March 14, 2026
Advertisement
ނަބީހު އާ ނަރީޝް
ނަބީހު އާ ނަރީޝް / ސޯޝަލް މީޑިއާ

ޔޫތު އެޑްވައިޒަރ ނަރީޝުގެ ކޮއްކޮ ނަބީހު ހިމެނޭހެން ދެ މީހެއްގެ މައްޗަށް ބޮޑު ދަރަންޏެއް ސާބިތުވެއްޖެ

Mariyam Isaadha
މަރިޔަމް އިސާދާ
Jul 8, 2025, 08:44 PM
މާލެ ސިޓީ

މިސަރުކާރުގެ ޔޫތު އެޑްވައިޒަރު އަހުމަދު ނަރީޝުގެ ކޮއްކޮ، އާރުޑީސީގެ ޑީއެމްޑީ މުހައްމަދު ނަބީހު ހިމެނޭހެން ދެ މީހެއްގެ މައްޗަށް ބޮޑު ދަރަންޏެއް ސާބިތުވެއްޖެއެވެ.

Advertisement

ނަބީހު އަފީފާއި އިތުރު މީހެއްގެ މައްޗަށް ނުވަ ލައްކައެއްހާ ރުފިޔާ ދައްކަން ސިވިލް ކޯޓުން ހުކުމް ކުރީ ނަބީހު އާއި ގއ. ކޮލަމާފުށީ އިތުރު މީހެއްގެ މައްޗަށް ޑީބްލޫ ޕްރައިވެޓް ލިމިޓެޑުން ދައުވާއަކާ ގުޅިގެންނެވެ.

އެގޮތުން އެ ދެ މީހުން ކުއްޔަށް ހިފާފައިވާ ކެފޭއަކަށް ދެ އަހަރަށް ވުރެ ގިނަ ދުވަސް ވަންދެން ކުލި ނުދައްކާ ކަމަށް ބުނެ، ކުލީގެ ގޮތުގައި 880,000ރ. އާއި ޝަރީއަތުގެ ހަރަދުގެ ގޮތުގައި 15,000ރ. ހޯދުމަށް ޑީބްލޫ ޕްރައިވެޓް ލިމިޓެޑުން ވަނީ ދައުވާކުރުމުން ސިވިލް ކޯޓުން އެ ދެ މީހުންގެ ޣައިރު ހާޒިރުގައި އަންގާރަ ދުވަހު ކުރި ހުކުމުގައިވަނީ އެ ފައިސާ އެ ދެ މީހުން ދައްކަން ޖެހޭކަން ސާބިތުވާތީ 8 ޖުލައި 2025 އިން ފެށިގެން 14 ދުވަސް ތެރޭގައި އެ ފައިސާ ދައްކަން އަންގާ ކަމަށެވެ.

އެ ދެ މީހުންގެ ޣައިރު ހާޒިރުގައި ހުކުމްކުރީ އެ މައްސަލާގައި އެ މީހުންގެ ފަރާތުން ދިފާއުއެއް ހުށަހަޅާފައި ނުވާތީ ކަމަށް ހުކުމުގައިވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved