March 19, 2026
Advertisement
-
- / އަލްޖަޒީރާ

ސަހްޔޫނީން ޣައްޒާގެ ރައްޔިތުން ބަނޑަށް ޖައްސާތީ ބައިނަލްއަގްވާމީ ޖަމިއްޔާތަކުން ނެރުނު ބަޔާނަށް ފާޑުކިޔައިފި

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Jul 24, 2025, 04:37 AM
މާލެ ސިޓީ

ސަހްޔޫނީން ފަލަސްތީނުގައި ހިންގަމުންދާ ހަނގުރާމައިގެ ސަބަބުން ފަލަސްތީނުގެ ރައްޔިތުން ބަނޑަށް ޖެހި ގިނަ އަދަދެއްގެ ބަޔަކު މަރުވަމުންދާތީ 100 އަށް ވުރެ ގިނަ ބައިނަލްއަގްވާމީ ޖަމިއްޔާތަކުން ނެރުނު ބަޔާނަށް ސަހްޔޫނީން ފާޑުކިޔައިފިއެވެ.

Advertisement

ސަހްޔޫނީން ހާމަކޮށްފައިވާ ގޮތުގައި މި ޖަމިއްޔާތަކުން ފަތުރަމުން ގެންދަނީ ހަމާސްގެ ފަތުވާތައް ކަމަށާއި ހަނގުރާމަ ހުއްޓުވުމުގެ ބޭނުމުގައި މިފަދަ ފަތުވާތައް ނުނެރުމަށް ވަނީ އަންގާފައެވެ.

އޮކްޓޯބަރު 2023 ވަނަ އަހަރު ފެށިގެން ދިޔަ މި ހަނގުރާމައަށް އަދިވެސް ހުއްޓުމެއް އައިސްފައި ނުވާއިރު ސަހްޔޫނީންގެ ލާއިންސާނީ އަމަލުތަކުގެ ސަބަބުން ފަލަސްތީނުގެ އެތަކެއް ބަޔަކު އަންނަނީ ޝަހީދުވެ ސިއްހީ ގޮތުން ގިނަ ގުން ގޮންޖެހުންތަކާއި ކުރިމަތިލަމުންނެވެ.

މީގެ އިތުރުން، ކާބޯތަކެތި ހިފަހައްޓައި އާންމުން ބަނޑަށް ޖެއްސުމުގެ ތުހުމަތު ކުރެވޭ ނަމަވެސް ސަހްޔޫނީން ވަނީ އެކަމަށް އިންކާރުކޮށްފައެވެ.

ދުނިޔޭގެ ގިނަ ގައުމުތަކުން އަންނަނީ ސަހްޔޫނީންނަށާއި އެމީހުންނަށް ވާގިވެރިވާ އިންޑިއާ ފަދަ ގައުމުތަކަށް ބޮޑެތި ފާޑުކިޔުންތައް އަމާޒުކުރަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved