March 27, 2026
Advertisement
ރައީސް ޔާމީން ވަނީ ނިޔާވި މީހުންގެ އާއިލާތަކަށް ތައުޒިޔާ އަރިސްކުރައްވާ އަނިޔާވި މީހުންނަށް އަވަސް ޝިފާއަށް އެދިވަޑައިގެންފައި
ރައީސް ޔާމީން ވަނީ ނިޔާވި މީހުންގެ އާއިލާތަކަށް ތައުޒިޔާ އަރިސްކުރައްވާ އަނިޔާވި މީހުންނަށް އަވަސް ޝިފާއަށް އެދިވަޑައިގެންފައި / ސޯޝަލް މީޑިއާ

ބަންގްލަދޭޝްގައި ހިނގާ ދިޔަ ހާދިސާގައި ނިޔާވި ފަރާތްތަކުގެ އާއިލާއަށް ރައީސް ޔާމީން ތައުޒިޔާ އަރިސްކުރައްވައިފި

Mariyam Isaadha
މަރިޔަމް އިސާދާ
Jul 22, 2025, 03:51 AM
މާލެ ސިޓީ

ބަންގްލަދޭޝްގެ ވައިގެ ސިފައިންގެ ތަމްރީނުތަކުގައި ބޭނުންކުރަމުން ދިޔަ ޖެޓެއް، ސްކޫލަކަށް ވެއްޓި، ވެރިރަށް ޑާކާގައި ހިނގި ހިތާމަވެރި ހާދިސާގައި ނިޔާވި މީހުންގެ އާއިލާތަކަށް ރައީސް އަބްދުﷲ ޔާމީން ތައުޒިޔާ އަރިސްކުރައްވައިފިއެވެ.

Advertisement

ރައީސް ޔާމީން އެމަނިކުފާނުގެ ފޭސްބުކް ޕޭޖުގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވީ، ޑާކާގައިވެސް ހިނގާ ދިޔައީ ވައިގެ އުދުހުމުގެ ހިތާމވެރި ހާދިސާއެއް ކަމަށެވެ. ހާދިސާގައި ނިޔާވި ފަރާތްތަކުގެ އާއިލާއަށް ތައުޒިޔާ ދަންނަވާ އެމަނިކުފާނު ވަނީ ހާދިސާގައި އަނިޔާވި މީހުންނަށް ﷲގެ ރަހުމަތާއެކު އަވަސް ޝިފާއެއް މިންވަރު ކުރެއްވުމަށް އެދިވަޑައިގެންފައެވެ.

ބަންގްލަދޭޝް އެއާފޯސްގެ އެފް-7 ބީޖީއައި ޓްރެއިނިން މަތިންދާބޯޓު، ޑާކާގެ އުތުރު ސަރަހައްދު ކަމަށްވާ އުއްތަރާއަށް ވެއްޓުނު ހާދިސާގައި 19 މީހަކު މަރުވެފައި ވާއިރު، އެތައް ސަތޭކަ މީހުންނަށް ވަނީ އެކިވަރުގެ އަނިޔާތައްވެފައެވެ.

ބަންގްލަދޭޝްގެ އަސްކަރިއްޔާއިން ވަނީ އެ ހާދިސާގައި ވެއްޓިފައިވާ އުޅަނދަކީ އެ އަސްކަރިއްޔާގެ އުޅަނދެއްކަން ކަށަވަރުކޮށްދީފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved