theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް / ވެލާނާ އެއާޕޯޓް
ހަބަރު
އާ ޓާމިނަލް ހުޅުވާ ރަސްމިއްޔާތުގައި ހަވާ އަރުވަން ސަހްޔޫނީންގެ ސަޕޯޓަރުންނަށް ދިންކަމުގެ ރިޕޯޓެއް!
Qudhrathullah Ameen
ގުދުރަތުﷲ އަމީން
07 ޖުލައި 2025
މާލެ ސިޓީ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ އާ ޓާމިނަލް ހުޅުވާ ރޭ ހަވާ އެރުވުމުގެ މަސައްކަތް ކުރުމަށް ހަވާލުކޮށްފައިވަނީ ސަހްޔޫނީންނަށް މާލީ އެހީތެރިކަން ފޯރުކޮށްދޭ ކުންފުންޏަކަށް ކަމަށް ބުނާ ހަބަރެއް ރާއްޖެއެމްވީން ގެނެސްދީފި އެވެ.

މި ހަބަރުގައި ވާ ގޮތުން އާ ޓާމިނަލް ހުޅުވަން ހަވާ އެރުވުމަށް ހަވާލުކޮށްފައި ވަނީ 5 މިލިއަން ޕައުންޑަށެވެ. އަދި ހަވާ އަރުވަން ހަވާލުކޮށްފައި ވަނީ ބަނާނާ ސްޕްލިޓް ކިޔާ ކުންފުންޏަކާ އެވެ. އެ ކުންފުންޏަކީ ލަންޑަންގައި ބޭސްކޮށްފައިވާ ލަގްޒަރީ އިވެންޓް އަދި ލަގްޒަރީ ވެޑިން ޕްލޭނާއެކެވެ. އެ ކުންފުންނަކީ ބައިނަލްއަޤުވާމީ ގޮތުން ހަރަކާތްތެރިވާ ކުންފުންޏެކެވެ.

ރާއްޖެއެމްވީގެ ތުހުމަތު ދޮގުކޮށް އެމްއޭސީއެލް އިން މިރޭ ނެރުނު ބަޔާނެއްގައި ބުނީ އިޒުރޭލަށް އެހީތެރިކަން ފޯރުކޮށްދޭ އެއްވެސް ކުންފުންޏަކާ އެކު އެއްވެސް މުއާމަލާތެއް އެ ކުންފުނިން ނުކުރާނެ ކަމަށެެވެ.

ވަކިން ހާއްސަކޮށް، ރާއްޖެ ޓީވީން އެމްއޭސީއެލް ބަދުނާމުވާ މޭރުމަކުން ދައުރުކުރަމުން ގެންދާ ވީޑިއޯގައި ތުހުމަތުކުރާ އެއްވެސް ކަމެއް މި ކުންފުނިން ކުރަމުން ނުގެންދާ ކަމުގެ ފުރިހަމަ ޔަގީންކަށް ތިޔަ އެންމެހައި ފަރާތްތަކަށް އަރުވަމެވެ

- ބަޔާނުގައި ބުންޏެވެ.

ވީއައިއޭ ހުޅުވުމުގެ އެންމެ ފަހުގެ ތައްޔާރީތައް ވަމުން އަންނައިރު، މި މަހުގެ 26 ގައި ފާހަގަކުރާ މިނިވަން ދުވަހު، އާ ޓާމިނަލް ރަސްމީކޮށް ހުޅުވަން އެމްއޭސީއެލް ވަނީ ނިންމައިފަ އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމަށް ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި މަސައްކަތް ފެށީވެސް ސައުދީ ފަންޑު ފޯ ޑިވަލޮޕްމެންޓް އެސްއެފްޑީ އިން 100 މިލިއަން ޑޮލަރުގެ ލޯނެއް ނަގައިގެންނެވެ.

މި މިޝްރޫއަކީ ރައީސް ޔާމީންގެ ތަރައްގީގެ ތަސައްވުރުގެ ތެރެއިން އެ ކަމުގެ ފުރިހަމަކަން ދައްކުވައިދީ އިގްތިސާދީ އެތައް ފައިދާއަކާ ގުޅިގެންދާނެ ކަމެއްގެ ގޮތުގައިކަން ފާހަގަކޮށްލެވެ އެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
Zakiyya, vee kihineh?