March 19, 2026
Advertisement
ވިއްސާރަ ދުވަހެއް
ވިއްސާރަ ދުވަހެއް / ސޯޝަލް މީޑިއާ

މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ނެރުނު ހުދު ސަމާލު ދަންމައިފި

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Jul 18, 2025, 09:37 PM
މާލެ ސިޓީ

ރާއްޖޭގެ ހުރިހާ ހިސާބުތަކަށް އުދަ އަރާނެ ކަމަށް ލަފާކޮށް މެޓް އޮފީހުން މިއަދު ނެރުނު ހުދު ސަމާލު ދަންމައިފިއެވެ.

Advertisement

ކުރިން ނެރެފައިވާ ސަމާލުގައި މެޓުން ހާމަކޮށްފައިވާ ގޮތުގައި ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އަދި ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރު މިނުގައި ވައިޖެހޭނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވާނެ ކަމަށް ވެސް ލަފާކޮށްފައިވެއެވެ.

އޭގެ ފަހުން މެޓް އޮފީހުން ނެރުނު ބަޔާނުގައި ކަނޑުގަދަވެ އުދަ އަރާނެ ކަމަށް ލަފާކޮށްފައިވެއެވެ. ހުދު ސަމާލު ނެރެފައިވަނީ މިއަދު ހަވީރު 15:30 އިން ފެށިގެން ރޭގަނޑު 19:30 އަށެވެ.

މެޓް އޮފީހުން އިތުރަށް ބުނެފައިވާ ގޮތުގައި މެދުރާއްޖެތެރެއާއި އުތުރުގެ އަތޮޅުތަކަށް ރާޅުގެ އުސްމިނުގައި ފަސް ފޫޓާއި ހަތް ފޫޓުގެ ދެމެދުގައި ހުންނާނެ ކަމަށާއި، ދެކުނުގެ އަތޮޅުތަކުގައި ރާޅުގެ އުސްމިނުގައި ތިން ފޫޓާއި ހަ ފޫޓު ހުރުން އެކަށީގެން ވާކަމަށްވެސް ބުނެފައިވެއެވެ.

މޫސުމަށް ރައްކާތެރިވެ، ސަމާލުވެ ތިބުމަށް ކަމާއި ބެހޭ އިދާރާތަކުން އަންނަނީ އިލްތިމާސްކ ކުރަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved