April 29, 2026
Advertisement
މާފުށި ޖަލު
މާފުށި ޖަލު / ފޭސްބުކް

ޖަލުގައި މަރުވި މީހާގެ މަރުގެ އިންކުއަރީ އެއް ހަދަނީ

Mariyam Isaadha
މަރިޔަމް އިސާދާ
Jun 6, 2025, 05:45 PM
މާލެ ސިޓީ

މާފުށީ ޖަލުގައި ގައިދީއަކު ނިޔާވި ގޮތް ބެލުމުގެ މަސައްކަތް ނޭޝަނަލް އިންޓެގްރީޓީ ކޮމިޝަނުން ބަލަން ފަށައިފިއެވެ.

Advertisement

މަސްތުވާތަކެތީ މައްސަލައެއްގައި 25 އަހަރު ދުވަހުގެ ޖަލު ހުކުމް ތަންފީޒުކުރަމުން ދިޔަ މޫސާ ހަސަން (45އ), ނ. މާފަރު / ހިތްފަސޭހަގެ މަރުވެފައިވަނީ، މިދިޔަ އޭޕްރިލް މަހު އެމަޖަންސީ ހާލަތުގައި މާލޭ ގެނެސް އައިޖީއެމްއެޗްގައި އެޑްމިޓްކޮށް، ފަރުވާ ދެމުން ދަނިކޮށް ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

އޭނާ މަރުވީ ހިތް ހުއްޓިގެން ކަމަށްވެއެވެ.

މިކަމާ ގުޅިގެން އިންކުއަރީއެއް ހަދަން ނިންމާ އިންޓަގްރިޓީ ކޮމިޝަނުން ބުނެފައި ވަނީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށުގައި ހުރި ގައިދީއަކަށް 28 އޭޕްރީލް ވަނަ ދުވަހު އެމަޖެންސީ ހާލަތެއް މެދުވެރިވުމުގެ ސަބަބުން އައިޖީއެމްއެޗް ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެނިކޮށް ޖޫން 4 ވަނަ ދުވަހުގެ ރޭ 23:45 ހާއިރު ނިޔާވެފައި ވާ ކަމުގެ މައުލޫމާތު ލިބުމާއި ގުޅިގެން އެކަން ހިނގާދިޔަ ގޮތް ދެނެގަތުމަށް ކޮމިޝަނުގެ ކުއްލި ހާލަތުގައި އިޖާބަދޭ ޓީމުން ހަރާކާތްތެރި ވަމުން ދާ ކަމަށެވެ.

މިގޮތަށް މި ކޮމިޝަނުން ނިންމާފައިވާއިރު، ކަރެކްޝަންސް އިން ބުނީ އޭނާ މަރުވި މައްސަލަ ފުލުހުންނާއި އާއިލާ އާއި އިންސްޕެކްޓާ އޮފް ކަރެކްޝަނަލް ސާވިސް އާއި ހިއުމަން ރައިޓްސް ކޮމިޝަނާއި ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް ވެސް އަންގާފައިވާނެ ކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved