March 21, 2026
Advertisement
ޕީއެންއެފް އިފްތިތާހް ކުރުމަށް ބޭއްވުނު ޖަލްސާ
ޕީއެންއެފް އިފްތިތާހް ކުރުމަށް ބޭއްވުނު ޖަލްސާ / ތޭރަ އޮންލައިން

ޕީއެންއެފްގެ ޖަލްސާއެއް މިރޭ އޮންނާނެ!

Mariyam Isaadha
މަރިޔަމް އިސާދާ
Jul 20, 2025, 07:18 PM
މާލެ ސިޓީ

ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް)ގެ ޖަލްސާއެއް މިރޭ އޮންނާނެ ކަމަށް އެ ޕާޓީއިން ހާމަކޮށްފިއެވެ.

Advertisement

އެ ޕާޓީން ހާމަކުރި ގޮތުގައި ޖަލްސާ އޮންނާނީ މިރޭ ހ. ދޫވެހީގެ ފުރަތަމަ ފަންގިފިލާގައި ހުންނަ އެ ޕާޓީގެ އޮފީހުގައެވެ. ޖަލްސާ ފެށޭނީ މިރޭ 8:45 ގައި ކަމަށް ވެސް އެ ޕާޓީއިން ހާމަކޮށްފައިވެއެވެ.

މިރޭގެ ޖަލްސާގައި ވެސް ރައީސް އަބްދުﷲ ޔާމީން ބައިވެރިވެވަޑައިގެން އިންސާފުކޮށްދެއްވާއިރު އެމަނިކުފާނުގެ ސިޔާސަތު ގަބޫލުކުރައްވާ ބިނާކުރަނިވި ފިކުރަށް ތާއީދުކުރައްވާ ވީހާވެސް ގިނަ ބޭފުޅުން ޖަލްސާގައި ބައިވެރިވުމަކީ ޕީއެންއެފްގެ ވަރަށް ބޮޑު އެދުމެކެވެ.

ޕީއެންއެފްއިން ސިލްސިލާކޮށް ބާއްވަމުންދާ ޖަލްސާތަކުގައި ގައުމަށް ދިމާވެފައިވާ މައްސަލަތައް ފާހަގަކޮށް ސަރުކާރު ބާރުވެެރިކުރުވުމަށް މަސައްކަތް ކުރަމުންދާކަން ފާހަގަކޮށްލެވެއެވެ.

މީގެ އިތުރުން ރައްޔިތުންނަށް ދިމާވާ ގޮންޖެހުންތައް ފާހަގަކޮށް ސަރުކާރުން ހިންގަމުންދާ ނޭދެވޭ އަދި ނުރަނގަޅު ސިޔާސަތުތައް ފާހަގަކޮށް ބިނާކުރަނިވި ފާޑުކިޔުންތައް އަމާޒުކުރެއެވެ.

ގައުމުގެ ކަންކަން ހިނގަމުންދާ ގޮތަށް ބަލާލާ ޖަލްސާތަކުގައި ވާހަކަ ދައްކަނީ ކަމާ ގުޅުންހުރި ތަޖުރިބާ ލިބިފައި ތިއްބެވި ކަމުވޮށިގެން ވާ ބޭފުޅުންނެވެ.

މި ޖަލްސާތަކަށް އާންމުންގެ ބޮޑު ތަރުހީބު ލިބެމުންދާކަންވެސް ފާހަގަކުރެވެއެވެ.

ކޮމެންޓު
ކޮމެންޓްތައު
އަޅުގަޑީ..ރައިސްޔާމީނައްހެޔޮއެދޭ..އިބުރާހިމް..ޒާހިރު
Jul 21, 2025, 06:06 AM
އަޅުގަންޑުމިގޮވާލަރާއްޖޭރަތްޔިތުއްނައްދިވެހިރާއްޖެއައްމިއައްވުރެއްރަގަޅުގޮތެެްހޯދައްބޭނުއްފުޅުވާނަމަ.އަޅުގަންޑުމެއްގެހިތް.ތަކުގެ.ބާނީ..ރައިސްޔާމިނުގެޕާޓީ.ފީއެންއެފްސީއަށްވަނުމައްޓަކާފޯމުފުރުމައްއަހައްދުރުވާށޭ..ހަމަގާމުވެސް..މިގައުމައްއަގުނުކުރެވޭވަރުގެއަގުހުރިބިއަބުރަ.ރަތްޔިތުއްނައްއޭގެމައްފާލިބޭމަސެެއްކައްތަކެެއްކޮއްދެއްވީ....ލޮބުވެތި..މޫރިތިބާނީ..ރައިސްޔާމީނު..ސުކުރިއްޔާ
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved