

ދިވެހިރާއްޖެ މިއަދު މިއޮތީ ވަރަށް ނުރައްކާތެރި ފައްތަރެއްގައި ކަމަށް ޕީއެންއެފްގެ ސެކެރެޓަރީ ޖެނެރަލް މުހައްމަދު މަލީހު ވިދާޅުވެއްޖެއެވެ.
މަލީހު މިފަދައިން ވިދާޅުވީ ބުރާސްފަތި ދުވަހުގެރޭ ޕީއެންއެފުން ބޭއްވި ޖަލްސާގައި ވާހަަކަ ދައްކަވަމުންނެވެ.
މަލީހު ވިދާޅުވީ ގައުމުގެ މިިނިވަންކަން އޮތީ ނުރައްކާތެރި ފައްތަރެއްގައޭ ބުނުމުގެ އެންމެ މައިގަނޑު އެއް ސަބަބަކީ ރާއްޖޭގެ އިޤްތިސާދީ މިނިވަންކަން އަޅުގަނޑުމެން ދަމަހައްޓައި ރައްކާތެރިކުރަންޖެހޭތި ކަމަށެވެ.
މަލީހު ވަނީ މާލެ އާއި ތިލަމާލޭގެ ބުރިޖަކީ އެއާއި ގުޅިގެން ވިލިނގިއްޔާއި، ތިލަފުއްޓާއި، ގުޅީފަޅާއި އެ އަންނަންޖެހޭ ތަރައްގީ ނައިސް ބޮޑު ހަރަދެއް ދައުލަތުން ކުރުމަކީ ވަރަށް ނުރައްކާތެރި ހިސާބަކަށް ރާއްޖެ ގޮސްދާނެ ކަމެއްކަން ފާހަގަކުރައްވާ، ގައުމަށް އޭގެ އިޤްތިސާދީ ނަފާ ނުލިބޭ ޕްރޮޖެކްޓްތަކުގެ ސަބަބުން ގައުމުގެ މިނިވަންކަމަށް ވަރަށް ބޮޑެތި ބުރޫތައް އަރާކަން ވެސް ފާހަގަކުރައްވާފައެވެ.
އަޅުގަނޑު އެއް މިސާލެއް ނަގާ ކަމަށްވަންޏާ ހަޤީގަތުގައި މާލެ އާއި ތިލަމާލޭގެ ބުރިޖަކީ އެއާއި ގުޅިގެން ވިލިނގިއްޔާއި، ތިލަފުއްޓާއި، ގުޅީފަޅާއި އެ އަންނަންޖެހޭ ތަރައްގީ ނައިސް މިފަދަ ބޮޑު ހަރަދެއް ދައުލަތުން ކުރުމަކީ ވަރަށް ނުރައްކާތެރި ހިސާބަކަށް ރާއްޖެ ގޮސްދާނެ ކަމެއް، މިދެންނެވީ 700 މިލިއަން ޑޮލަރު ނުވަތަ އެއަށްވުރެ ބޮޑު އަދަދެއްގެ ފައިސާ ޚަރަދުކޮށްގެން މިފަދަ އިންެވެސްޓްމެންޓް ޕްރޮޖެކްޓެއްގެ ނަމުގައި، ވަގުތު އަންނާނެ މި ބުރިޖުގެ މުހިންމުކަމުގެ، އެހެން ނަމަވެސް އޭގެ ކުރީގައި އަޅުގަނޑުމެން މި ވާހަކަ ދެއްކީ ސީޕޯރޓް ތިލަފުއްޓަަށް ބަދަލުކޮށްފައި، ވިލިމާލެ އިތުރަށް ތަރައްގީކޮށްފައި، ގުޅީފަޅު އިތުރަށް ތަރައްގީކޮށްފައި ބޮޑު ސިންގާ އިޤްތިސާދީ އެތައް މަސައްކަތެއް ތިލަފުށީގައި ޤާއިމްކުރުމާއި އެއްކޮށް، އެކުއެކީ ގޮސް ގެންނޭ ދެކޮޅު ޖެހޭނީ، މިއަށް ކިޔަނީ ހަގީގީ ދަރަނީގެ ދަންތުރާ. އެހެންވީމަ ހަގީގަތުގައި މިކަހަލަ ގައުމަށް އޭގެ އިޤްތިސާދީ ނަފާ ނުލިބޭ ޕްރޮޖެކްޓްތަކުގެ ސަބަބުން ގައުމުގެ މިނިވަންކަމަށް ވަރަށް ބޮޑެތި ބުރޫތައް އެބަ އަރާ
މަލީހު އިތުރަށް ވިދާޅުވީ ސަރުކާރު ނުވަތަ ޤައުމަކީ އާންމު ރައްޔިތުންގެ ޓެކްސް ފައިސާގައި ހިންގާ މުއައްސަސާއަކަށް ކިޔާ ނަމެއް ކަމަށެވެ. މިއަދު އަޅުގަނޑުމެންގެ ކަންކަން ބަލަހައްޓަން ހަވާލުކޮށްފައި ހުރި ޕްރިންސިޕަލަކީ މުއިއްޒު ކަމުގައިވީ ނަމަވެސް އެމަނިކުފާނު އަމަލުކުރައްވަނީ ހަގީގަތަށް ދަންނަވާނަމަ އިޖިޕްޓުގައި އުޅުނު ފިރުއައުން ފަދަ ގޮތަކަށް ކަމަށްވެސް މަލީހު ވަނީ ވިދާޅުވެފައެވެ.
އެއްގޮތަކަށްވެސް ރައްޔިތުންގެ ހާދިމެއްގެ އިހުސާސް ކޮށްގެން ރައްޔިތުންގެ ހާދިމަކު އަމަލު ކުރައްވަން ޖެހޭ ގޮތަކަށް އަމަލު ނުކުރައްވާކަން މަލީހު ފާގަކުރައްވާފައިވެއެވެ.
ހުރިހާ ބާރުތަކެއް މުށު ތެރޭގައި ޖަމާކުރުމާއި، މިނިވަންކަމާއި އަދި ހާއްސަކޮށް އިޤްތިސާދު ހަމައަކަށް އެޅުވުމަށްޓަކައި ސަރުކާރުން އެކަށީގެންވާ ރަނގަޅު މަސައްކަތްތަކެއް ކުރަމުން އަންނަ ތަން ފެނިގެން ނުދާ ކަމަށް މަލީހު ވިދާޅުވިއެވެ.