

އިސްތަށިގަނޑުގައި ކަޅު ކުލަ ޖެއްސުމަކީ ހުއްދަ ކަމެއް ކަމަށް ރާއްޖޭގެ އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުން ނިންމައިފި އެވެ.
ދިވެހިންގެ ތެރޭގައި ބޮޑަށް ގަބޫލުކުރެވިފައި އޮންނަނީ، ބޮލުގައި ކަޅުކުލަ ޖެއްސުމަކީ ކޮށްގެންނުވާނެ ކަމެއްގެ ގޮތުގަ އެވެ. އެކަމަކު ފަތުވާ މަޖިލީހުން އިއްޔެ އާއްމު ކުރި ފަތުވާގައި ބުނެފައިވަނީ އެ މައްސަލައިގައި މައިގަނޑު ދެ ރައުޔެއް އޮންނަ ކަމަށާއި އެ ދެ ރައުޔު ވެސް ބިނާވެފައި އޮންނަނީ ދަލީލުތަކުގެ މައްޗަށް ކަމަށެވެ.
ދީނީ ގޮތުން އަލަށް ފެންމަތިވާ ކަންކަމާއި ހިޔާލު ތަފާތުވުން އުފެދިފައި ހުންނަ ކަންކަމުގައި މީގެކުރިން ވެސް އެ މަޖިލީހުން ފަތުވާތައް ނެރެފައިވެ އެވެ.