April 23, 2026
Advertisement
ޒަކަރިއްޔާ
ޒަކަރިއްޔާ / ސޯޝަލް މީޑިއާ

ޒަކަރިއްޔާ ގެ ޑިންގީ ކަނޑުގެ 10 މީޓަރު އަޑިން ފެނިއްޖެ

Mariyam Ibrahim
މަރިޔަމް އިބްރާހިމް
Jul 12, 2025, 09:51 PM
މާލެ ސިޓީ

ބުރާސްފަތި ދުވަހު ގދ. ގައްދޫން ފުރައިގެން އެ އަތޮޅު ގަމަށް، ކުޑަ ޑިންގީއެއްގައި ކަނޑަށް ނުކުމެ އުޅެނިކޮށް ގެއްލިގެން ހޯދަމުން އަންނަ އެ ރަށު، ކޯޒީރައުންޑް, ޒަކަރިއްޔާ މުޙައްމަދު, ދަތުރުކުރި ޑިންގީ ކަނޑުގެ 10 މީޓަރު އަޑިން ފެނިއްޖެއެވެ.

Advertisement


އެމްއެންޑީއެފުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ 79 އަހަރުގެ ޒަކަރިއްޔާ ހޯދުމުގެ އޮޕަރޭޝަންގައި މިއަދު ހެނދުނު ދެވަނަ ޑައިވެއް ކުރި ކަމަށާއި އެ ޑައިވްގައި ގައްދުއާއި ގަމުގެ ދެމެދުން އޮންނަ ކަނޑުއޮޅީގެ 10 މީޓަރު އަޑިން ޑިންގީ ފެނިފައިވާ ކަމަށެވެ.


ނަމަވެސް ޒަކަރިއްޔާ އަދިވެސް ފެނިފައި ނުވާތީ، އޭނާ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފާއި ފުލުހުން ގެންދަނީ ކުރަމުންނެވެ.

ފުލުހުން މީގެ ކުރިން ބުނީ ޒަކަރިއްޔާ ގައްދޫން ފުރީ ބުރާސްފަތި ދުވަހު ހެނދުނު 09:30 ހާއިރު ކަމަށާއި، އޭނާގެ ހިލަމެއް ނުވެގެން ފުލުހަށް އެ ކަމުގެ ރިޕޯޓު ލިބިފައިވަނީ އެ ދުވަހު ހަވީރު 17:05ގައި ކަމަށެވެ.

ޒަކަރިއްޔާ ހޯދުމަށް ކަނޑުމަގުން 2307.99 އަކަ ނޯޓިކަލް މޭލު އަދި ވައިގެމަގުން 3039.68 އަކަ ނޯޓިކަލް މޭލުގެ ބޮޑު ސަރަހައްދެއް ކޯސްޓްގާޑުން މިހާރު ވަނީ ބަލައިފައެވެ.

ޒަކަރިއްޔާ އެންމެ ފަހުން ފެނުނު އިރު، ލައިގެން ހުރީ ނޫ ކުލައިގެ ޓީޝާޓަކާއި ކަޅު ސޯޓެކެވެ. ދަތުރުކުރަމުން ދިޔަ ޑިންގީއަކީ ނޫކުލައިގެ ބާރިފަށެއް ދަމާފައިވާ ހުދުކުލައިގެ ޑިންގީއެއްކަމަށް ވެސް އެމްއެންޑީއެފުން ބުނެފައިވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved