March 14, 2026
Advertisement
ރައީސް ޔާމީން
ރައީސް ޔާމީން / ތޭރަ އޮންލައިން

ނަރީޝް އާ މުއިއްޒަކީ އެއް ގަލުން ފެހިކާ ދެ ރޮނޑު: ރައީސް ޔާމީން

Mariyam Isaadha
މަރިޔަމް އިސާދާ
Jul 14, 2025, 03:24 AM
މާލެ ސިޓީ

ރައީސް ޑރ މުހައްމަދު މުއިއްޒާ އަދުގެ ޔޫތު މިނިސްޓްރީގެ އެޑްވައިޒަރ އަހުމަދު ނަރީޝްއަކީ އެއް ޒާތެއްގެ ދެ ބޭފުޅުން ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

Advertisement

އާދިއްތަ ދުވަހުގެރޭ ޕީއެންއެފުން ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، މިއަދު ނަރީޝްއަށް މަގާމު ލިބި އެ މަގާމުގެ ދިފާއުގައި މަތި މައްޗަށް އެމަނިކުފާނު ޖަލަށްލާނެ ކަމަށް ބުނަމުންދާއިރު އެމްޑީޕީއެކޭ ޕީއެންސީއެކޭ މިއަދު ތަފާތެއް ނެތް ކަމަށެވެ.

ރައީސް ޔާމީން ވިދާާޅުވީ، ސިޓީ ކައުންސިލްގައި ތިބެގެން ރައީސް މުއިއްޒާ ނަރީޝް ގުޅިގެން އެތައް ވައްކަމެއްކޮށް ބިންތައް ވިއްކާފައިވާ ކަމަށާ އެ ސިއްރު ފޮރުވަން ގްރީނު ބިލްޑިންއަށް ހެދި ގޮތް ރައްޔިތުންނަށް ސާފުވެފައިވާ ކަމަށެވެ.

ރައީސް ޔާމީން ވިދާޅުވި ނަރީޝް ޓީވީ ޕްރޮގްރާމުއަކަށް އަރާ އެ ހާމަކޮށްދިނީ ރައީސް މުއިއްޒު ޖުޑިޝިއަރީއަށް ނުފޫޒު ފޯރުވާކަމުގެ ހަގީގަތް ކަމަށާ އަދި ނަރީޝް އަމިއްލައަށް އެ ބުނީ ނަރީޝްގެ ބޮސްއަށް ތާއީދު ނެތް ވާހަކަކަން ކަމަށްވެސް ރައީސް ޔާމީން ވިދާޅުވިއެވެ.

ނަރީޝް އަމިއްލައަށް އެ ބުނީ ނަރީޝްގެ ބޮސްއަށް ތާއީދު ނެތް ވާހަކަ. ނަރީޝް އާ މުއިއްޒަކީ އެއް ގަލުން ފެހިކާ ދެ ރޮނޑު. ނަރީޝް ދައްކާ ހުރިހާ ވާހަކަ އެންމެން ގަބޫލުކުރާނެކަމަށް ހީކޮށްގެން ނުވާނެ

ރައީސް ޔާމީން

މީގެ އިތުރުން ވާދަވެރި އިންތިހާބެއްގައި އެމަނިިކުފާނާ ވާދަކޮށްލަން ރާއްޖޭގެ ސިޔާސީ ވެރިންނަށް ނުކެރި އެމަނިކުފާނު ޖަލަށް ލީ ނަމަވެސް އެމަނިކުފާނުގެ މައްޗަށް ﷲގެ ރަހުމަތުން އެކުށް ސާބިތުނުވާނެ ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވިއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved