April 22, 2026
Advertisement
ޑރ. ޖަމީލު ޕީއެންއެފް ޖަލްސާގައި
ޑރ. ޖަމީލު ޕީއެންއެފް ޖަލްސާގައި / ތޭރަ އޮންލައިން

ވަގުންގެ ރާއްޖެ - ޕީއެންސީގެ ރާއްޖެ: ޑރ. ޖަމީލު

Mariyam Isaadha
މަރިޔަމް އިސާދާ
Jul 13, 2025, 11:23 PM
މާލެ ސިޓީ

މިހާރު މިގައުމަކީ ވަގުންގެ ރާއްޖެއެއްގެ ގޮތުގައި ކުރީގެ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލު އަހުމަދު ސިފަކުރައްވައިފިއެވެ.

Advertisement

ޑރ ޖަމީލު މިފަދައިން ސިފަކުރެއްވީ އެކްސްގައި ކުރެއްވި

އެމީހުންނަކީ އެކަކު އަނެކަކުގެ ރޯލް މޮޑެލްތައް! ފަޒުލުގެ ރޯލް މޮޑެލް މުއިއްޒު. މުއިއްޒުގެ ރޯލް މޮޑެލް ފަޒުލް! ބޮޑު ސޯބު އެނބުރޭ ގޮތަށް ކުޑަ ސޯބުތައް އެނބުރެނީ! ވަގުންގެ ރާއްޖެ- ޕީއެންސީގެ ރާއްޖެ! https://t.co/ngee78Qgvv

— Mohamed Jameel Ahmed (@MJameelAhmed) July 12, 2025 ">ޕޯސްޓެއްގައެވެ.

އެގޮތުން އެޗްޑީސީގެ އެމްޑީކަމުގައި ހުރެ އަމިއްލަ ބޭބެއަށް ހުޅުމާލެއިން ވަގަށް ބިމެއް ދިން މައްސަލައިގައި ސަސްޕެންޑުކުރުމުން އިސްތިއުފާދިން އިބްރާހިމު ފަޒުލް ރަޝީދު، ކޮރަޕްޝަނާ ދެކޮޅު ކަމަށް ބުނާ ޕީއެންސީގެ، ވ. އަތޮޅުގެ ކެމްޕެއިން މެނޭޖަރަކަށް ހަމަ ޖެއްސި ކަމަށްބުނާ ޚަބަރެއް ހިއްސާކުރައްވާ ޑރ ޖަމީލު ވިދާޅުވީ ރައީސް މުއިއްޒާ ފަޒުލްއަކީ އެކަކު އަނެކަކުގެ ރޯލް މޮޑެލްތައް ކަމަށެވެ. އެހެންކަމުން ކުޑަ ސޯބުތައް އެންބުރޭނީ ބޮޑު މައި ސޯބުވެސް އެނބުރޭ ގޮތަށް ކަމަށް ވިދާޅުވެ ޑރ ޖަމީލުގެ ޕޯސްޓު ނިންމަވާލައްވާފައިވަނީ ސްލޯގަން އަކުންނެވެ.

އެގޮތުން "ވަގުންގެ ރާއްޖެ- ޕީއެންސީގެ ރާއްޖެ" މި ސްލޯގަން އިން ޑރ ޖަމީލު އެކްސް ޕޯސްޓު ނިންމަވާލައްވާފައިވާއިރު، ރައީސް ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރަށް ތުހުމަތުވާ ކޮރަޕްޝަން، ވައްކަމުގެ މައްސަލައެއް ތިލަ ނުވާ ދުވަހެއް މިފަހަކަށް އައިސް ފާއިތުވެ ނުދާކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved