
ރައީސް އަބްދުﷲ ޔާމީން ވެރިކަމުގައި ނެތް ނަމަވެސް އެމަނިކުފާނުގެ ޒިކުރާއަކަށް ނިމުމެއް ނެތް ކަމަށް ޕީއެންއެފްގެ ސެކެރެޓަރީ ޖެނެރަލް މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ.
މަލީހު މިފަދައިން ވިދާޅުވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ވެލާނާ އެއާޕޯޓުގެ އައު ޓާމިނަލްގެ މަސައްކަތުގެ ކްރެޑިޓު އަމިއްލަފުޅަށް ނަންގަވާ ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވީ އެހެން އެއްވެސް ސަރުކާރަކުން އެ ޓާމިނަލްގެ އެއްވެސް މަސައްކަތެއް ނުކުރާ ކަމަށެވެ.
ރައީސް މުއިއްޒު މިފަދައިން ވިދާޅުވެފައިވަނިކޮށް މަލީހު އެކްސްގައި ކުރެއްވި ތާރީޚު އެނގި ތިބެ ބަޔަކު ވެރިކަމުގެ ދަހިވެތިކަމުގައި ދޮގު ފެތުރިޔަސް ކަން އޮތީ މިހެން. ވެރިކަމުގައި ނެތަސް ޚިދުމަތުގެ އެ އަގުހުރި ލާސާނީ ޤައުމު އަބަދުވެސް ހަނދާން ކުރާނެ. ތާ އަބަދު ދެމި ހުންނަ ޒިކުރާއަކަށް ނިމުމެއް ނެތް!
އެގޮތުން ރައީސް ޔާމީން ވެރިކަމުން ފޭބިތާ 11 އަހަރާ 7 މަހާ 28 ދުވަސް ފަހަނަ އަޅާ ދިޔައިރުވެސް އެމަނިކުފާނުގެ މުޑުވަކުން ދަނީ ގައުމަށް އެތައް ކުރިއެރުމާ ފައިދާ އަދި ތަރައްގީ ވެސް ލިބެމުންކަން ފާހަގަކުރައްވާ މަލީހު ވިދާޅުވެފައިވަނީ ވީއައިއޭގެ އައު ޓާމިނަލްއަކީ އޭގެ ފުރިހަމަ އެއް ހެކި ކަމަށެވެ.
އެހެންކަމުން ރައީސް ޔާމީން ވެރިކަމުގައި ނެތަސް އެމަނިކުފާނުގެ އެ ޚިދުމަތުގެ އަގުހުރި ލާސާނީ ގައުމު އަބަދުވެސް ހަނދާން ކުރާނެ ކަމަށާ ތާ އަބަދު ދެމި ހުންނަ ޒިކުރާއަކަށް ނިމުމެއް ނެތް ކަމަށްވެސް ވިދާޅުވެފައެވެ.
ބެލެވޭ ގޮތުގައި މަލީހުގެ ރައްދު އަމާޒުކުރެއްވީ ރައީސް މުއިއްޒު މެދު ނުކެނޑި އައުޓާމިނަލްގެ ކްރެޑިޓު އަމިއްލަފުޅަށް ނެންގެވުމަށް ހައްދަވަމުން ގެންދަވާ ދޮގުތަކާ ދެކޮޅަށެވެ.










