theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
ޔޫކޭ ގެ އެއާޝޯ / ސޯޝަލް މީޑިއާ
ދުނިޔެ
އިނގިރޭސިވިލާތުގެ އެއާޝޯގައި ޕީއޭއެފްގެ މަތިންދާބޯޓުތަކަށް ދުނިޔޭގެ ދެ އެވޯޑެއް ލިބިއްޖެ
Mariyam Ibrahim
މަރިޔަމް އިބްރާހިމް
20 ޖުލައި 2025
މާލެ ސިޓީ

އިގިރޭސި ވިލާތުގައި ބޭއްވި ރޯޔަލް އިންޓަނޭޝަނަލް އެއާ ޓެޓޫ (އާރުއައިއޭޓީ) 2025 ގައި ޕާކިސްތާން އެއާފޯސް (ޕީއޭއެފް) ގެ ފަޔަރ ޖެޓްތަކުން ދެ ކެޓަގަރީއަކުން އެންމެ މަތީ އެވޯޑް ހޯދާފައިވާ ކަމަށް ދައުލަތުގެ ޕީޓީވީން ބުނެފި އެވެ.

ޖުލައި 18 އިން 20 އަށް ކުރިއަށްދާ ރިއަޓް އަކީ ދުނިޔޭގެ އެންމެ ބޮޑު އެއް އަސްކަރީ އެއާޝޯ އެވެ.

މިޝޯ އަކީ ވޭތުވެދިޔަ 50  އަހަރަށް ވުރެ ގިނަ ދުވަހު ހިންގަމުން ގެންދާ ޝޯއެއް ކަމަށް ބެލެވެއެވެ.

އިންޓަ ސާވިސަސް ޕަބްލިކް ރިލޭޝަންސް (އައިއެސްޕީއާރު) އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ "އެންމެ ޒަމާނީ ޖޭއެފް-17 ތަންޑަރ ބްލޮކް-III ފަޔަރ އެއާކްރާފްޓާއި ސީ-130 ހަރކިއުލަސް ޓްރާންސްޕޯޓް މަތިންދާބޯޓު ހިމެނޭ ޕީއޭއެފް ކޮންޓިންޖެންޓެއް އިނގިރޭސިވިލާތުގެ ރޯޔަލް އެއާފޯސް ބޭސް ފެއާފޯޑަށް ޖައްސާފައިވާ ކަމަށެވެ.

ޕާކިސްތާނުގެ މި ކާމިޔާބީގެ ސަބަބުން ބައިނަލްއަޤްވާމީ ފެންވަރުގައި ޕާކިސްތާނުގެ އޭވިއޭޝަން ދާއިރާއަށް ވަނީ ޝަރަފުވެރިކަން ލިބިފައެވެ.

ޕީޓީވީން ބުނީ ރިއާޓްގައި ލިބުނު ކާމިޔާބީއަކީ ޕާކިސްތާނުގެ ވައިގެ ސިފައިންގެ ގާބިލްކަން ދެނެގަނެވޭނެ ވަރުގެ ހެއްކެއް ކަމުގައެވެ.

މިހާރު  ކުރިއަށް ދާ މި އިވެންޓަކީ ބައި ގަރުނަށް ވުރެ ގިނަ ދުވަސް ފަހުން ދެކުނު އޭޝިއާގައި ބާއްވާ އެންމެ ބޮޑު އެއާ ޓު އެއާ އެންގޭޖްމަންޓްތަކުގެ ތެރޭގައި ހިމެނޭ އިވެންޓެކެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved