ސަރުކާރަށް އިތުބާރު ދަމަހައްޓަން ބޭނުންނަމަ ވެރިންނަކީ އިހުތިރާމުކުރަން އެނގޭ ބަޔަކަށް ވާން ޖެހޭނެކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހަށް އެމަނިކުފާނުގެ ތާއީދާއެކު ނުކުންނަވާ ކެންޑިޑޭޓުން ތައާރަފުކުރުމަށް ދަ ފްރޮންޓު އޮފީހުގައި ބާއްވަމުން ގެންދަވާ ސިލްސިލާ ޖަލްސާތަކުގެ ތެރެއިން ބުރާސްފަތި ދުވަހުގެ ޖަލްސާގައި ކެންޑިޑޭޓަކަށް އަމާޒުލކުރެއްވި ސުވާލެއްގެ ތެރެއިން ރައިސް ޔާމީން ވަނީ މި ސަރުކާރުން އަމަލު ކުރައްވަމުން ގެންދަވާ ބައެއް ކަންކމާ މެދު ހިތްޕުޅާ ނުވާކަން ދޭހަވާ ފަދަ މޭރުމަކުން ވާހަކަ ދައްކަވާފައެވެ.
އެގޮތުން ރާއްޖޭގައި އޮންނަނީ ތިން ބާރު ވަކިވެފައިވާ ރިޔާސީ ނިޒާމެއް ކަމަށްވާއިރު އެއް ބާރުން އަނެއް ބާރުގެ ނިންމުންތަކަށް، ގާނޫނާ ހިލާފު ނުވާ ހާ ހިނދަކު އިހްތިރާމު އަދާކުރަން ވާނެ ކަމަށް ވިދާޅުވެފައެވެ.
އެގޮތުން ރައީސް ޔާމީން ވަނީ މިހާރު އޮތް ސަރުކާރުން މަޖިލީހަށް އިހުތިރާމު ނުކުރާކަން ފާހަގަކުރައްވާ އެކަމަށް ނުރުހުން އަމާޒުކުރައްވާފައެވެ.
މި ސަރުކާރުން ގާނޫނު ހަދާ މަޖިލީހަށް އިހުތިރާމު ކުރާ ތަނެއް ނުފެނޭ. ސަރުކާރަށް އިތުބާރު ދަމަހައްޓަން ބޭނުންނަމަ ސަރުކާރުން ވާނެ އެހެން ބާރުތަކަށް އިހުތިރާމު އަދާކުރަން
ރައީސް ޔާމީން ވަނީ މަޖިލީހުގެ މެޖޯރިޓީ ސަރުކާރަށް ނުލިބުނަސް ވެރިކަން ކުރަން އެނގިއްޖެ ނަމަ ރައްޔިތުންނަށް ފައިދާ ކުރުވަނިވި ނަފާވާ ވެރިކަމެއް ކުރެވޭނެކަމަށެވެ.