March 21, 2026
Advertisement
ލަތީފް ބަހުސް ކުރައްވަނީ
ލަތީފް ބަހުސް ކުރައްވަނީ / ޕީއެސްއެމް

ޞަލާހުއްދީން ސްކޫލަަކަށް އަޅައެއްނުލައި، ޖާގަ ނުލިބި 800 ދަރިވަރުން އެބަތިބި: ލަތީފް

Aishath Naja
އައިޝަތު ނަޖާ
Feb 24, 2024, 02:12 AM
މާލެ ސިޓީ

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހުންނަ ޞަލާހުއްދީން ސްކޫލަށް ނިމިދިޔަ ސަރުކާރުންވެސް އަދި އަދުގެ ސަރުކާރުންވެސް އަޅާލާފައިނުވާކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ޕާޓީގެ ފަރާތުން 20 ވަނަ ރައްޔިތުންގެ މަޖިލިސް އިންތިޚާބްގައި ހުޅުމާލޭ އުތުރު ދާއިރާއަށް ވާދަކުރައްވާ ކެންޑިޑޭޓް އަހްމަދު ލަތީފް (ލަތީ) ވިދާޅުވެއްޖެއެވެ.

Advertisement

ލަތީފް މިފަދައިން ވިދާޅުވެފައިވަނީ ދައުލަތުގެ މީޑިޔާގެ ފަރާތުން 20 ވަނަ ރައްޔިތުން މަޖިލީހަށް ކުރިމަތިލައްވާ ކެންޑިޑޭޓުންނަށް އަމާޒުކޮށްގެން ގެންދާ ބަހުސް ގައި ހުޅުމާލޭ އުތުރު ދާއިރާ އަށް ކުރިމަތިލައްވާފައިވާ ކެންޑިޑޭޓުންގެ މެދުގައި ކުރިޔަށް ދިޔަ ބަހުސްގައެވެ.

އެގޮތުން ލަތީފް ވިދާޅުވީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ކުދިންގެ ތެރެއިން ޞަލާހުއްދީން ސްކޫލަށް ކިޔަވަން ދާނެ 800 ދަރިވަރުން އެބަތިބިކަމަށާއި ނަމަވެސް އެ ސްކޫލްގައި އެކުދިންނަށް ޖާގަ ލިބިފައިނުވާކަމަށެވެ.

މިކަމަކީ ނިމިދިޔަ ސަރުކާރަށްވެސް އަދި އަދުގެ ސަރުކާރަށްވެސް ހައްލު ނުވި ކަމެއްކަމަށްވެސް ލަތީފް ވަނީ ފާހަގަކުރައްވާފައެވެ.

ހުޅުމާލޭ ދެވަނަ ފޭސްގައި އުތުރު ދާއިރާގައި ޞަލާހުއްދީން ސްކޫލުން ޖާގަ ނުލިބި 800 ދަރިވަރުން އެބަތިބި. ދަންނަވަން މިއުޅޭ ވާހަކައަކީ ވޭތުވެގެންދިޔަ ސަރުކާރަކަށްވެސް މި ސަރުކާރަކަށްވެސް މިކަމެއް ހައްލެއް ނުވިއޭ.

އަހްމަދު ލަތީފް

އިތުރަށް ލަތީފް ވިދާޅުވީ ޖާގަ ނުލިބޭ އެކުދިންގެ މައިބަފައިން ބޯ ވާރޭގަޔާއި މޫސުން ގޯސް ދުވަސް ދުވަހުވެސް އެކުދިން ސްކޫލަށް ގެންދަން ޖެހެނީ މާލެ އަށާއި ހުޅުމާލޭ ފުރަތަމަ ފިޔަވައްސަށެވެ.

މިކަންކަމަށް ހައްލު މި ސަރުކާރުން ވަގުތުން ވަގުތައް ކުރަން ޖެހޭނެކަމަށް ވެސް ލަތީފް ވަނީ ވިދާޅުވެފައެވެ.

ލަތީފް ވަނީ އޭނާގެ ތަސައްވަރާއި ސިޔާސަތުތައްވެސް ބަހުސް ކުރައްވަމުން ހިއްސާކުރައްވާފައެެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved