May 5, 2026
Advertisement
މޫސުން ގޯސްވެ މާލެ މަގުމައްޗަށް ގަހެއް ވެއްޓިފައި
މޫސުން ގޯސްވެ މާލެ މަގުމައްޗަށް ގަހެއް ވެއްޓިފައި / ޕޮލިސް މީޑިޔާ

މޫސުމަށް ސަމާލުވުމަށް ފުލުހުން އިލްތިމާސްކޮށްފި!

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Jul 18, 2025, 07:00 PM
މާލެ ސިޓީ

ރާއްޖޭގެ އެކި ހިސާބުތަކަށް މިހާރު ކުރަމުންދާ ވިއްސާރައާއި ގުޅިގެން ވައިގަދަވެ އެކި ހާދިސާތަށް ކުރިމަތިވަމުންދާތީ މޫސުމަށް ސަމާލުވުމަށް ފުލުހުން އިލްތިމާސްވެއްޖެއެވެ.

Advertisement

ވިއްސާރައިގެ ސަބަބުން ވައިގަދަވެ މާލޭގެ ބައެއް ސަރަހައްދުތަކުގައި ގަސް ވެއްޓުމާއި، ފުރާޅު އެއްލާލުން ފަދަ ހާދިސާތައް ހިނގާފައިވާތީ ފުލުހުން އަންނަނީ އެ ސަރަހައްދުތަކުގައި ހަރަކާތްތެރިވަމުންނެވެ.

މީގެ އިތުރުން، މޫސުން ގޯސްވެ، ވައިގަދަވާ ވަގުތުތަކުގައި ބޭރުގައި ނޫޅުމަށާއި އަދި އުޅުއްވާނަމަ ޚާއްސަ ސަމަލުކަމެއް ދެއްވުމަށް ފުލުހުން ވަނީ އެދިފައެވެ.

ކަނޑުދަތުރު ކުރައްވާ ބޭފުޅުންވެސް މޫސުމާއި ބެހޭ ފަހުގެ މައުލޫމަތު ހޯދުމާއި މޫސުމީ ސަމާލުތަކާ އެއްގޮތަށް އަމަލުކުރުމަށް ފުލުހުން ވަނީ ބުނެފައެވެ.

މޫސުމަށް ނުބަލާ ދަތުރުކުރުމުގެ ސަބަބުން މީގެ ކުރިންވެސް ވަނީ ހިތާމަވެރި ހާދިސާތަކާއި ކުރިމަތިލާން ޖެހިފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved