theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
މޯދީގެ ދަތުރުން ފެނުނީ ނަތަންޔާހޫގެ އެމެރިކާ ދަތުރުތަކުން ފެންނަ ކަހަލަ މަންޒަރު / ތޭރަގްރެފިކްސް
ރިޕޯޓު
މޯދީގެ ދަތުރުން ފެނުނީ ނަތަންޔާހޫގެ އެމެރިކާ ދަތުރުތަކުން ފެންނަ ކަހަލަ މަންޒަރު
Mariyam Isaadha
މަރިޔަމް އިސާދާ
28 ޖުލައި 2025
މާލެ ސިޓީ

އަވައްޓެރި ގައުމުތަކާ ގުޅުން ބަދަލު ކުރަން ޖެހޭނެއެވެ. ތެދެކެވެ. ނަމަވެސް އަޅުގަޑުމެން ކޮމްރޮމައިޒްވެ އެވެރިންގެ ފައި ބުޑަށް ވެއްޓެން ނުޖެހޭ މިންވަރަށެވެ.

ގައުމުގެ މިނިވަންކަމާ އިސްތިގުލާލަކީ އެގައުމުގެ ރައްޔިތުންނަށް ލިބޭނެ އެންމެ ބޮޑު އެއް ނިއުމަތްކަމަށްވާއިރު އެ ނިއުމަތަށް ބުރޫ ނާރުވާ ދޭދޭ ގައުމުތަކުގައި މެދުގައި ގުޅުން ބަދަހިކުރުން މައްސަލައެއް ނޫނެވެ. ނަމަވެސް ގައުމުގެ މިިނިވަންކަމާ އިސްތިގުލާލު ކަސްތޮޅު އެޅި ރައްޔިތުން އަޅުވެތިކަމުގެ ކުޑަ ގޮޅިއަކަށް ފެތޭ މިންވަރަށް އެ ގުޅުން ބަދަހި ކުރަން ޖެހޭނަމަ އެއީ ގޯހެކެވެ.

މީހެއްގެ މާލި ހަދާ އޭގައި ފެން ފައިވާުން ތަޅާ މުސްލިމުންނަށް އަނިޔާ ކުރާތީ އާ ގައުމަށް ނުފޫޒު ފޯރުވާތީ ބަދު ބަސްބުނެފައި އެމީހެއްގެ ފައި ބުޑުގައި ގުދަށް އޮންނަން ޖެހުމަށް ވުރެ ވަކިން ލަދުވެތި ކަމެއް ގައުމެއްގެ ހައިސިއްޔަތުން އޮންނާނެ ބާއެވެ.

ޚާރިޖީ ސިޔާސަތު ބައްޓަންވެގެންދާނަވާނީ އިޙްތިރާމާއި، ގަދަރާއި މިނިވަންކަމާއިއެކު ކަމަށްވެފައި، އެ ނޫން ގޮތަކަށް ޙާރިޖީ ސިޔާސަތު ބައްޓަންވެގެންދާނަމަ ކޮންމެވެސް އެއްބަޔަކު ނާޖާއިޒް ފައިދާ ނަގާނެ ކަމީ މިނިވަން ދުވަހުގެ ޝަރަފްވެރި މެހެމާނެއްގެ ގޮތުގައި މުސްލިމުންގެ އަދުވެއް ކަމަށްވާ ނަރެންދްރަ ދަމޮދަރްދާސް މޯދީ ގެނައި ހިސާބުން މިކަން ވަރަށް ސާފުކޮށް ފެނިގެން ދިޔައެވެ.

ދިވެހިން ބަނޑަށް ޖެހި މުސާރަ ކޮޅު ވެސް ދެވޭނެ ފަދަ ނެތިގެން މޯދީގެ ފައިބުޑަށް ވެއްޓި ދިވެހި ސަރުކާރު ސައިޒުވިއެވެ. އިންޑިއާ އައުޓު ގޮވަމުން، ދޯ ވީއަރ ސްމޯލު ޔޫކާންޓު ބުލީ އަސް އޭ، ވީއާރ ނޮޓު ޔޯ ބެކްޔާޑޫއޭ ވިދާޅުވެ ބައިސާ ކަނޑަލި ކަނޑާލުން ހަމަ ބިމަށް ތިރިކުރީ ލައިން އޮފް ކްރެޑިޓުންނެވެ.

އޭނާ ގައުމުގައި އެނބުރުހާ ހިނދަކު އަހަރުމެންގެ މިސްކިތްތަކަށްވެސް އެރޭނެ މަގުތައް ބަންދުކޮށް ދައްކާލީ އޭނާގެ ނުލަފާކަމެވެ.

ކަޝްމީރަކީ މުސްލިމުންގެ ތަނަކަށްވީ ނަމަވެސް އެތަނުގެ ބިންތަކަށް ގަދަކަމުން އަރައި ގަނެ އެތަނުގައި ކާފަރުން ވަޒަންވެރިކުރުވަނީ ސީދާ މޯދީގެ ބާރުންނެވެ. މޯދީގެ ޕާޓީ ބާރަތިޔަ ޖަނަތާ ޕާޓީ އާއި ކަނާތުފިޔައިގެ ހިންދޫ ނޭޝަނަލިސްޓް ޕެރަމިލިޓަރީ ވޮލަންޓިއަރ ޖަމިއްޔާއެއް ކަމަށްވާ ރަޝްތުރިޔާ ސްވަޔަމްސެވަކް ސަންގް (އާރުއެސްއެސް) އެކުގައި އަތުކުރި އޮޅާލާ މުސްލިމުންނަށް އަނިޔާ ކުރަނީ ސީދާ މޯދީގެ ބަލުމުގެ ދަށުންނެވެ.

ރާއްޖެ އައިސްވެސް އޭނާ ދެއްކީ އެ މަންޒަރެވެ. އަހަރުމެންގެ ރައީސުލްޖުމްހޫރިއްޔާ އޭނާގެ ފައިބުޑަށް ތިރިކޮށް ހިންދޫއިން އަޅުކަން ކުރާ ބޮއި ގަސް އަހަރުމެންގެ އާސާރީ ބިމެއްގައި އިންދުވީ އަހަރުމެންގެ ވެރިމީހާ ލައްވައެވެ. މި މިނަވްރަކަށް ގައުމުގެ ވެރިން ވެސް ކޮމްޕްރޮމައިޒް ވެގެން ނުވާނެއެވެ.

ހައްދު ފަހަނަ އެޅި ހިންދޫއަކަށް ސަޖިދަ ޖަހަން ޖެހޭ ފަދަ މިންވަރަކަށް ގައުމުގެ ކަންކަން އަހަރުމެންގެ މިިނވަން ދުވަހުގެ ޝަރަފުވެރިކަމުގެ ތެރެއިން ފެނިގެން ދިއުމުން ހަނދާނަށް އަންނަނީ ޖައްބާރު ނަތަންޔާހޫ އެމެރިކާއށް ގޮސް އުޅޭ ލަދު ކެނޑިފައިވާ އުސޫލެވެ.

ތިމަންނާއަކީ އެންމެ ބާރު ގަދަ މީހާކަމަށް ހެދި އެމެރިކާގެ ވެރިން ސައިޒަށް ތިރިކުރަން ނަތަންޔާހޫ ވެސް އުޅެނީ ހަމަ މި ފަހަރުގެ ދަތުރުގައި މޯދީވެސް އެ އުޅުނު ހެންނެވެ.

ނަމަވެސް އަހަރުމެންނަކީ އަހަރުމެންނަކީ އެލްއޯސީ ކޮޅަކަށް ގައުމުގެ މިނިވަންކަމާ އިސްތިގުލާލު ވިއްކާލާ، އަހަރުމެންގެ ދިދައިގެ ހުރުމަތް ކަނޑާލާ ބަޔަކަށް ވެގެން ނުވާނެއެވެ. އަހަރުމެންގެ ކާބަފައިން އަހަރުމެންނާ ހަމައަށް ވާސިލުކޮށްދިން މިނިވަންކަމުގެ މަތިވެރި ނިއުމަތް ދެމެހެއްޓުމަށް އަހަރުމެންނަށް ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރަން ވާނެއެވެ.

އޭރުވެސް މިހާރުވެސް އަހަރުމެން ބުނާނީ އިންޑިއާ އައުޓެވެ. ވީއާރ ނޮޓު ޔޯ ބެކްޔާޑޭއެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved