން މަގާމުތަކުން ދުރުކުރި ނަމަވެސް މިކަމުގައި ރައީސް މުއިއްޒުގެ ފުރިހަމަ ބައިވެރިވުން އޮތްކަން ހާމަވާފަދަ ހެކި އެ ބޭފުޅުންގެ އަތުގައި ހުރެ ރައީސް މުއިއްޒު ކޮމްޕްރޮމައިޒުވެ އެއިން ބޭފުޅަކާ މެދު ފިޔަވަޅު އަޅަން ވެސް ވަނީ ނުކުޅެދިފައެވެ.

ގައުމުގެ ކަންކަން ކުރީ ސަރުކާރުން މަޝްރޫޢުތައް ހުއްޓާ، ސިޔާސީ ވަޒީފާތައް އިތުރުކޮށް، ކުންފުނިތައް ބަނގުރޫޓުކޮށް، މުޅި ރާއްޖޭގެ އިގްތިޞާދީ ހާލަތު އަނދަވަޅަކަށް ވައްޓާލުމުން އެކަންކަން ރަނގަޅު ކުރަން އައި ވެރިން ވެސް މި ފެންނަނީ އެ ޒާތައް އުޅުއްވާ މަންޒަރެވެ.، އާދެ، ކުރީ ސަރުކާރަށް އަދިވެސް އެއްޗެހި ކިޔައެވެ. އެކަމެއް ބަދަލެއް ނުވެއެވެ. އެެއްޗެހި ކިޔާފައި ކޮންމެ ފަހަރަކު ކުރީ ސަރުކާރު ބޮލަށް ކަނޑާލިޔަސް ކަންކަން ހައްލެއް ނުވާނެއެވެ.

ވެރިކަމުގައި 19 މަސްދުވަސްވެއްޖެއެވެ. ކުރީ ސަރުކާރު ބޮލަށް ފޫޅު ކެނޑުން ހުއްޓޭނީ ކޮން އިރަކުބާއެވެ؟ ވައްކަން ކުރުން ހުއްޓާލާ ރައްޔިތުންނަށް ފައިދާ ހުރިކަމެއްގެ ފެހި ސިގްނަލެއް ސަރުކާރުން ދޭނީ ކޮންއިރަކުބާއެވެ؟

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved