

އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ "މަވައްދަތު" ސިލްސިލާގެ 04 ވަނަ ފޯރަމް ހުކުރު ދުވަހުގެ ރޭ ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް އެ ވުޒާރާއިން ހާމަކޮށްފިއެވެ.
ކައިވެންޏާއި ގުޅޭ ކަންކަމަށް ހޭލުންތެރިކަން އިތުުރުކުރުމަށް ބާއްވާ މި ސިލްސިލާ ތަކުގެ ތެރެއިން ހުކުރު ދުވަހުގެ ރޭ އަލިއަޅުވާލުމަށް ހަމަޖެހިފައިވަނީ 'ދެމަފިރިންގެ ޙައްޤުތަކާއި ވާޖިބުތައް' މި މަޢޫޟޫއަށެވެ.
ހަތަރު ވަނަ ފޯރަމް ހުށަހަޅެމަށް ހަމަޖެހިފައިވަނީ އައްޝައިޚް ނިމާލު މުޙައްމަދު، އައްޝައިޚް އަޙްމަދު މަޢުސޫމް އަދި އަލްއުސްތާޛާ ޙައްވާ ލަޠީފްއެވެ.
މީގެ ކުރީގެ ސިލްސިލާތަކުގައި ވާހަކަ ދައްކާފައިވާ މައުޟޫތަކުގެ ތެރޭގައި "ކައިވެނީގެ ކުރިން"، "ކައިވެންޏަށް ތައްޔާރުވުން" އަދި "ކައިވެނި ކުރެވުމާއެކު" މި މައުޟޫތަކަށެވެ.
މި ސިލްސިލާތަކުން ފައިދާ ކުރުވަނިވި މައުލޫމާތުތައް ލިބިގެންދާއިރު، މި ފޯރަމްގައި ގިނަ ފަރާތްތަކުން ބައިވެރިވުމަށް އެ ވުޒާރާއިން އެދިލައްވައެވެ.