theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
އައްޔަކަސް، އަނދިރިއަކަސް އެންމެ ރަގަޅޭ ބުނެ ތިބެވޭކަށް ނެތެވެ. / ތޭރަގްރެފިކްސް
ރިޕޯޓު
އައްޔަކަސް، އަނދިރިއަކަސް އެންމެ ރަގަޅޭ ބުނެ ތިބެވޭކަށް ނެތެވެ.
Mariyam Isaadha
މަރިޔަމް އިސާދާ
02 ޖުލައި 2025
މާލެ ސިޓީ

ގައުމުގެ ޒައާމަތު ރައްޔިތުން ފަސް އަހަރުގެ ދައުރަކަށް ރައީސުލްޖުމްހޫރިއްޔާއެއް އިންތިޚާބުކޮށް މަސްއޫލިއްޔަތުތަކެއް ހަވާލުކުރަނީ ވެރިން ހިތުހުރި ދުވަހަކުން ރައްޔިތުންނަށް ކަންކަން ކޮށްދޭކަށް ނޫނެވެ.

ތިމަންނާނެ ވެރިކަމުގައި ތިބީ ހެދި އެއްޗެއް ހެދިގެން ތިބެންށޭ ޖެހޭނީ ބުނެ އެހެންކަމުން ފުއްދާނުލެވޭނެއެވެ. އެހެނީ އެއީ ރައްޔިތުންގެ ޒިންމާ ބޮލުގައި އެޅިގެން ތިބީމައެވެ. އަދި އެވެރިން އެތިބެނީ ރައްޔިތުންގެ ޓެކްސް ފައިސާއިން ބޮޑު މުސާރަ ނަގައިގެން ކަމަށްވެސް ވީމައެވެ. އެއީ ރައްޔިތުންގެ ޚާދިމުންނެވެ.

ރައްޔިތުންގެ ޑިމާންޑާ އެއްވަރަށް ސަރުކާރަށް ސަޕްލައި ކޮށްނުދެވޭ ނަމަ ފާޑުކިޔާނެއެވެ. އަދި އަމުދުން ވައުދުތަކެއްވެ ވަކި މުއްދަތެއްގެ ތެރޭގައި އެ ވައުދުތައް ފުއްދާނަމޭ ބުނެ ނުފުއްދިވާނަމަ އެކަންކަން ހަނދާންކޮށްދޭނެއެވެ. އެހެންނޭ ކިޔާ އަދި ކަންކަން ނުވެ ނެތެއްނުންހޭ ސަރުކާރު ޖަޖް ކުރައްވަންޏާ 2028ގެ ރިޔާސީ އިންތިހާބަށް މިގައުމު ކުރިމަތިލާއިރު އެމަނިކުފާނު ވެވަޑައިގަތް ވައުދުތައް ފުއްދަވައިފައިވާ، މިންވަރަށް ރިޢާޔަތްކުރަން އަދި މަޑުކޮށްލައްވާށޭ އެޑްވައިޒަރުންނާ އެއްޗެހި ވިދާޅުވާ ވިދާޅުވުމަކީ ދެރަވަރުގެ ދެރަ ފެންވަރުގެ ވާހަކަތަކެކެވެ.

ދައުރުގެ މުއްދަތު ހަމަވަންދެން ކެތްކޮށްލައްވާށޭ ވިދާޅުވާއިރު ދައުރުގެ މިހާ ހިސާބަށް އަންނައިރު ފުއްދިފައި ހުންނާނެ ކަމަށް ވިދާޅުވި ވައުދުތައް އަދިވެސް މަތާރަން ފިލާމަތީގައި ވައުދުނާމާގައި ހިރަފުސް އަރައަރާ އޮންނަ ނަމަ އެ ވާހަކަ ރައްޔިތުން ދައްކާނެއެވެ.

ވެރިކަންކުރަން އެހާ ޝައުގުވެރިވާނަމަ 2028 އަށް ތައްޔާރުވާށޭ ވިދާޅުވާއިރު ވެރިކަމުގެ ބޫތު ސިކުނޑި ތެރޭގައި ތިބީ ތިބޭފުޅުންގެ ކަން ނިކަން ރަގަޅަށް ރައްޔިތުން ދަނެއެވެ. އެހެނީ ފުރަތަމަ ދައުރު ދެބައި ނުވަނީސް، އެ ދައުރުގެ އެ މުއްދަތުގައި ފުރިހަމަ ކުރާނެ ކަމަށްވީ ވައުދު ނުފުއްދާ ތިބެ ދެވަނަ ދައުރެއްގެ ވާހަކަ ދައްކަނީ ވެސް ހަމަ ތިޔަ އެޑްވައިޒަރުންތައް ކަމަށްވާތީއެވެ.

ފިތުނަ އުފައްދާ ގައުމު ހަލަބޮލި ކުރުމުކުން ރައްޔިތަކަށް ގައުމަށް ލިބޭނެ މޮޅެއްނެތޭ ބުނާއިރު އިދިކޮޅުން ސަރުކާރު ޒިންމާދާރު ކުރުވަން ކުރާ މަސައްކަތް ފިތުނައިގެ ގޮތުގައި ސިފަކުރުމަކީ ހަޖަމްކުރުމުގެ ބައި ދައްކަމުގެ ހެއްކެކެވެ. ހަޖަމް ހަޖަމް ކިޔަމުން ވެރިކަމަށް އައިސް ކަންކަން ހަޖަމް ނުވުމަކީ ބޮޑު ޖޯކެކެވެ.

އިންޑިއާ ސިފައިން ބާލާނާމޭ ބުނެ އައިސް އެމީހުންގެ ގަންޖު ފަރާސް ބޭލީމާ ރައްޔިތުން އެ ވާހަކަ ދައްކާނެއެވެ. އިންޑިއާއެކު އެމްޑީޕީ ސަރުކާރުން ވެފައިވާ ގޮތް ނޭނގޭ އެއްބަސްވުންތައް ދައްކާނާމޭ ބުނެ ވެރިކަމަށް އައިސް އުނބަށް ޖެހީމާ ރައްޔިތުން ފާޑުކިޔާނެއެވެ. ޑޮލަރު އަގު ހިފަހައްޓާނެ ކަމަށް ބުނެ އައިސް ޑޮލަރުގެ އަގު އަތުފަތު ނުޖެހި މަތީގައި ހަރުލާފައި ހުރިއްޔާ އެ ވާހަކަ ރައްޔިތުން ގޮވާނެއެވެ. އިގްތިސޯދު ރަގަޅުކޮށް ދަރަނި ދައްކާނެ ފެހި ސިގްނަލް ލިބިފައޭ ހުރީ ބުނެ ވެރިކަމަށް އައިސް ދަރަނި ނުދެއްކި ގައުމުގެ ކްރެޑިޓު ރޭޓިންއަށް ކުރިއެރުން ނުލިބުމުން ރައްޔިތުން ހޯބޯ ލަވާނެއެވެ. ސިޔާސީ މުވައްޒަފުން މަދުވާނެ ކަމަށް ބުނެ އައިސް ސިޔާސީ މުވައްޒަފުންގެ އަދަދު ހާމަކުރަން ޖެހިލުންވަންޏާ އެ ވާހަކަ ރައްޔިތުން ފާހަގަކުރާނެއެވެ. ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރަނީ ސިޔާސީ ދައުވާތަކެއް ކަމަށް ބުނެ އެކަންކަން ނިމުމަކަށް ގެންނާނެ ކަމަށް ބުނެ އައިސް، އެ މައްސަލަ ރިވިއުއަށް ލުމުން ޕީޖީއަށް ނުފޫޒުފޯރުވާ މައްސަލަ ރިވިއު ނުކުރުމުން ރައްޔިތުން ރުޅި ބާލާނެއެވެ.

އެހެންކަމުން ރައީސް މުއިއްޒުގެ ރިޔާސީ ދައުރުގެ ބާކީ މުއްދަތު އޮތުމުންނޭ ކިޔާ، އައްޔަކަސް އަނދިރިޔަކަސް ހެޔޮވެގެން އަހަރުމެން ނުތިބޭނަމެވެ. އެޑްވައިޒަރު މުސާރައާ މަގާމުގެ ދަހިވެތިކަމުގައި ކަންކަމުގައި ނަފްސު ވިއްކާލިޔަސްމެއެވެ. އެޅިހާ ބަތަކަށް ރިހަ އެޅި ޒަމާން ހިނގައްޖެއެވެ. ދެންވެސް މޮޅެތި ސްޓޭޓަސްތައް ނުޖަހާ ވައުދު ފުއްދަން ރައީސް މީހާއަށް ސަލާ އަރުވާށެވެ.

އަހަރުމެން އަހަރުމެންގެ ގައުމު ޣަރަގުވެގެންދާން ފުރުސަތެއް ނުދޭނަމެވެ. އެއީ މުހައްމަދަކަސް އަނދިރިއަކަސް ވިޔަސްވެސްއެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved