theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
ޕީއެންއެފްގެ އެސްޖީ މަލީހު ޖަމާލު / ތޭރަ އޮންލައިން
ސިޔާސީ
ރައީސް މުއިއްޒުގެ އިކޮނޮމިސްޓުކަމުގައި ޑޮލަރުގެ އަގު ތިރި ވާނީ ދެން އަންނަ ޖީލަކަށް: މަލީހު
Mariyam Isaadha
މަރިޔަމް އިސާދާ
18 ޖުލައި 2025
މާލެ ސިޓީ

ރައީސް މުހައްމަދު މުއިއްޒުގެ އކޮނޮމިސްޓުކަމުގެ ދަށުން ޑޮލަރުގެ އަގު ތިރިވެގެން ދާނެ ކަމަށް ފެންނަނީ ދެން އަންނަ ޖީލަކާ ހަަމައިން ކަމަށް ވިދާޅުވެ ޕީއެންއެފްގެ ސެކެރެޓަރީ ޖެނެރަލް މުހައްމަދު މަލީހު ޖަމާލުގެ ފާޑުކިޔުން ސަރުކާރުގެ ޑޮލަރު އަގު ތިރިކުރުމުގެ ސިޔާސަތަށް އަމާޒުކުރައްވައިފިއެވެ.

ބުރާސްފަތި ދުވަހުގެރޭ ބޭއްވި ޕީއެންއެފްގެ ޖަލްސާގައި ވާހަކަ ދައްކަވަމުން މަލީހު ވިދާޅުވީ ރައީސް މުއިއްޒުގެ އޮޅު ހިޔަލުގެ ގޮތުގައި އޮތް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ތެރެއިން ޕީއެންއެސީގެ ބައެއް މެމްބަރުން، ޚާއްސަކޮށް ތުލުސްދޫ ދާއިރގެ މެމްބަރު އަހުމަދު ނަސީމު ދެކިވަޑައިގަންނަވާ ގޮތުގައި ރައީސް މުއިއްޒަކީ މޮޅު އިކޮނޮމިސްޓެއް ކަމަށޭވެ. އެގޮތުން ޑޮލަރު އަގުވެސް އެންމެ ފުރަތަމަ މައްޗަށް ގޮސްފައި ދެން ތިރިވާނެ ކަމަށާ ޑޮލަރުގެ އަގު ރައީސް މުއިއްޒު ތިރިކުރާ ގޮތަކީ އެއީ ކަމަށެވެ.

މަލީހު ވިދާޅުވީ ޑޮލަރު މާރުގެ ސިޔާސަތު ފެއިލްވެފައިވާ ކަމަށާ ދެން ޑޮލަރުގެ އަގު ތިރިވާ މަންޒަރު ފެނިގެން ދާނީ ފަހަރުގައި ދެން އަންނަ ޖީލަކާ ހަމައިން ކަމަށް ވެދާނެއެވެ.

މަލީހު މިފަދައިން ވިދާޅުވެފައިވާއިރު ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ދިވެހި ރުފިޔާގެ 17 ރުފިޔާގައި ޑޮލަރެއްގެ އަގު ކަޅު ބާޒާރުގައި ހުރި ނަމަވެސް އެމަނިކުފާނުގެ ވެރިކަމުގެ ދެ އަހަރުގެ ތެރޭގައި ވަނީ 20 ރުފިޔާއަށް ޑޮލަރެއްގެ އަގު ކަޅު ބާޒާރުގައި އުފުލިފައެވެ.

ޑޮލަރުގެ އަގު އުފުލެމުން އަންނަ އިރު، ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައި ވަނީ، ސަރުކާރުން ތަންފީޒުކުރަމުންދާ ފިޔަވަޅުތަކާއެކު ޑޮލަރުގެ އަގު ދަށްވަމުން ގޮސް، ރަސްމީ ރޭޓުގައި ޑޮލަރު ލިބެން ފަށާނީ 2027 ގައި ކަމަށެވެ. އަދި މި އަމާޒަށް ވާސިލުވާން އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން ގެންދާނެ ކަމަށް ރައީސް ވިދާޅުވެފައިވެއެވެ.

ޑޮލަރުގެ މައްސަލަ އަށް އޮތް އެއް ހައްލެއް ކަމަށް ބުނެ ސިޔާސީ ބައެއް ފަރާތްތަކުން އަންނަނީ އެމްއެމްއޭގެ ގަވަރުނަރު ހިމެނޭހެން ރައީސް މުއިއްޒުގެ އިސްތިއުފާ އަށް ގޮވަމުންނެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved