theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
މާފަންނު ސަހަރާގައި ބައިބަލާ ކުޅޭ ތަނެއް ހަދާފައި.-- ފޮޓޯ: ނާޖިހު ދީދީ / ފޭސްބުކް
ހަބަރު
ގަބުރުސްތާނުގައި ޕާކު ހެދުން ހުއްދަ ނުވާނެ: ފަތުވާ
Qudhrathullah Ameen
ގުދުރަތުﷲ އަމީން
10 ޖުލައި 2025
މާލެ ސިޓީ

މާލޭގެ ބައެއް ބޮޑެތި ސަހަރާތަކުގައި ވަޅުލާފައިވާ މީހުންގެ ކަށިތައް ނަގައި, ބިންތައް ސާފުކޮށް, ޕާކާއި ކުޅިވަރުކުޅޭ ތަންތަން ހަދަން ފެށި ފަހުން އެއީ ހުއްދަ ނޫން ކަމެއް ކަމަށް ދިވެހި ރާއްޖޭގެ އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުން ނިންމައިފި އެވެ.

ފަތުވާ މަޖިލީހުން މިދިޔަ މަހުގެ 24 ވަނަ ދުވަހު ފާސްކުރި "މުސްލިމުންގެ ގަބުރުސްތާނުތައް އުވާލުމުގެ ހުކުމް" މިއަދު ވަނީ އެ މަޖިލީހުގެ ވެބްސައިޓުގައި އާންމުކޮށްފަ އެވެ.

ގުރުއާނުގެ ބައެއް އާޔަތްތަކާ ހަވާލާދީ އެ ފަތުވާގައި ބުނެފައި ވަނީ، އިސްލާމްދީނުގައި އާދަމްގެފާނުގެ ދަރީން، މާތްﷲ އުފެއްދެވި ގިނަ މަހުލޫގުތަކުންގެ މައްޗަށް މާތްކުރައްވައި މަތިވެރިކުރައްވާފައިވާ ކަމަށެވެ. އެ މަތިވެރިކަމަކީ މުސްލިމު އަޚާ ދިރިހުރުމާ ގުޅިފައިވާ ކަމެއް ނޫން ކަމަށާއި އަދި މަރުވުމަށް ފަހު ވެސް އެ އިހުތިރާމު ދެމިއޮންނަކަން ރަސޫލާ (ސއވ)ގެ ހަދީސްތަކުން އެނގޭ ކަމަށެވެ.

ގަބުރުސްތާނު ކޮނެގެން ކަށިތައް ނަގައި، އެހެން ތަނަކަށް ބަދަލުކުރުމަކީ ވަޅުލެވިފައިވާ މީސްތަކުންގެ ހުރުމަތް ކެނޑޭ ކަމެއްކަން އެކި ހަދީސްތަކުން ދޭހަވާ ކަމަށް ފަތުވާގައި ބުންޏެވެ.

ދަލީލުތަކާ ހަވާލާދީ ފަތުވާ މަޖިލީހުގެ ނިންމުމުގައި ބުނެފައިވަނީ މިއީ އިސްލާމީ ޝަރީޢަތުގައި ގިނަގުނަ ވަޢީދުގެ ބަސްފުޅުތައް ވާރިދުވެފައިވާ ކަމަކަށްވާއިރު، ކުޅިވަރުކުޅޭ ތަންތަނާއި ހިތްފަސޭހަ މައިޒާންފަދަ ތަންތަން ހެދުމަށް މުސްލިމުންގެ ޤަބުރުސްތާނުތައް އުވާލުން ނުވަތަ ނެގުން ހުއްދައެއް ނުވާނެ ކަމަށެވެ.

އަދި އަލްއިމާމުއްނަވަވީ އާއި އެފަދަ ބޮޑެތި ގިނަ އިލްމުވެރިން، އިންދިރާސްވެފައިވާ ގަބުރުސްތާނުތަކުގެ ބޭނުން އާއްމު މަސްލަހަތު ހުރި ހެޔޮ ކަންކަމުގައި، އިސްވެ ދިޔަ ޝަރުތުތަކާ އެކު ކުރުމަކީ ހުއްދަ ކަމެއް ކަމުގައި ވިދާޅުވެފައިވޭ،

- ފަތުވާ

ފަތުވާ މަޖިލީހުން މިފަދަ ފަތުވާއެއް ނެރެފައި މިވަނީ މާފަންނު ސަހަރާގެ ބޮޑު ބައިގައި ޕާކަކާއި ބާސްކެޓު ކޯޓެއް އަޅަން ނިންމައި އެ މަސައްކަތް ކުރަމުން ދަނިކޮށެވެ.

މާފަންނު ސަހަރާގެ 36،153 އަކަފޫޓުގެ ސަރަހައްދު ހުސްކުރަން ސިޓީ ކައުންސިލުން ނިންމީ އޯގަސްޓު 27، 2019 ގަ އެވެ. އެ މަސައްކަތް ފެށީ މިދިޔަ އަހަރުގެ ފަހުކޮޅެވެ.

ސިޓީ ކައުންސިލުން އާންމުކުރި ޕްލޭނުގައި ބުނެފައިވަނީ މާފަންނު ސަހަރާ ހުރި ސަރަހައްދު ތަރައްގީ ކުރަނީ "މާފަންނު މައިޒާން" ގެ ނަމުގައި ކަމަށެވެ. މި ޕްލޭން ފާސްކުރީ ސިޓީ ކައުންސިލްގެ ހަތަރު ވަނަ ދައުރުގެ 195 ވަނަ ޖަލްސާގައި ބައިވެރިވި ކައުންސިލަރުން އިއްތިފާގުންނެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved