

ގައުމީ ވައިގެ ބަނދަރުގެ ވީއައިޕީ ޓާމިނަލް ބޭރުގައި ނަރެންދްރަ މޯދީގެ ފޮޓޯ ޖަހާ ދިވެހި ސަރުކާރުން ގައުމު ލަދު ގަންނުވާލައިފިއެވެ.
ދިވެހީންނަށް އިނގިރޭސިންގެ އިސްތިއުމާރުގެ ދަށުން މިނިވަންކަން ދިނުމަށް އެންމެ ބޮޑަށް ދެކޮޅުވެރިވި އިންޑިއާގެ މިހާރުގެ ބޮޑު ވަޒީރު ގެންނާތީ ގިނަ ބައެއްގެ ނުރުހުން އަމާޒުވެފައި ވަނިކޮށް ރައީސް ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރުން, ބާރު އޮތީ ތިމަންނާމެން އަތުގައޭ ތިމަންނާމެން ހަދަން ބޭނުން އެއްޗެކޭ ހަދާނީ ބުނާ އުސޫލުން މިރޭ ވަނީ މުސްލިމުންގެ ޢަދުއްވެއްގެ ގޮތުގައި މުސްލިމުން ސިފަކުރާ މޯދީގެ ފޮޓޯ ނަގާފައެވެ.
މިނިވަން ދުވަސް ޝަރަފްވެރިކުރަން މޯދީ ގެންނަނީ ވެސް ދިވެހިން ސްކޭމެއްގައި ޖައްސައިގެން ވެރިކަމަށް އައިސް އިންޑިއާ ފައި ބުޑަށް ވެއްޓިގެން ކަަމަށްވެސް ގިނަ ބަޔަކު ބުނެއެވެ