March 23, 2026
Advertisement
އިންޑިއާގެ ގުޖުރާތު ސްޓޭޓުގައި ކޯރެއްގެ މަތީގައި އަޅައިފައި އޮތް ބުރިޖެއް ވެއްޓުން
އިންޑިއާގެ ގުޖުރާތު ސްޓޭޓުގައި ކޯރެއްގެ މަތީގައި އަޅައިފައި އޮތް ބުރިޖެއް ވެއްޓުން / އަލްޖަޒީރާ

އިންޑިއާގެ ގުޖުރާތުގައި ބުރިޖެއް ވެއްޓި، ނުވަ މީހަކު މަރުވެއްޖެ

Qudhrathullah Ameen
ގުދުރަތުﷲ އަމީން
Jul 10, 2025, 05:24 PM
މާލެ ސިޓީ

އިންޑިއާގެ ގުޖުރާތު ސަރަހައްދުގައި ކޯރެއްގެ ހުރަސް ކުރުމަށް ފަސޭހަކޮށްދިނުމަށް އަޅައިފައި އޮތް ބުރިޖެއް ވެއްޓި ނުވަ މީހަކު މަރުވެއްޖެ އެވެ.

Advertisement

އިންޑިއާގެ ނޫސްތަކުން އިއްޔެ ކޮށްފައިވާ ރިޕޯޓްތަކުގައި ވަނީ ވެއްޓިފައިވަނީ އިންޑިއާގެ ހުޅަނގުގެ ގުޖުރާތު ސްޓޭޓްގައި ކޯރެއްގެ މަތިން އަޅާފައިވާ ބްރިޖެކެވެ. މި ހާދިސާގައި 9 މީހަކު މަރުވެފައިވާ ކަމަށް އެގައުމުގެ ފުލުހުންނާއި ހަވާލާދީ ރިޕޯޓްތަކުން ވަނީ ބުނެފަ އެވެ.

އެ ސްޓޭޓްގެ ވަޑޯދަރާ ޑިސްޓްރިކްޓްގައި އޮންނަ އެ ބުރިޖަކީ 1985 ވަނަ އަހަރު ހަދައި ބޭނުންކުރަމުން އަންނަ ބްރިޖެކެވެ.

އިންޑިއާގެ އުމްރާނީ ވަސީލަތްތަކަކީ އާންމުކޮށް ސަލަމާތީ ކަންކަން ދަށް ތަންތަނަށް ވެފައިވާއިރު، ހައިވޭތަކާއި ބްރިޖްތަކުގައި ހިތާމަވެރި އެތައް ހާދިސާއެއް ހިނގާފައިވެ އެވެ.

މި އަހަރުގެ މިހާތަނަށް އިންޑިއާގައި ބްރިޖް ވެއްޓުމުގެ ހާދިސާތަކުގައި މަރުވި މީހުންގެ އަދަދު 50 މައްޗަށް އަރައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved