މިނިސްޓްރީ އޮފް ހޯމްލޭންޑް، ސެކިޔުރިޓީ އެންޑް ޓެކްނޮލޮޖީ ގެ ވެބްސައިޓް ބޭނުންކުރުމަށް ބުރުއަރައިފިއެވެ.
އެ މިނިސްޓްރީގެ މީޑިޔާ އޮފިސަރ މައުލޫމާތުދިން ގޮތުގައި ވެބްސައިޓް ޑައުންވެފައި ވަނީ ދިމާވި ކުޑަ ޓެކްނިކަލް މައްސަލައަކާ ގުޅިގެންނެވެ. މައްސަލަ ނޭޝަނަލް ސެންޓާރ ފޯރ އިންފޮމޭޝަން ޓެކްނޮލޮޖީ އިން ބަލަމުން ގެންދާ ކަމަށް ވެސް އޭނާ ވަނީ މައުލޫމާތުދީފައެވެ.
އެކްސްގައި އެކި ފަރާތްތަކުން އަންނަނީ މިކަމާ ބެހޭގޮތުން ތަފާތު ވާހަކަތަކެއް ދައްކަވަމުންނެވެ. އެގޮތުން އެ މިނިސްޓްރީގެ ވެބްސައިޓަށް ބުރުއަރާފައި ވަނީ އެ ސަބަބާ ގުޅިގެން ނޫންކަމަށާއި ވެބްސައިޓަށް އެހެން ދިމާވެފައިވަނީ އިންޑިޔާ އިން ސައިބާރ އެޓޭކެއް ކޮށް އެ ވެބްސައިޓް ހެކް ކުރުމުން ކަމަށް އެ ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.
މީގެ ކުރިންވެސް އިންޑިޔާ އިން ވަނީ ރާއްޖޭގެ އެކި އެކި އިދާރާތަކުގެ ވެބްސައިޓްތައް ހެކްކޮށްފައެވެ. އޭގެ ތެރޭގައި ޓުއަރިޒަމް މިނިސްޓްރީއާއި ޖުވެނައިލް ކޯޓްގެ ވެބްސައިޓް ވެސް ވަނީ ހެކް ކޮށްފައެވެ.