March 23, 2026
Advertisement
ޕީއެންއެފްއާ އަލަށް ގުޅުނު މީހުންގެ ފޯމުތައް ހަވާލުކުރަނީ.
ޕީއެންއެފްއާ އަލަށް ގުޅުނު މީހުންގެ ފޯމުތައް ހަވާލުކުރަނީ. / ޝަފްރާޒް | ތޭރަ އިމޭޖްސް

ރައީސް ޔާމީންގެ ޕާޓީއާ އަނެއްކާވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުން ގިނަބަޔަކު ގުޅިއްޖެ

Mariyam Isaadha
މަރިޔަމް އިސާދާ
Feb 23, 2024, 03:06 AM
މާލެ ސިޓީ

ރައީސް އަބްދުﷲ ޔާމީންގެ ޕާޓީއާ އަނެއްކާވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުން ގިނަބަޔަކު ގުޅިއްޖެއެވެ.

Advertisement

ދަ ފްރޮންޓު އޮފީހުގައި ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ޖަލްސާއެއްގެ ތެރެއިން މި ފޮޟްތަކާ ހަވާލުވެވަޑައިގެންނެވީ ރައީސް ޔާމީންއެވެ.

ރައީސް ޔާމީންގެ ޕާޓީ، ޕީޕަލްސް ނެޝަނަލް ފްރޮންޓު (ޕީއެންއެފް)އާ އަލަށް ގިނަ ބަޔަކު ގުޅުނު ދާއިރާތަކުގެ ތެރޭގައި އދ. ދަނގެތި އަދި ގދ. ފަރެސް މާތޮޑާއެވެ. މީގެ އިތުރުން ވަކި ވަކި ފަރުދުންގެ ފޮތުގައި ޒުވާނުންވެސް ވަނީ އެ ޕާޓީއާ ގުޅިފައެވެ.

އޭގެ ތެރެއިން ޒުވާނަކު ހާމަކުރި ގޮތުގައި ގައުމަށް ފައިދާ ހުރ ފިކުރަކީ ރައީސް ޔާމީންގެ ފިކުރުކަމުގައިވުމުން އެނޫން ޗޮއިސެއް ސިޔާސީ މަސްރަހުގައި ނެތް ކަމަށެވެ.

ޕީއެންއެފާ އަލަށް ގުޅެމުން ގިނަ އަދަދެއް މެމްބަރުން ގެންދާއިރު ރައީސް ޔާމީންގެ ފިކުރަކީ މި ގައުމަށް އެންމެ ފައިދާހުރި ފިކުރުކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ. އެކަން ތާރީހުން ފެންނަން އެބައޮތް ކަމަށާ ރައީސް ޔާމީން ގެނެސްދެއްވި ތަރައްގީއަކީ އެކަމުގެ ހެކި ކަމަށް ވެސް ދަނީ ބުނަމުންނެވެ.

ރައީސް ޔާމީން ޕީޕީއެމުން ނިކުމެ ވަޑައިގެން އައު ސިޔާސީ ޕާޓީއެއް އުފެއްދެވުމުގެ މަސައްކަތްޕުޅު ފައްޓަވާފައިވަނީ ޕީޕީއެމްގެ ރައީސްގެ ގޮތުގައި އެމަނިކުފާނު ހުންނެވި ނަމަވެސް ޕާޓީ ހިންގެވުމަށް އެމަނިކުފާނަށް ތަފާތު ފިއްތުންތައް ކުރިމަތިވުމުގެ ސަބަބުންނެވެ. އަދި ހަމައެހެންމެ ޕާޓީގެ ލީޑަޝިޕުން ރައީސް ޔާމިނަށް ދުރަށް ޖެހިވަޑައިގެން ޕާޓީ ހިންގުމަށް ފުރުސަތު ނުދެއްވުމާއި ގުޅިގެންނެވެ.

އެމަނިކުފާނު އުފައްދަވަން މަސައްކަތްޕުޅު ކުރައްވާ ޕީއެންއެފް ވެގެންދާނީ ހުރިހާ ގޮތަކުން ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރު ދިފާއުކޮށް ހިމާޔަތްކުރާނެ ޕާޓީއަކަށް ކަމަށާއި ޕާޓީގެ މަގްސަދަކީ މިނިވަންކަމާއި އެކު ރައީސް ޔާމީނުގެ ފިކުރު ކުރިއަރުވާ ސަރުކާރަށް އެއްބާރުލުން ދިނުންކަމަށް އެ ޕާޓީ އުފެއްދެވުމުގައި އިސްކޮށް ހަރަކާތްތެރިވާ ބޭފުޅުން ގެންދަވަނީ ބުނަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved