February 26, 2026
Advertisement
ނ. ފޮއްދޫ، ޔާގޫތުގޭ، ހުސައިން ޝާމް
ނ. ފޮއްދޫ، ޔާގޫތުގޭ، ހުސައިން ޝާމް / ފެނަކަ

ފެނަކަ ބޯޑުގެ ޗެއަރމަންގެ މަޤާމަށްޝާމް

Qudhrathullah Ameen
ގުދުރަތުﷲ އަމީން
Jul 9, 2025, 05:15 PM
މާލެ ސިޓީ

ފެނަކަ ކޯޕަރޭޝަންގެ ޗެއާމަނަކަށް ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ނ. ފޮއްދޫ، ޔާގޫތުގޭ، ހުސައިން ޝާމް އާދަމް މިއަދު އައްޔަނުކުރައްވައިފި އެވެ.

Advertisement

ފެނަކައިން ބުނީ، ޝާމް އެ ކުންފުނީގެ ޗެއާމަންގެ މަގާމަށް ވަޑައިގަތުމަކީ އެ ކުންފުންޏަށް ލިބުނު އިތުރު ކުރިއެރުމެއް ކަމަށެވެ. އެ ކުންފުނިން ވަނީ ޝާމަށް ވަރަށް ހޫނު މަރުހަބާއެއް ކިޔައިފަ އެވެ

މި ސަރުކާރުން ވެރިކަމާ ހަވާލުވުމަށް ފަހު ޝާމް ފުރަތަމަ އައްޔަނުކުރީ ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމަށެވެ. ރައީސް އޮފީހުގެ ވެބްސައިޓުން ދައްކާގޮތުގައި އޭނާ އަދިވެސް ހުންނެވީ އެ މަގާމުގަ އެވެ.

ފެނަކައިގެ ޗެއާމަންގެ މަގާމުގައި އެންމެ ފަހުން ހުންނެވީ އެސްޓީއޯގެ އެމްޑީ ޝިމާދު އިބްރާހިމް އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved