ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ފަރާތްޕުޅުން ދިވެހިރާއްޖޭގެ ހައި ކޯޓްގައި ހުށަހަޅާފައިވާ އިސްތިއުނާފް މައްސަލައިގެ އަޑުއެހުން ލަސްވަމުންދާތީ ލަސްވާ ސަބަބު އަދުގެ ސަރުކާރުގެ އިސް ފަޑީގައި ތިބޭ ފަރާތްތަކަށް ހޯދައި ބެލޭނެކަމަށް ޕީއެންއެފް އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވާ ދަތުގެ ޚާއްސަ ޑޮކްޓަރު ޖިހާދު ވިދާޅުވެއްޖެއެވެ.
ޖިހާދު މިފަދައިން ވިދާޅުވީ ފްރޮންޓް އޮފީހުގައި 20 ވަނަ މަޖިލިސް އިންތިޚާބަށް ކުރިމަތިލައްވާ ކެންޑިޑޭޓުން ތައާރަފް ކުރުމަށް ސިލްސިލާ ގޮތެއްގައި މިހާރު ބާއްވަމުން އަންނަ ޖަލްސާ ތަކުގެ ތެރެއިން ބުރާސްފަތި ދުވަހުގެ ރޭ ބޭއްވުނު ޖަލްސާގައި ކެންޑިޑޭޓަކާ ސުވާލު އަމާޒުކުރަމުންނެވެ.
އެގޮތުން ޖިހާދު ވިދާޅުވީ ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލާ އިހްތިޖާޖް ތަކުގައި ބައިވެރިވި އެތައް ފަރާތެއް މިއަދު ސަރުކާރުގެ ވަޒީރުންގެ ގޮތުގައި އެބަތިއްބެވިކަމަށެވެ. އެބޭފުޅުންނަށް ރައީސް ޔާމިންގެ މައްސަލަ ލަސްވާކަންވެސް ރަނގަޅަށް އެނގޭނެކަމަށާއި އޭރުގައިވެސް މައްސަލަ ލަސްވަމުން ދިޔުމުން އެ ބޭފުޅުންނަކީ ދިވެހިރާއްޖޭގެ ހައި ކޯޓަށް ވަޑައިގެން އޭރުގައި ރައީސް ޔާމީން ގެ އިސްތިއުނާފް މައްސަލަ ލަސްވަމުންދާތޫ އަވަސްކުރުމަށް ގޮވާލި ފަރާތްތަކެއް ކަމަށްވެސް ޑރ.ޖިހާދު ވިދާޅުވިއެވެ.
މިއަދު އެ ބޭފުޅުންނަށް ހަގީގަތުގައި ރައީސް ޔާމީންގެ މައްސަލަ ލަސްވާ ސަބަބު ބެލެން އޮންނަ އިރު ނުބަލާ ކަމަށާއި ރައީސް ޔާމިނަށް އިންސާފު ނުލިބޭއިރުގައިވެސް އެބޭފުޅުން ހަނު އެތިއްބަވަނީ ކޮންސަބަބަކާ ހުރެ ތޯވެސް ޑރ.ޖިހާދު ވަނީ ވިދާޅުވެ ސުވާލު އަމާޒުކުރައްވާފައެވެ.
މިއަދު އެބޭފުޅުން އެ ތިއްބެވީ މި ސުވާލުތަކަށް ރަނގަޅަށް ޖަވާބު ހޯދެއްވޭނެ ހިސާބެއްގައި. ދެން އަޅުގަނޑުގެ ސުވާލަކީ މިއަދު އެބޭފުޅުން އެމަގާމްތަކުގައި ތިއްބަވާފައި ރައީސް ޔާމިނަށް އިންސާފް ނުލިބޭތީ އެބޭފުޅުން ހަނު ތިއްބަވަންޖެހޭ ސަބަބަކީ ކޮބާތޯ؟
ޑރ.ޖިހާދު ކެންޑިޑޭޓާ ސުވާލު އަމާޒުކުރުމުން ކެންޑިޑޭޓް ޖަވާބުގައި ވަނީ ވަޒީރުން ތިއްބެވީ މަގާމްގެ ދަހިވެތިކަމުގައި ކަމަށް ވިދާޅުވެފައެވެ.
ރައީސް ޔާމިންގެ އިސްތިއުނާފް މައްސަލަ ލަސްވަމުންދާތީ ގިނަ ބަޔަކު އަންނަނީ ސަރުކާރަށް ފާޑުކިޔުން އަމާޒުކުރަމުންނެވެ.