March 14, 2026
Advertisement
-
- / ސޯޝަލް މީޑިއާ

ރައީސް ޔާމީންގެ ދިފާއީ ހެކިންނަށް ވަޒީރުކަމުގެ މަގާމު ދީފައި މުއިއްޒު ބުނީ ވަކި މީހަކަށް ވަކި ގޮތެއް ނުހަދާ ކަމަށް!

Mariyam Isaadha
މަރިޔަމް އިސާދާ
Nov 15, 2025, 07:47 PM
މާލެ ސިޓީ

ރައީސް އަބްދުﷲ ޔާމީންގެ ދިފާއީ ހެކިންނަށް ވަޒީރުކަމުގެ މަގާމު ދިނުމަށް ފަހު، ވަކި މީހަކަށް ވަކި ގޮތެއް ނުހަދާ ކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

Advertisement

ޕީވީސީ ޕާޓީއިން ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ ޖުޑީޝިއަރީއަށް އަތް ނުބާނާ ކަމަށާ ޖުޑިޝިއަރީ ދަނީ މިނިވަންކޮށް ހިނގަމުން ކަމަށެވެ. އަދި ސިޔާސީ ގޮތުން އެއްވެސް މީހަކު ދެ އަހަރު ތެރޭ ހައްޔަރުކޮށްފައި ނުވާނެ ކަމަށާ ސިޔާސީ ގޮތުން ބަދަލުވެސް ނުހިފާނެ ކަމަށެވެ.

ނަމަވެސް ގާނޫނީ ގޮތުން މީހަކަށް މެދު ގޮތެއް ނިމިގެން ދިއުމަކީ އެއީ އެމަނިކުފާނަށް އޭގެ ދިފާއުގައި ކަމެއް ކުރެވޭނެ ހާލަތެއް ނޫން ކަމަށް ވިދާޅުވެފައިވެއެވެ. ހަމަ އެހެންމެ މިހާރު ޖަލުތަކުގައި ސިޔާސީ މީހުންނަށް ޚާއްސަކޮށްފައި ހުރި ގޮޅިތައް ވެސް ހުންނަނީ ހުހަށް ކަމަށާ ޕްރިޒަންސްގެ މުވައްޒަފުން ގެންދަނީ އެ ގޮޅިތައް ފޮޅާ ސާފުކޮށް ބަަހައްޓަމުން ކަމަށް ވެސް ރައީސް މުއިއްޒު ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން ވަކި މީހަކަށް ވަކި ގޮތެް ނުހައްދަވާނެ ކަމަށާ ކަން ހިނގާނީ ކަން ހިނގަން އޮންނަ މަގުން ކަމަށް ވިދާޅުވެފައިވެއެވެ.

ރައީސް މުއިއްޒު މިފަދައިން ވިދާޅުވެފައިވާއިރު، ރައީސް ޔާމީންގެ މައްޗަށް ރ. ފުއްގިރި ކުއްޔަށް ދޫކުރި މައްސަލައިގައި ދައުލަތުން އުފުލާފައި ދައުވާތަކުގައި އެމަނިކުފާނުގެ ދިފާއީ ހެކިންގެ ގޮތުގައި ތިބި އަހުމަދު ނަރީޝްއާ ޝުއާއުﷲ ސައީދަށް މި ސަރުކާރުގެ އިސް މަގާމުތަކެއް ދީ ވަނީ ރައީސް ޔާމީނާ އެއްކޮޅަށް ހެކި ބަސް ނުދިނުމަށް އަންގާފައެވެ. އަދި ހެކި ބަސް ދޭން އޮރް އަޑުއެހުމުގެ ކުރީ ރޭ އެ ދެމީހުން ލަންކާއަށްވެސް ފުރުވާލީ މި ސަރުކާރުންނެވެ.

މީގެ އިތުރުން ތިލަ އުތުރު އެވޯޑްސް ހަފްލާ ޝަރަފުވެރިކޮށްދެއްވުމަށް ރައީސް ޔާމީނަށް ވަޑައިނުގެންނެވޭނެހެން ސީދާ ކުރިމިނަލް ކޯޓުގެ ޣާޒީއަށް ނުފޫޒު ފޯރުވައިގެން އަޑު އެހުމެއް ވެސް އެ ދުވަހަށް ތާވަލްކޮށް އަދި އަޑު އެހުމަށް ރައީސް ޔާމީން ހާޒިރުނުވެ ކޯޓަށް ފިއްލެވީ ކަމަށް އަޑު އަރުވާ އެމަނިކުފާނާ މެދު ފިޔަވަޅު އަޅުވަން ވެސް ސަރުކާރުން ނުފޫޒު ފޯރުވާފައިވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved