
މިހާރު ރާއްޖޭގައި މިއޮތީ އިސްލާމީ އުސޫލުތަކަށް ފެތޭ ވެރިކަމެއްތޯ ދެނެގަތުމަށް މުހިއްމު ސުވާލުތައް ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދި ރައީސް ޑރ މުހައްމަދު މުއިއްޒަށް އަމާޒުކުރައްވައިފިއެވެ.
ވެލާނާ އެއާޕޯޓުގެ އާ ޓާމިނަލްގައި ފަސް ވަގުތު ބަންގީގެ އަޑު އިވޭ ގޮތަށް ހަމަޖައްސައި، ގޮތަށް އަމަލު ކުރަން ފަށާފައިވާ ކަމަށް އިއުލާނު ކުރެއްވުމަށް އިއްޔެ އެކްސްގައި ރައީސް މުއިއްޒު ކުރެއްވި ޕޯސްޓަށް ރައްދު ދެއްވާ ޑރ އަހުމަދު ވަނީ، އިސްލާމްދީނަށް ހުރުމަތްތެރިކޮށް ހިތުމަށް ރައީސް މުއިއްޒު ހުވާ ކުރައްވައިގެން ހުންނެވިއިރު، ދީނަކީ ހަމައެކަނި އަޅުކަމެއް ނޫންކަން އެ މަނިކުފާނަށް އެނގިވަޑައިގަންނަވަންޖެހޭ ކަމަށް ވިދާޅުވެފައެވެ.
ޑރ އަހުމަދި ދެެއްވި ރައްދުގައި އިތުރަށް ވިދާޅުވީ އިސްލާމްދީނަކީ އަގީދާ އާއި، އަހުލާގާއި، އަޅުކަމުގެ އިތުރުން މުއާމަލާތު (ޕަބްލިކް ލޯ އާއި ޕްރައިވެޓް ލޯ) ގެ އެންމެހައި ބާބުތަކާއި، އަދި، ސިޔާސަތާއި އިގުތިސާދުގެ އުސޫލުތައް ބަޔާންވެގެންވާ ޝާމިލު ދީނެއްކަން ރައީސަށް އެނގިވަޑައިގަންނަވަން ޖެހޭ ކަމަށެވެ.
ގާނޫނު އަސާސީގެ 2 ވަނަ މާއްދާގައި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާއަކީ އިސްލާމީ އުސޫލުތަކުގެ މައްޗަށް ބިނާކުރެވިފައިވާ ދައުލަތެެއްކަމަށް ބަޔާން ކޮށްފައިވާއިރު، އެކަން ދެނެގަނެވޭނެ ސުވާލުތަކެއް ވެސް އެމަނިކުފާނު ވަނީ ރައީސް މުއިއްޒަށް އަމާޒުކުރައްވާ، ކުރައްވާފައިވެއެވެ.
ޑރ. އަހުމަދު އަބްދުﷲ ދީދީގެ ސުވާލުތަކުގެ ތެރޭގައި:
ޑރ އަހުމަދު ވިދާޅުވީ މިކަންކަން ނުކުރާ ނަމަ ރައީސް މުއިއްޒު އިސްލާމްދީނަށް ހުރުމަތްތެރިކޮށް ހިތްތަވާކަމަކަށް އަދި އިސްލާމީ އުސޫލުތަކާ އެއްގޮތަށް ދައުލަތް ހިންގަވާކަމަކަށް ނުވާނެ ކަމަށެވެ.
އިސްލާމްދީނާ އެއްގޮތަށް އަމަލުކުރެއްވުމަށް ރައީސް މުއިއްޒަށް ހަނދާންކޮށް ދެއްވަމުން ގެންދަވާއިރު، އެމަނިކުފާނު އިންތިހާއަށް ދޮގު ހަދާ ކަމާއި މިވެރިކަމުގެ ބައެއް ވެރިންގެ މައްޗަށް ކުރެވޭ ހިޔާނާތާއި ވައްކަމުގެ ތުހުމަތުގެ އަޑުތައް ވަނީ ގަދަވެފައިވެއެވެ.










