March 10, 2026
Advertisement
ނަރީޝު އިސްވެ ހުރެ ވަޖީހު ވަކިކުރީ ގޯސްކޮށްކަމަށް ކަނޑައަޅައިފި
ނަރީޝު އިސްވެ ހުރެ ވަޖީހު ވަކިކުރީ ގޯސްކޮށްކަމަށް ކަނޑައަޅައިފި / ތޭރަގްރެފިކްސް

ނަރީޝު އިސްވެ ހުރެ ވަޖީހު ވަކިކުރީ ގޯސްކޮށްކަމަށް ކަނޑައަޅައިފި

Jan 4, 2026, 12:51 AM
މާލެ ސިޓީ

މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރުކަމުގައި ހުރެ މިއަދު ޔޫތު މިނިސްޓަރުގެ އެޑްވައިޒަރު އަހުމަދު ނަރީޝު، މާލޭ ސިޓީގެ އޭރުގެ ސެކެރެޓަރީ ޖެނެރަލް މަގާމުން ދުރުކުރީ ގޯސްކޮށްކަމަށް ކަނޑައަޅައިފިއެވެ.

Advertisement

ވަޒިފާއާ ބެހޭ ޓްރައިބިއުނަލް އިން އެ ނިންމުން ނިންމާ މިދިޔަ ބުދަ ދުވަހު ވަނީ ވަޖީހު މަގާމުން ވަކިކުރީ ވަޒީފާއާބެހޭ ގާނޫނުގެ ދަށުން މުވައްޒަފަކު ވަކިކުރަން ޖެހޭ މައުޟޫއީ އަދުލުވެރިކަން ގާއިމް ނުކޮށް ކަމަށް ބުނެފައެވެ.

ވަޖީހު މަގާމުން ވަކިކުރީ މާލޭ ސިޓީ ކައުންސިލުން އެކިއެކި ފަރާތްތަކަށް ނުދައްކައި އޮތް 240 މިލިއަނަށްވުރެ ގިނަ ރުފިޔާ، އުސޫލުތަކުގެ ބޭރުން ދެއްކުމަށް އޭނާ ދެކޮޅު ހެއްދެވުމުން، ނަރީޝްގެ ހުށަހެޅުމަކަށް ރައީސް މުހައްމަދު މުއިއްޒަށް ތާއީދު ކުރާ ކައުންސިލަރުންގެ ވޯޓާއެކު އޮގަސްޓް 15، 2024ގައިއެވެ.

ވަޖީހުގެ ކޮންޓްރެކްޓްގެ މުއްދަތު ހަމަވުމުގެ ކުރިން މަގާމުން ވަކިކޮށްފައިވާތީ އޭނާއަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި، އޭނާ މަގާމުން ވަކިކުރި ދުވަހުން ފެށިގެން، އޭނާ އައު ވަޒީފާއެއް އަދާކުރަން ފެށި ދުވަހާ ހަމައަށް މުސާރައާއި އިނާޔަތްތައް ދިނުމަށް ޓްރައިބިއުނަލުން ވަނީ އަންގާފައެވެ.

އައު ވަޒީފާއެއް ލިބުނު ދުވަހާއި ހަމައަށް ނަސީރަށް ނަގައިދީފައިވަނީ 239،026 ރުފިޔާއެވެ. މި ފައިސާ ބަންދު ނޫން 30 ދުވަހުގެ ތެރޭގައި އޭނާއަށް ދެއްކުމަށް ވަނީ އަންގައިފައެވެ.


ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved