March 23, 2026
Advertisement
ޕީއެންއެފް ޖަލްސާ
ޕީއެންއެފް ޖަލްސާ / ޝާވިން | ތޭރަ އިމޭޖްސް

މި ސަރުކާރުން ރައްޔިތުން މަޖިލީހުން ނިންމާ އެއްވެސްކަމަކަށް އިހްތިރާމްކުރާ ތަނެއް ނުފެނޭ: ރައީސް ޔާމީން

Aishath Naja
އައިޝަތު ނަޖާ
Feb 24, 2024, 12:47 AM
މާލެ ސިޓީ

ފެނިގެންމިދަނީ އަދުގެ ސަރުކާރުން ރައްޔިތުންގެ މަޖިލީހުން ނިންމާ ކަންކަމަށް އިހްތިރާމްނުކުރާ މަންޒަރުކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

Advertisement

ރައީސް ޔާމީން މިފަދައިން ވިދާޅުވެފައިވަނީ ފްރޮންޓް އޮފީހުގައި ކުރިޔަށް އޮތް މަޖިލިސް އިންތިޚާބަށް އެމަނިކުފާނުގެ ޕާޓީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓުން ތައާރަފްކުރުމަށްޓަކައި ސިލްސިލާގޮތެއްގައި މިހާރު ކުރިޔަށްދާ ޖަލްސާތަކުގެ ތެރެއިން ބުރާސްފަތި ދުވަހުގެ ރޭ ބޭއްވުނު ޖަލްސާގައި ކެންޑިޑޭޓަކާއި ސުވާލު އަމާޒުކުރައްވަމުންނެވެ.

އެގޮތުން އެމަނިކުފާނު ވަނީ ބޮޑު އަގްލަބިއްޔަތެއް އޮތް އިރުވެސް އެމްޑީޕީގެ ފަރާތްތަކަށް ވެސް ރައްޔިތުންނަށް އެއްވެސް ކަމެއް ކޮށްދެއްވާފައިނުވާކަމަށް ވިދާޅުވެފައެވެ.

ރައީސް ޔާމީން އިތުރަށް ވިދާޅުވީ ބަހުސްތަކުގައި މަޖިލީހަށް ކުރިމަތިލައްވާފައިވާ ކެންޑިޑޭޓުން ފާރަވެރި މަޖިލީހަކަށް ވާކަށް ވާހަކަ ދައްކާފާއިވާ އިރު އެކަން ގިނަފަހަރަށް ނުކުރެވޭކަމަށެވެ.

އެބޭފުޅުންގެ ބޮޑު އަގްލަބިއްޔަތު އޮވެގެން އަދި މަޖިލީހުން ކަންކަން ނިންމެވޭނެ ވަރުގެ ގާނޫނީ ހައިސިއްޔަތު އޮވެގެންވެސް އެބޭފުޅުންނެއްް ނެތް ވިދާޅުވާގޮތައް ރައްޔިތުންގެ ކަންކަން އެވަރަށް ހިމާޔަތްކޮށްދީފާ. މިހާރު އަޅުގަނޑުމެންނަށް މިފެންނަނީ އަޅުގަނޑުމެން މިގެނައި ސަރުކާރު، މި ސަރުކާރުން ރައްޔިތުންގެ މަޖިލިހުން ނިންމާ އެއްވެސް ނިންމުމަކަށް އިހްތިރާމްކުރައްވާތަނެއް ނުފެނޭ..

ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް

އޭގެއިތުރުން ރައީސް ޔާމީން ވިދާޅުވީ އިތުބާރަކީ އެހާ ފަސޭހައިން ކުރެވޭ އެއްޗެއްނޫންކަމަށާއި އިތުބާރު ރައްޔިތުންނަށް ސަރުކާރާ މެދު ކުރެވޭނީ އެބޭފުޅުންގެ މަސައްކަތްޕުޅުންނާ ކުރައްވާ ކަންކަމުން ދައްކަވައިގެންކަމަށެވެ.

ސަރުކާރަށް ރައްޔިތުން މަޖިލީހުގެ ބޮޑު އަގުލަބިއްޔަތެއްދީގެން ވާނީ ކޮން ފައިދާއެއް ތޯ އައްސަވާ ރައީސް ޔާމީން ވަނީ ސުވާލުވެސް އުފައްދަވާފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved