theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
މަލީހު ނިއުސް ޓޯކް ޕްރޮގްރާމްގައި ވާހަކަ ދައްކަވަނީ / ތޭރަ އޮންލައިން
ސިޔާސީ
ބަންޑާރު ނައިބުގެ ސައްޚަކަން ގެއްލިއްޖެ: މަލީހު
Mariyam Isaadha
މަރިޔަމް އިސާދާ
22 ޖުލައި 2025
މާލެ ސިޓީ

ރައީސް ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ބަންޑަރަ ނައިބުގެ މަގާމުގައި ހުރި އަހުމަދު އުޝާމުގެ ސައްޚަން ގެއްލިފައިވާ ކަމަށް ޕީއެންއެފްގެ ސެކެރެޓަރީ ޖެނެރަލް މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ.

މިހާރު ހުންނެވި ބަންޑާރަ ނައިބަކީ 2008 ވަނަ އަހަރުން ފެށިގެން މިހާތަނަށް ފަނޑިޔާރުންނަށް އެންމެ ނުފޫޒު ފޯރުވި ބަންޑާރަ ނައިބު ކަމަށް ސުޕްރީމު ކޯޓުގެ ކުރީގެ ފަނޑިޔާރު މަހާޒު އަލީ ޒާހިރު ވިދާޅުވި ޚަބަރު ހިއްސާ ކުރައްވާ މަލީހު ވަނީ އެކްސްގައި ޕޯސްޓެއް ކުރައްވާފައެވެ.

އެ ޕޯސްޓުގައި މަލީހު ވިދާޅުވެފައިވަނީ މަހާޒު ދައްކަވާފައި އެހުރި ވާހަކަތަކުން ހާމަވެގެން ދަނީ ބަންޑަރަ ނައިބުގެ ސައްޚަކަން ގެއްލިފައިވާ ކަންކަމުގައެވެ.

އެހެންކަމުން އުޝާމް މަގާމުން އިސްތިއުފާ ދޭން ޖެހޭ ކަމަށާ އިސްތިއުފާ ނުދީފި ނަމަ މަގާމުން ދުރުކުރުން ވެސް ލާޒިމު ކަމަށް މަލީހު ވިދާޅުވެފައިވެއެވެ.

އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާން ރިޓަޔަރ ކުރެއްވުމުން މަރުހަބާ ވިދާޅުވެ އުޝާމް ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓު ހިއްސާކުރައްވައި ކުރެއްވި ސޯޝަލް މީޑިޔާ ޕޯސްޓެއްގައި މަހާޒު ވަނީ ވަކީލަކު ލައްވައި އުޝާމް، މަހާޒަށް ގުޅުއްވި ކަމަށް ބުނާ ކޯލު ފެންނަ ޗެޓްލޮގެއްގެ ސްކްރީން ޝޯޓެއް ވެސް ހިއްސާ ކުރައްވާފައެވެ. އަދި ތަފްސީލު ދެއްވަމުން ވިދާޅުވެފައިވަނީ، އަށް މިނެޓްގެ އެ ފޯނު ކޯލަކީ 10 ފެބްރުއަރީ 2025 ގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މައްސަލައެއް ދައުލަތުގެ އިދާރާއަކުން ބަލަން ނޫޅޭ ކަމަށާއި 25 އޮކްޓޯބަރ 2022 ގައި ހިނގާފައި އޮތް ހާދިސާއެއްގެ މައްސަލަ ވެސް ޖޭއެސްސީން ނުބަލާނެ ކަމުގައި ވަކީލެއް މެދުވެރިކޮށް އޭޖީ ގުޅުވި ގުޅުވުމެއްގެ ސްކްރީން ޝޮޓެއް ކަމަށެވެ.

ވަކީލު އަރިހުގައި އޭޖީގެ މެސެޖު ސާފުވިކަމަށާއި، 2022ގެ ވާހަކަ މިހާރު ދައްކާނީ ކީއްވެގެންކަން އެނގޭ ކަމަށް މަހާޒް ވިދާޅުވި ކަމަށް އޭނާ ވިދާޅުވިއެވެ. އަދި 2008ގެ ފަހުން ފަނޑިޔާރުންނަށް އެވަރަށް ނުފޫޒު ފޯރުވި ބަންޑާރަނައިބެއް ފެނިވަޑައިނުގަންނަވާ ކަމަށް މަހާޒް އެ ޕޯސްޓުގައި ލިޔުއްވިއެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved